Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖޭގެ ސިޔާސީ މަސްރަހު

އެއްބޭފުޅަކު ގޮވަނީ ވަގަށް، އަނެއް ބޭފުޅަކު ކުރައްވަނީ އިހްތިރާމް

މެންބަރު އަފީފު ނެތުމަކީ ލިބޭ އުނި ކަމެއް، ޕާޓީއަށް އައުމަށް ވަނީ ދައުވަތު ދެއްވާފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 28 އޯގަސްޓު 2023 | ހޯމަ 11:12
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅިގެން ކެންޕޭންގެ ކުރުމުގެ ރޫހު ދަނީ އެއްދުވަހުން އަނެއް ދުވަހަށް ގަދަވަމުންނެވެ. އެއް ކެންޑިޑޭޓުން އަނެއް ކެންޑިޑޭޓުންނަށް ބަހުގެ ހޫނު ހަމަލާތަން ދެއްވަމުންދާއިރު، އަނެއް ބައި ކެންޑިޑޭޓުން ހިނިތުންވުމާއެކު ހަނުތިއްބަވައެވެ. އަނެއް ބައި ކެންޑިޑޭޓުން އެއްރަށުން އަނެއް ރަށަށް ޒިޔާރަތްކޮށް، ރައްޔިތުންނާއި ބައްދަލުކުރައްވައި ރައްޔިތުންގެ އަޑުއެހުމުގައި މުޅި ދުވަސް ހޭދަކުރައްވައެވެ. ރަނގަޅުކުރަން ވީ ކަންކަމާއި، ކޮންދޭނެ ކަންތައްތަކާއި، ކުރިއަށް އޮތް ދައުރަށް އިންތިޚާބު ވެއްޖެކަމުގައިވާނަމަ ރާއްޖޭގެ ތަސައްވުރު ކިޔައިދިނުމުގައި ފޫހިކަމެއް ނެތި ބައެއް ކެންޑިޑޭޓުންނާއި، އެކެންޑިޑޭޓުންގެ ޓީމްތަކުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.

އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ގޮސްފައިވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ކެންޕޭން ދަތުރުފުޅުތަކަށްށޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. 100ށް ވުރެ ރަށަށް އެމަނިކުފާނު ވަޑައިގަންނަވާފައިރު، އަމާޒަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ހާލަތު ގާތުން ބެއްލުވުމެވެ. މިދަތުރުފުޅުތަކުގައި ރައީސް ބޮޑަށް އަމާޒުކުރައްވަނީ އެރަށައްގެ ތަސައްވުރަށާއި، ކުރިއަށް އޮތް ދައުރު ކާމިޔާބުވެއްޖެނަމަ ކޮށްދެއްވާނެ ކަންކަމާއި، އެމަނިކުފާނުގެ ސިޔާސަތަށެވެ. އަދި ރައްޔިތުން އެދޭ ތަރައްގީ ގެނެސްދެއްވާނެކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވައެވެ. މީގެ އިތުރު އެމަނިކުފާނު ގެންދަވަނީ ވަރަށް އިހުތިރާމާއެކު މީގެ ކުރިން އެމްޑީޕީގައި މަސައްކަތް ކުރެއްވި އެމްޑީޕީ މެންބަރުން އަލުން އަނބުރާ ޕާޓީއަށް އައުމަށް ދައުވަތު ދެއްވަމުންނެވެ.

އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާއެކު ޕާޓީ ދޫކޮށް ބައެއް މެންބަރުން ގޮސްފައިވާތީ އެކަމާއި ކަންބޮޑުވެވަޑައިގަންނަވާކަން ރައީސް ސާލިހު މީގެ ކުރިން ވެސް ހާމަކޮށްކުރައްވާފައިވެއެވެ. ޕާޓީއަށް ގިނަ ދުވަހު ޚިދުމަތް ކުރައްވި ބޭފުޅުން ޕާޓީގައި ތިއްބެވުމަށް ވެސް ރައީސް ތަކުރާރުކޮށް އެދިވަޑައިގަންނަވައެވެ. އެގޮތުން އެމަނިކުފާނު ތ. ވިލުފުއްޓަށް ވަޑައިގަންނަވާ ވެސް އެ ވާހަކަފުޅުތައް ތަކުރާރު ކުރެއްވިއެވެ. އެރަށުގައި ބޭއްވެވި ބަނދަރު ބައްދަލުވުމުގައި ރައީސް ސާލިހު ވިދާޅުވީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު ނެތުމަކީ ލިބޭ އުނި ކަމެއް ކަމަށެވެ. ޕާޓީގެ އެތެރެއަށް އައި ހަލަބޮލިކަމުގެ ތެރޭގައި އަފީފު ދުރަށް ވަޑައިގެންނެވި ނަމަވެސް އެއީ އިތުރަށް ވިސްނައިވަޑައިގަންނަވަންޖެހޭ ކަމެއް ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. މެންބަރު އަފީފަށް އަބަދުވެސް އެމްޑީޕީގައި ޖާގަ އޮންނާނެ ކަމަށާއި، ޚިދުމަތް ކުރެއްވުމަށް ވަޑައިގެންނެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މުސްތަގުބަލު އޮތީ އެމްޑީޕީއާއެކު ކަމަށް ވެސް ރައީސް ސާލިހު ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުމާއެކު އެމްޑީޕީގެ ބައެއް މެންބަރުން ޕާޓީ ދޫކޮށް ގޮސްފައިވަނީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ޕާޓީ ދަ ޑިމޮކްރަޓްސްއަށެވެ. އެ ޕާޓީއަށް ބަދަލުވެ ވަރަށް ބޮޑަށް ބައެއް މެންބަރުން ރައީސް ސާލިހުގެ އިތުރުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ. ނަމަވެސް މިހާރު ބައެއް މެންބަރުން އަލުން އަނބުރާ އެމްޑީޕީއާ ދަނީ ގުޅެމުންނެވެ. އެގޮތަށް ބައެއް މެންބަރުން އަމަލުކުރައްވާތީ، ނަޝީދު ނުރުހުންވެ ދަނީ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައްޔިތުން މަޖިލީހުގެ 14 މެމްބަރަކު ޑިމޮކްރެޓްސް އަށް ސޮއިކުރި ނަމަވެސް މަޖިލީހުގެ ޕާޓީތަކުގެ ދަފްތަރުގައި ހިމެނުމަށް މިހާތަނަށް ހުށަހަޅާފައި ވަނީ އެތަނުން އެންމެ ތިން މެމްބަރުންނެވެ. އޭގެ ތެރެއިން ދެ މެމްބަރަކު މިހާރު ވަނީ އަލުން އެމްޑީޕީއަށް ސޮއިކުރައްވާފަ އެެވެ. އެމްޑީޕީއާ އަލުން ގުޅިވަޑައިގަތީ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފެވެ. ޔާސިރާ އެކު އޭރު ޑިމޮކްރަޓްސް އަށް ސޮއި ކުރެއްވި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެމްބަރުން ވެސް ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. މެންބަރުން ވިދާޅުވާ ގޮތުގައި ޑިމޮކްރެޓްސް ދޫކުރައްވައި އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ ގިނަ ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ކުރެއްވުމަށެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދޭ ކަމަށް ބުނާ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. އެ އިދާރާގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު މިކަން ކަށަވަރުކޮށްދެއްވި ނަމަވެސް އިތުރު ތަފުސީލެއް ނުދެއްވަ އެވެ. ހިނގަމުން މިދާ ކަންކަމަށް އެއްވެސް މެންބަރަކު ރިއެކްޓް ނުކުރެއްވި މިދަނޑިވަޅުގައި ނަޝީދާއި، ރައީސް ސާލިހުގެ ތަފާތު ފެނިގެންދެއެވެ. ނަޝީދު އަމަލުކުރައްވާ ގޮތުން މެންބަރުންގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެއްދުމުގެ ޖާގަ ލިބިގެން ދިޔަ ނަމަވެސް ރައީސް ސާލިހު ގެންދަވަނީ ވަރަށް އިހުތިރާމާއެކު އެމްޑީޕީއަށް ވަޑައިގެންނެވުމަށް ދައުވަތު ދެއްވަމުންނެވެ. ސިޔާސީ ގޮތުން ހިޔާލު ތަފާތުވި ނަމަވެސް ނުރުހުންނުވެ، މެންބަރުންނަށް ރައީސް ސާލިހު އިހްތިރާމް ކުރައްވާ މިންވަރު އެމަނިކުފާނުގެ އަމަލުފުޅުތަކުން މިދަނީ ހާމަވަމުންނޫންތޯއެވެ.

ރައީސް ނަޝީދުރައީސް ސާލިހު ރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ނިމިދިޔަ ވެރިކަމުގައި ނުރަނގަޅަށް ކަމެއް ހިނގާފައި އޮތުމަކީ މިވެރިކަމުގައި އެކަން އެގޮތަށް ކުރަން އޮތް ހުއްޖަތެއް ނޫން: ރައީސް ނަޝީދު

ނިމިދިޔަ ވެރިކަމުގައި ނުރަނގަޅަށް ކަމެއް ހިނގާފައި އޮތުމަކީ މިވެރިކަމުގައި އެކަން އެގޮތަށް ކުރަން އޮތް ހުއްޖަތެއް ނޫން: ރައީސް ނަޝީދު

23 އޮކްޓޯބަރު 2025
އުމްރާނީ ހުރިހާ މަސައްކަތްތަކެއް "އިހަށް މަޑުކޮށްލާ": ރައީސް ނަޝީދު

އުމްރާނީ ހުރިހާ މަސައްކަތްތަކެއް "އިހަށް މަޑުކޮށްލާ": ރައީސް ނަޝީދު

17 އޮކްޓޯބަރު 2025
ރައީސް ނަޝީދު ރައީސް މުއިއްޒު އަށް: ޒިންމާދާރު ކަމެއް، އަމާޒެއް، ޕްލޭނެއް ނެތް!

ރައީސް ނަޝީދު ރައީސް މުއިއްޒު އަށް: ޒިންމާދާރު ކަމެއް، އަމާޒެއް، ޕްލޭނެއް ނެތް!

16 އޮކްޓޯބަރު 2025
ރައީސް ނަޝީދުގެ އޮފީހުން ފާސް ހޯދުމަށް މިނިސްޓްރީގައި ރަސްމީކޮށް އެދިފައިނުވޭ - ފޮރިން މިނިސްޓްރީ

ރައީސް ނަޝީދުގެ އޮފީހުން ފާސް ހޯދުމަށް މިނިސްޓްރީގައި ރަސްމީކޮށް އެދިފައިނުވޭ - ފޮރިން މިނިސްޓްރީ

23 ސެޕްޓެމްބަރު 2025
ރައީސް ޞާލިޙަށް ތާއިދުކުރާ ބޭފުޅުން އެމްޑީޕީގެ ޖަލްސާއަށް ވަޑައިނުގަންނަވާ ވާހަކައަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް: ފައްޔާޒް

ރައީސް ޞާލިޙަށް ތާއިދުކުރާ ބޭފުޅުން އެމްޑީޕީގެ ޖަލްސާއަށް ވަޑައިނުގަންނަވާ ވާހަކައަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް: ފައްޔާޒް

25 ޖޫން 2025

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު