Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެތުލެޓިކޯ މެޑްރިޑް

ޑިޕާއި ހޯދުމަށް އެތުލެޓިކޯ އިން ބާސެލޯނާގައި އެދިއްޖެ

މަޝްވަރާތަކަށްފަހު އެތުލެޓިކޯ އިން ބާސެލޯނާ އަށް ރަސްމީކޮށް ޕްރޮޕޯސަލް ހުށަހަޅާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ޖެނުއަރީ 2023 | ބުދަ 02:53
މެމްފިސް ޑިޕާއި

މެމްފިސް ޑިޕާއި

ބާސެލޯނާ އަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ ފޯވާޑް މެމްފިސް ޑިޕާއި ހޯދުމަށް ވާދަވެރި އެތުލެޓިކޯ މެޑްރިޑުން އެ ކުލަބުގައި އެދިފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޑިޕާއި ހޯދުމަށް އެތުލެޓިކޯ އިން އެދުނީ އެ ޓީމަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޔާއޯ ފެލިކްސް ލޯނު އެއްބަސްވުމެއްގެ ދަށުން ޗެލްސީ އަށް ބަދަލުވާތީ އެވެ. ޑިޕާއި ހޯދުމަށް އެދި އެތުލެޓިކޯ އިން މިހާރު ބާސެލޯނާއަށް ހުށަހަޅާފައިވާ ކަމަށާއި، އެކަމާ ގުޅޭ މަޝްވަރާތައް މި ހަފްތާގެ ތެރޭގައި ކުރިއަށްދާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. މަޝްވަރާތަކަށްފަހު އެތުލެޓިކޯ އިން ބާސެލޯނާ އަށް ރަސްމީކޮށް ޕްރޮޕޯސަލް ހުށަހަޅާނެ ކަމަށް ވެސް ރިޕޯޓުތަކުގައިވެ އެވެ.

ޑިޕާއި ބާސެލޯނާ އަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ. ލިއޯން ދޫކޮށް ބާސެލޯނާ އަށް ބަދަލުވެ އޭނާ ވަނީ އެ ކުލަބަށް ކުޅެދިން 42 މެޗުގައި 14 ލަނޑު ޖަހައިފަ އެވެ. ބާސެލޯނާގެ ކޯޗުކަމާ ޒަވީ ހެނާންޑޭޒް ހަވާލުވެ އަންނަނީ ޑިޕާއި އަށް ފުރުސަތު ދެމުންނެވެ. މީގެ ކުރިން ޒަވީ ބުނީ ބާސެލޯނާއިން ޑިޕާއި ދޫކޮށްލަން ބޭނުންނުވާ ކަމަށެވެ. ނަމަވެސް މިހާރު ބާސެލޯނާ އިން އެ ކުލަބުގައި ތިބި ބައެއް ކުޅުންތެރިން ދޫކޮށްލަން ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ޑިޕާއި އަންނަނީ 2013 ވަނަ އަހަރުން ފެށިގެން ނެދަލެންޑްސްގެ ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ.

މެމްފިސް ޑިޕާއިއެތުލެޓިކޯ މެޑްރިޑްބާސެލޯނާ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު