Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިޚާބުގެ ކެންޕޭން

އިންތިޚާބުގެ ކެންޕޭނާއި ގުޅިގެން އިދާރީ ގޮތުން ކުރަންޖެހުނު ބައެއް ކަންތައްތަކަށް ފަރުވާ ކުޑަކުރެވިފައިވޭ: ރައީސް ސާލިހު

ވޯޓުދޭނެ ކަމަށް ބެލެވުނު ގިނަ ބަޔަކު ވޯޓުލާން ގޮސްފައިނުވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 11 ސެޕްޓެމްބަރު 2023 | ހޯމަ 04:28
ފަށާއިރު ޕްރޮގްރާމްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވާހަކަފުޅު ދައްކަވަނީ

ފަށާއިރު ޕްރޮގްރާމްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވާހަކަފުޅު ދައްކަވަނީ

ރިޔާސީ އިންތިޚާބުގެ ކެންޕޭނާއި ގުޅިގެން އިދާރީ ގޮތުން ކުރަންޖެހުނު ބައެއް ކަންތައްތަކަށް ފަރުވާ ކުޑަކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމަށް ދެއްވި ޚާއްސަ ފޯނު އިންޓަވިޔުއެއްގައި ރައީސް ސާލިހު ވިދާޅުވީ ވަރަށް ގިނަ މައްސަލަތައް ފާހަގަކުރެއްވިފައިވާ ކަމަށާއި، ފުރަތަމަ ބުރުގެ ނަތީޖާއަކީ އުންމީދުކުރެއްވި ނަތީޖާއެއް ނޫން ކަމަށެވެ. ވޯޓުދޭނެ ކަމަށް ބެލެވުނު ގިނަ ބަޔަކު ވޯޓުލާން ގޮސްފައިނުވާ ކަމަށާއި، ބައެއް ރަށްރަށުން 400 ނުވަތަ 300 މީހުން ވޯޓު ނުލާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ފާހަގަކުރެއްވުނު ބައެއް މައްސަލަތަކަށް އިޝާރާތް ކުރައްވައި ރައީސް ސާލިހު ވިދާޅުވީ ވޯޓުލާ ވަގުތު 4:00 ގައި ބަންދުކުރުމުން ބައެއް މީހުންނަށް ވޯޓު ނުލެވިފައިވާކަމަށް ބައެއް މީހުން ބުނެފައިވާ ކަމަށެވެ. އަދި ވޯޓު ލުމަށް މީހުން ނެރުމުގެ މަސައްކަތް ކުރުމުގައި ޓީމްތަކުން އެކަށީގެންވާ ވަރަށް މަސައްކަތް ކުރެވިފައިނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ އިންތިޚާބާއި ގުޅިގެން ފާހަގަކުރެއްވުނު މައްސަލަތަކަށް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށާއި، މިކަންކަން ބަދަލުކޮށް މަސައްކަތް ކުރުމުން ދެވަނަ ބުރުގެ އިންތިޚާބު ކާމިޔާބު ނުވާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އަދި އުންމީދު ބޮޑު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބު 2023ރައީސް ސާލިހު އެމްޑީޕީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު