Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފެލިކްސްގެ ކުރިމަގު

ލޯނު އެއްބަސްވުމެއްގެ ދަށުން ފެލިކްސް ޗެލްސީ އަށް ބަދަލުވުމާ ގާތަށް

ފެލިކްސް ޗެލްސީ އަށް ބަދަލުވާނީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 ޖެނުއަރީ 2023 | އަންގާރަ 02:21
އެތުލެޓިކޯ އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ފެލިކްސް

އެތުލެޓިކޯ އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ފެލިކްސް

އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޒުވާން ފޯވާޑް ޔާއޯ ފެލިކްސް ލޯނު އެއްބަސްވުމެއްގެ ދަށުން ޗެލްސީ އަށް ބަދަލުވުމާ ގާތަށް ޖެހިލާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ފެލިކްސް ހޯދުމުގެ މަސައްކަތް ޗެލްސީ އާއި މެންޗެސްޓަރ ޔުނައިޓެޑުން ކުރާ ކަމަށް ރިޕޯޓުތައް ބުނި ނަމަވެސް، ދާއިމީ އެއްބަސްވުމެއްގެ ދަށުން އޭނާ ނުގެންދެވޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންކަމުން މިހާރު ޗެލްސީން މަޝްވަރާކުރަމުން އަންނަނީ ލޯނު އެއްބަަސްވުމެއްގެ ދަށުން ފެލިކްސް ހޯދުމަށް ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އެކަމުގެ މަޝްވަރާތައް ޗެލްސީ އާއި އެތުލެޓިކޯއާ ދެމެދު ކުރެވެމުންދާއިރު، ލޯނު އެއްބަސްވުމުގެ ދަށުން ފެލިކްސް ޗެލްސީ އަށް ބަދަލުވުން ގާތް ކަމަށް ރިޕޯޓުތައް ބުނެ އެވެ. ފެލިކްސް ޗެލްސީ އަށް ބަދަލުވާނީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ކަމަށާއި، ދާއިމީ އެއްބަސްވުމެއްގެ ދަށުން ގަތުމުގެ ފުރުސަތު ނޯންނާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ޗެލްސީން ފެލިކްސް ހޯދާނީ 10 މިލިއަން ޔޫރޯގެ ލޯނު އެއްބަސްވުމެއްގެ ދަށުން ކަމަށް ވެސް ރިޕޯޓުތަކުގައިވެ އެވެ.

ޒުވާން ކުޅުންތެރިޔާ ޕޯޗުގަލްގެ ބެންފީކާ ދޫކޮށް އެތުލެޓިކޯ އަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. އެތުލެޓިކޯ އިން ފެލިކްސް ހޯދީ އެ ކުލަބަގެ ރެކޯޑު އަގަކަށެވެ. އެއީ 113 މިލިއަން ޕައުންޑަށެވެ. އެތުލެޓިކޯ އަށް ބަދަލުވެ ފެލިކްސް މޮޅު ކުޅުމެއް ދައްކަމުން އައި ނަމަވެސް، މިހާރު އޭނާގެ އަސްލު ކުޅުން ނުދެއްކޭ ކަމަށް ގިނަ ބަޔަކު ބުނެ އެވެ. އެތުލެޓިކޯ އަށް ބަދަލުވެ އެ ކުލަބަކަށް މިހާތަނަށް ކުޅެދިން 130 މެޗުން ފެލިކްސް ވަނީ 34 ލަނޑު ޖަހަައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ 21-2020 ވަނަ އަހަރުގެ ސްޕެނިޝް ލީގު ކާމިޔާބުކޮށްފަ އެވެ.

އެތުލެޓިކޯ މެޑްރިޑްޔާއޯ ފެލިކްސްޗެލްސީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު