Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޕޯޓް

އެމްޑީޕީއަށް އެންމެ ކާމިޔާބު ވެރިކަމުގެ ދައުރު!!

އެންމެ ބޮޑު އެއް ކާމިޔާބީއަކީ ހަމަޖެހުން ގާއިމްވެފައި އޮތުން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 9 ޖެނުއަރީ 2023 | ހޯމަ 10:17
އެމްޑީޕީގެ 4 ވަނަ ކޮންގްރެސް

އެމްޑީޕީގެ 4 ވަނަ ކޮންގްރެސް

އެމްޑީޕީއަކީ ދެވަނަ ޖުމްހޫރިއްޔާގެ ދަށުން ރާއްޖޭގައި އުފަންވި ފުރަތަމަ ސިޔާސީ ޕާޓީއެވެ. ޕާޓީ ނިޒާމް ގެނައުމަށްޓަކައި ގިނަ ބައެއްގެ ބައިވެރިވުމާއެކު ކުރެވުނު ބޮޑު މަސައްކަތަކުން ރަޖިސްޓްރީ ކުރެވުނު ޕާޓީއެކެވެ. އެކަމަށްޓަކައި އެތައް ބަޔަކު ބޮޑެތި ގުރުބާނީތަކެއް ވެގެން ޕާޓީ އުފެއްދުމުގެ މައިގަނޑު މަގުސަދަކަށް ވެފައިވަނީ، ރާއްޖެއަށް ޒަމާނާ އެކަށޭނަ އިސްލާހީ ބަދަލުތައް ގެނައުމެވެ. ވެރިކަން ކުރުމުގައި ގިނަބައެއްގެ ބަސް އެކުލެވުމާއި ތިން ބާރު ވަކިވެ މިނިވަން ކުރުމެވެ. ހައްގުތައް ކަށަވަރުކުރުމާއި ހުރިހާ ގޮތަކުން ރައްޔިތު މީހާއަށް ހެޔޮ ގޮތް ވެގެންދިއުމެވެ.

ޕާޓީއަށް 17 އަހަރު ފުރިހަމަވެފައިވާއިރު، ފެންނަމުންދަނީ ޕާޓީއަށް އެންމެ ބޮޑެތި ކުރިއެރުންތައް ލިބެމުންދަނީ ވޭތުވެ މިދާ ސަރުކާރުގައި ކަމަށެވެ. ޕާޓީތައް އުފެދުނީންސުރެ އެންމެ ގިނަ ވޯޓުން އިންތިޚާބު ކާމިޔާބުކުރެއްވީ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. މިސަރުކާރުގެ މައި ޕާޓީއަކީ އެމްޑީޕީކަމަށް ވާއިރު މި ކާމިޔާބީއަކީ ރިޔާސީ އިންތިޚާބެއްގައި އެމްޑީޕީއަށް ލިބުނު އެންމެބޮޑު ކާމިޔާބެވެ.

ރިޔާސީ އިންތިޚާބަށްފަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީވެސް މިހާތަނަށް ދުވަހަކުވެސް އެމްޑީޕީއަށް ލިބިފައި ނުވާވަރުގެ ބޮޑު ކާމިޔާބީއެއް ލިބުނު އިންތިޚާބެކެވެ. ސުޕަރ މެޖޯރިޓީ ޕާޓީއަށް ލިބުނީތީއެވެ.

މަޖިލީހުގެ ބޮޑު މެޖޯރިޓީއާއެކު އެމްޑީޕީން ވަކާލާތު ކުރަމުން އަންނަ ގިނަކަންތައްތަކެއް މި ދައުރުގެ ތެރޭގައި ހާސިލްވެ، ޕާޓީން އެދޭ ގިނަ ބަދަލުތަކެއް ދަނީ ގެނުވަމުންނެވެ. ސީދާ ރައްޔިތުންނާ ގުޅުންހުރި އެ ބަދަލުތަކަކީ އެމްޑީޕީން އެޕާޓީ އުފެއްދުމުގެ މަސައްކަތުގައިވެސް ވަމުން އައި ވައުދު ތަކެކެވެ.

ގެނެވުނު އެފަދަ ބޮޑެތި ބަދަލުތަކުގެ ތެރެއިން އެއްކަމަކީ ހަގީގީ މާނާގައި ލާމަރުކަޒު ކުރެވި، ރަށްރަށާއި އަތޮޅުތަކުގެ ބާރުވެރިކަން އެ ރައްޔިތުންނަށް ދޫކޮށްލުމެވެ. އިދާރީ ދާއިރާތައް ލާމަރުކަޒީ ނިޒާމެއްގެ ދަށުން ހިންގުމަށް ގާނޫނުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ކައުންސިލްތަކަށް އަމިއްލަ ބާރުވެރިކަމާއި އަމިއްލަ ފައިމައްޗަށް ތެދުވެ ރައްޔިތުންނަށް ހެޔޮ ޚިދުމަތްތައް ކުރުމުގެމަގު މިހާރު ވަނީ ފަހިކޮށްދީފައެވެ. ބޮޑެތި ބަޖެޓްތައް ކައުންސިލްތަކަށް ދޫކުރުމާއި، މާލީގޮތުން ނަފާ ހޯދޭނޭ އިންތިޒާމްތައް މިހާރު ވަނީ ކައުންސިލްތަކަށް ލިބިދީފައެވެ. މިއީ އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރަމުންއައިސް ރައީސް ސޯލިހުގެ މި ދައުރުގައި ލިބުނު ބޮޑު ކާމިޔާބީއެކެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ ކޮންމެ މީހަކަށް، ކުޑަވެގެން ވަކިވަރެއްގެ އުޖޫރައެއް ދޭންޖެހޭނެ ކަމަށް ކަނޑައެޅީ މިސަރުކާރުގައި އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސަތުގައެވެ. މިނިމަމް ވޭޖެއް ކަނޑައެޅުމުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 13،000ށްވުރެ ގިނަ މުވައްޒަފުންނަށް ވަނީ ބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ. އަދި ސިވިލްސަރވިސް މުވައްޒަފުންގެ ތެރޭގައި ތިބި 15،000ށްވުރެ ގިނަ މުވައްޒަފުންނަށްވެސް ވަނީ އެ ހިތްހަމަޖެހުން ލިބިފައެވެ. މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން 5000ށްވުރެ ގިނަ މުވައްޒަފުންނަށް ވަނީ އެކަމުގެ ނަފާ ލިބެން ފަށާފައެވެ. މިއީ އެމްޑީޕީން އަބަދުވެސް ވަކާލާތުކުރަމުން އައި ކަމެއް ނަމަވެސް، މި ރިސްކު ނަންގަވައި މިބަދަލު ގެންނެވީ މިހާރު މިއޮތް ސަރުކާރުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. އެހެންކަމުން މިއީވެސް އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގައި އެމްޑީޕީއަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.

މިނިމަމް ވޭޖުގެ އިތުރުން ޕޭ ހަރމަނައިޒޭޝަނަކީވެސް މި ދައުރުގައި ކުރަން ފަށާފައިވާ، އޭގެ ތެރެއިން އެއް ދާއިރާއަށް ބަދަލު ގެނެސްފައިވާ ކަމެކެވެ. އެގޮތުން ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ 10،000ށްވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު ރައީސް ސޯލިހުގެ ސަރުކާރުން މިހާރު ވަނީ ގެންނަވާފައެވެ. އަދި ހަމަ އެ ހެޔޮ ބަދަލު މިއަހަރުގެ ތެރޭގައި ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ގެންނަވާނެކަމަށް ވިދާޅުވެ އެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. މިއީވެސް އެމްޑީޕީއަށް މި ދައުރުގައި ލިބުނު، އަދި މިހާތަނަށް އެޕާޓީއަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.

އެއްވެސް ސަރުކާރަކަށް އެސަރުކާރުގެ 5 އަހަރުގެ ދައުރެއްގެ ތެރޭގައި ފްލެޓް އަޅައި އެ ފްލެޓަށް މީހުން ވެއްދިފައެއް ނުވެއެވެ. އެކަމަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ މިސަރުކާރުން އެކަން ކުރައްވާނެ ކަމަށެވެ. ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކުރުމުގެ ތެރެއިން، މާލެއާއި އަތޮޅުތަކުގައި އަޅާ ޖުމްލަ 16400 ފްލެޓްތައް ނިންމައި، އެތަންތަން މިއަހަރު ތެރޭގައި ހަވާލުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއަހަރުގެ ތެރޭގައި، ހުޅުމާލެއިން ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ގޯތިދޫކޮށް އެ ގޯތީގެ ފަތް ހަވާލު ކުރައްވާނެކަމުގެ ޔަގީންކަން ރައީސް ގެންދަވަނީ ދެއްވަމުންނެވެ. އެހެންކަމުން މިއީވެސް އެމްޑީޕީއަށް މިދައުރުގައި ލިބޭނޭ ބޮޑު ކާމިޔާބީއެކެވެ.

އެމްޑީޕީގެ އެންމެ ބޮޑު އެއް ވައުދަކީ ރަށު ބަންދުން ފިލުވާލެވޭނޭފަދަ ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅުވާލުމެވެ. ކުރިން އެކަން ފެށިފައި ވީނަމަވެސް، ޒަމާނާ އެއްގޮތަށް، ދަތުރުކުރާ މީހުންނަށް އަރާމު، ލުއިފަސޭހަ އަދި އަވަހަށް ދަތުރު ނިންމާލެވޭނޭފަދަ ފެރީތަކެއް އުފައްދައި އެނިޒާމަށް އެވަނީ އިންގިލާބީ ބޮޑު ބަދަލެއް ގެނެސްފައެވެ. ޒޯން 1 (ހއ، ހދ، ށ) އަދި ޅ އަތޮޅުން ފެށި އާރްޓީއެލްއިން މިހާތަނަށް ލައްކައަކަށްވުރެ ގިނަ ފަސިންޖަރުން ވަނީ ދަތުރުކޮށްފައެވެ. ކުރިން ދެހާސް ތިންހާސް ރުފިޔާއަށް ކުރެވުނު ދަތުރު ހައިސްޕީޑް ލޯންޗުގައި އެންމެ 75 ރުފިޔާއަށް ކުރެވޭތީ ރައްޔިތުންނަށް ލިބުނު ހިތްހަމަޖެހުމަކީ އެމްޑީޕީއަށް ލިބުނު ބޮޑު ކާމިޔާބެކެވެ. މިއީވެސް ރައީސް ސޯލިހުގެ މި ދައުރުގައި އާއްމު ރައްޔިތުންނަށާއި އެމްޑީޕީއަށް ލިބުނު ބޮޑު ކާމީޔާބީއެކެވެ.

މީގެ އިތުރުން ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ދޫކުރެވެމުންދާ ލުއި ލޯނާއި، ރަށުގައި އޮތް ގެވަޅުގައި ގެ އަޅާލަން މިހާތަނަށް އެންމެ ކުޑަ އިންޓްރެސްޓްގައި ދޭންފެށި ގެދޮރުވެރިޔާގެ ލޯނުގެ ފަސޭހައާއި މަތީ ތައުލީމު ހާސިލްކުރުމަށް އޮތް ހާސްކަން ނައްތާލި ހިލޭ ޑިގްރީ ޕްރޮގްރާމަކީ ދިވެހި ރައްޔިތުންނަށާއި އެމްޑީޕީއަށް މި ދައުރުގައި ލިބުނު ވަކި ކުޑަ ކުރިއެރުމަކާއި ކާމިޔާބީއެއް ނޫނެވެ.

މިވަގުތު އެމްޑީޕީއަށާއި ގައުމަށް ލިބިފައިވާ އެންމެބޮޑު ކާމިޔާބީއަކީ އާއްމު ހަމަޖެހުމެވެ. އެމްޑީޕީއާއި އެހެން ޕާޓީތަކާ ރަނގަޅު ގުޅުމެއް ގާއިމުކުރެވި އެގުޅުންތަކުގެ ތެރެއިން އުފެދުނު ކޯލިޝަނަކުން ކުރަމުންދާ ވެރިކަމުގައި އެންމެން އެގޮތުގައި ތިބުމުގެ ނަތީޖާއަކަށް ވެފައިވަނީ ކުރިން ނެތް ސުލްހަ މަސަލަސްކަމާއި ހަމަޖެހުން މި ގައުމަށް ލިބިފައިވުމެވެ.

ކޮންމެއަކަސް ވޭތުވެ މިދާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ 5 އަހަރަކީ އެމްޑީޕީއަށް މީގެ ކުރިން ދުވަހަކުވެސް ލިބިފައި ނުވާ ބޮޑެތި ކާމިޔާބީތަކެއް ލިބުނު 5 އަހަރެވެ. އަދި އެކަމުގެ ސަބަބުން މުޅި ގައުމަށްވެސް ހިތްހަމަޖެހުމާއި ކުރިއެރުން ލިބުނު 5 އަހަރެވެ.

ރައީސް ސާލިހު

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ސާލިހު "އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" ގާއިމުކުރައްވައިފި

ރައީސް ސާލިހު "އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" ގާއިމުކުރައްވައިފި

05 އޮކްޓޯބަރު 2023
އައު ސަރުކާރުގެ ކިބައިން ރައީސް ސާލިހު ދެ ކަމަކަށް އެދިވަޑައިގެންފި

އައު ސަރުކާރުގެ ކިބައިން ރައީސް ސާލިހު ދެ ކަމަކަށް އެދިވަޑައިގެންފި

02 އޮކްޓޯބަރު 2023
''ތިލަމާލެ ބުރިޖް ނިންމަން އޮތް މުއްދަތަކަށް ނުނިމުނު، އެއީ އަޅުގަނޑު ދެރަވާ ކަމެއް''

''ތިލަމާލެ ބުރިޖް ނިންމަން އޮތް މުއްދަތަކަށް ނުނިމުނު، އެއީ އަޅުގަނޑު ދެރަވާ ކަމެއް''

02 އޮކްޓޯބަރު 2023
ސޯޝަލް ހެލްތު އަދި ސޯޝަލް ސާވިސް ސެކްޓަރުގެ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ދެއްވަން ރައީސް ނިންމަވައިފި

ސޯޝަލް ހެލްތު އަދި ސޯޝަލް ސާވިސް ސެކްޓަރުގެ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ދެއްވަން ރައީސް ނިންމަވައިފި

14 ސެޕްޓެމްބަރު 2023
ރައީސް ސާލިޙުގެ އިލްތިމާސް ދިވެހި ރައްޔިތުންނަށް؛ ޤައުމު އަނދަވަޅަކަށް ވެއްޓުނަ ނެދޭތި!

ރައީސް ސާލިޙުގެ އިލްތިމާސް ދިވެހި ރައްޔިތުންނަށް؛ ޤައުމު އަނދަވަޅަކަށް ވެއްޓުނަ ނެދޭތި!

11 ސެޕްޓެމްބަރު 2023

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު