Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މުސާރަ ބޮޑުކުރުން

ސޯޝަލް ހެލްތު އަދި ސޯޝަލް ސާވިސް ސެކްޓަރުގެ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ދެއްވަން ރައީސް ނިންމަވައިފި

މި ދާއިރާތަކުގެ އެކި ބޭފުޅުންނާ މަޝްވަރާކުރެއްވި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2023 | ބުރާސްފަތި 14:20
ނަރުހުންތަކެއް މަސައްކަތުގައި

ނަރުހުންތަކެއް މަސައްކަތުގައި

ހެލްތު އެންޑް ސޯޝަލް ހެލްތު ސެކްޓަރ އަދި ސޯޝަލް ސަރވިސް މެޓްރިކްސްތަކުގައި ހިމެނޭ މުވައްޒަފުންގެ މުސާރައާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މުހިންމު ނިންމެވުންތަކެއް ނިންމަވައިފިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދޭގޮތުގައި، ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރި މުވައްޒަފުންގެ ތެރެއިން ހެލްތު އެންޑް ސޯޝަލް ހެލްތު ސެކްޓަރާއި ސޯޝަލް ސަރވިސް މެޓްރިކްސްތަކުގައި ހިމެނޭ މުވައްޒަފުންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަތައް ދިރާސާ ކުރުމަށްފަހު، ކަމާބެހޭ އިދާރާތަކާ ގުޅިގެން މި މައްސަލަތައް ހައްލުކުރުމަށް ރައީސް މުހިންމު ނިންމެވުންތަކެއް ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް މި ނިންމެވުންތައް ނިންމަވާފައިވަނީ ސިއްހީ ފަންނުވެރިންގެ ފަރާތުން ރައީސްގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތައް ދިރާސާކުރެއްވުމަށްފަހު، ޕޭ ފްރޭމްވަރކަށް ހިޖުރަކުރުމުން މި ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް އެމަނިކުފާނަށް ވެސް ގަބޫލުކުރެއްވޭތީ ކަމަށެވެ. އަދި ކުރިމަތިވަމުންދާ ދަތިތަކަށް ރިއާޔަތްކުރެއްވުމާއެކު މި ދާއިރާތަކުގެ އެކި ބޭފުޅުންނާ މަޝްވަރާކުރައްވައި އެ ބޭފުޅުންގެ ލަފަޔާ އިރުޝާދުގެވެސް މަތީން ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

އެގޮތުން 1 މޭ 2023ން ފެށިގެން ދައުލަތުން ޕޭ ފްރޭމްވަރކަށް ހިޖުރަކުރި ސިއްހީ ފަންނުވެރިންގެ ފަރާތުން ރައީސް އޮފީހަށް ހުށަހަޅާފައިވާ ކަންބޮޑުވުންތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސާ މަޝްވަރާކުރުމަށްފަހު، ޕޭ ފްރޭމްވަރކަށް ހިޖުރަކުރި ސޯޝަލް ސަރވިސް މެޓްރިކްސްތަކުގައި ހިމެނޭ މުވައްޒަފުންގެ ތެރެއިން ރަސްމީ ބަންދު ދުވަހު އޮފީހަށް ހާޒިރުވާ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ލިބޭ ގޮތަށް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ޕޭ ފްރޭމްވަރކަށް ހިޖުރަކުރި މުވައްޒަފުންގެ ތެރެއިން ހެލްތު އެންޑް ސޯޝަލް ހެލްތު ސެކްޓަރ މެޓްރިކްސްތަކުގައި ހިމެނޭ ޑިއުޓީ އުސޫލުން ރަސްމީ ބަންދު ދުވަހު އޮފީހަށް ހާޒިރުވާ މުވައްޒަފުންނަށް ވެސް ހާޒިރީ އިނާޔަތް ލިބޭ ގޮތަށް ހަމަޖެއްސުމަށް ރައީސް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

އެހެންކަމުން ރައީސްގެ މި ނިންމެވުންތަކާއެކު، ސިއްހީ ފަންނުވެރިންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ލިބޭނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ސޯޝަލް ހެލްތުރައީސް އޮފީސްރައީސް ސާލިހު

އިތުރަށް ކިޔާލަން

03 މެއި 2025

އަސްކަރީ އެއްބަސްވުންތައް ހާމަކުރަން ޖެހޭނެ ކަމަށް ވަކާލާތު ކުރައްވަމުން ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒު، އަސްކަރީ އެއްބަސްވުންތައް ހާމަ ކުރެވެން ނެތް ކަމަށް އެއްބަސްވެވަޑައިގެންފި

03 މެއި 2025
އަސްކަރީ އެއްބަސްވުންތައް ހާމަކުރަން ޖެހޭނެ ކަމަށް ވަކާލާތު ކުރައްވަމުން ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒު، އަސްކަރީ އެއްބަސްވުންތައް ހާމަ ކުރެވެން ނެތް ކަމަށް އެއްބަސްވެވަޑައިގެންފި
03 ފެބުރުއަރީ 2025

ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި

03 ފެބުރުއަރީ 2025
ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި
30 ޖެނުއަރީ 2025

ރައީސް އެދިވަޑައިގަތީ ބޯހިޔާވަހިކަމަށް ސަރުކާރުން ފަހިކޮށްދޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް

30 ޖެނުއަރީ 2025
ރައީސް އެދިވަޑައިގަތީ ބޯހިޔާވަހިކަމަށް ސަރުކާރުން ފަހިކޮށްދޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް
23 ޑިސެމްބަރު 2024

ރައީސެވެ. އޮޅުވާލަން ތިޔަ އުޅުއްވަނީ ކާކަށް، ކޮން ކަމެއް ހެއްޔެވެ؟

23 ޑިސެމްބަރު 2024
ރައީސެވެ. އޮޅުވާލަން ތިޔަ އުޅުއްވަނީ ކާކަށް، ކޮން ކަމެއް ހެއްޔެވެ؟
30 އޮކްޓޯބަރު 2024

އާރަށަށް ވަޑައިގަންނަވާ ހަފްތާއަކު 7 ލައްކަވުރެ ގިނަ ފައިސާ ހަރަދު ކުރާ މައްސަލަ: ''އެއީ ރައީސްއަށް ލިބިވަޑައިގަންނަވާ އިހުތިޔާރެއް''

30 އޮކްޓޯބަރު 2024
އާރަށަށް ވަޑައިގަންނަވާ ހަފްތާއަކު 7 ލައްކަވުރެ ގިނަ ފައިސާ ހަރަދު ކުރާ މައްސަލަ: ''އެއީ ރައީސްއަށް ލިބިވަޑައިގަންނަވާ އިހުތިޔާރެއް''
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު