Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޤައުމު ސަލާމަތް ކުރުން

ރައީސް ސާލިޙުގެ އިލްތިމާސް ދިވެހި ރައްޔިތުންނަށް؛ ޤައުމު އަނދަވަޅަކަށް ވެއްޓުނަ ނެދޭތި!

މިފަހަރުގެ ކެންޕޭންގައި މައްސަލަތައް ހައްލުކުރައްވާނެކަމަށް ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 11 ސެޕްޓެމްބަރު 2023 | ހޯމަ 07:31
ރައީސް އިބްރާހީމް މުހައްމަދު ސާލިޙު ރައްޔިތުންނާއި މުޚާތަބުކުރައްވަނީ

ރައީސް އިބްރާހީމް މުހައްމަދު ސާލިޙު ރައްޔިތުންނާއި މުޚާތަބުކުރައްވަނީ

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަކީ ގިނަ ބަޔަކަށް ވަރަށް ބޮޑު ހައިރާާން ކަމެއް ލިބުނު ނަތީޖާއެކެވެ. ޚާއްސަކޮށް ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ, ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށާއި، އެ ޕާޓީއާ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށެވެ. ޖެހި ހިސާބުތަކުން އެއްބުރުން އިންތިޚާބުގެ ކާމިޔާބުކުރެވޭނެ ކަމުގެ ޔަޤީންކަން އެންމެ ފަހު ވަގުތު ވެސް ދިނެއެވެ. ނަމަވެސް އިންތިޚާބުގެ ނަތީޖާއާއެކު ގިނަބަޔަކަށް ސިހުން ގެނުވިއެވެ. ރިޔާސީ އިންތިޚާބުގެ ވަގުތީ ނާތީޖާ ދައްކާގޮތުން އެއްވަނަ ހޯއްދެވީ 101،180 ވޯޓާއެކު، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒެވެ. އަދި ދެވަނަ ރައީސް ސާލިޙަށް ލިބިވަޑައިގެންނެވީ 85،935 ވޯޓާ އެކުއެވެ.

އެހެންކަމުން މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގައި ވާދަކުރައްވަނީ ރައީސް ސާލިޙުގެ އިތުރުން އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުއިއްޒެވެ.

އިންތިޚާބުގެ ނަތީޖާ އައި ގޮތުން އެމްޑީޕީއަށް މިވަނީ އިންތިޚާބު ކާމިޔާބު ކުރުމަށް އައު ގޮތްތަކެއް ހޯދަން ޖެހިފަ އެވެ. ކެންޕޭންގެ ތެރޭގައި ހެދިފައިވާ ގޯސްތަކާއި، ސަރުކާރާއި މެދު ރައްޔިތުން ދެކޭ ގޮތްތައް ބަދަލުކުރުމަށް ކުރިއަށްވުރެ ބޮޑަށް މަސައްކަތް ކުރުމަށް މިހާރު ވަނީ މަޖުބޫރުވެފަ އެވެ. އަދި ގޯސްތަކެއް ހެދިފައިވާ ކަމަށް ވެސް އެމްޑީޕީގެ އިސްބޭފުޅުން މިއަދު ޤަބޫލުކުރައްވަ އެވެ. އެހެންކަމުން މިފަހަރުގެ ކެންޕޭންގައި މިކަންކަމަށް ރިޔާއަތްކޮށް މައްސަލަތައް ހައްލުކުރައްވާނެކަމުގެ ޔަޤީންކަން ވަނީ ދެއްވައިފަ އެވެ.

އިންތިޚާބުގެ ނަތީޖާއާ ގުޅޭގޮތުން ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހީމް މުހައްމަދު ސާލިޙު ވިދާޅުވެފައިވަނީ ގޯސްތަކެއް ހެދިފައިވާ ކަމަށާއި، އެމްޑީޕީއަަށް ލިބޭނެ ކަމަށް ޔަޤީން ކުރެއްވި ގިނަ ބަޔަކު ވޯޓުލާން ނުކުމެފައިނުވާކަން ފާހަގަކުރެއްވުނު ކަމަށެވެ. އަދި މީގެ ކުރީގައި އާއްމު ރައްޔިތުން ވޯޓުލުމަށް ނެރުމަށް ކުރި މަސައްކަތްތައް މިފަހަރުގެ އިންތިޚާބުގައި ކުރެވިފައިނުވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ސަރުކާރާމެދު ނަފްރަތު އުފެދޭ ގޮތަށް ދައްކާފައިވާ ވާހަކަތަކަށް ރައްދު ނުދެވި، ރައްޔިތުންގެ ހިތްތުގައި އުފެދިފައިވާ ޝައްކުތަކާއި، ވަހުމްތައް އޮޅުންފިލުވައި ނުދެވުމަކީ ވެސް ހެދިފައިވާ ގޯހެއް ކަމަށް ރައީސް ސާލިޙު ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން މިފަހަރުގެ ކެންޕޭންގެ ތެރޭގައި މިފަދަ ހުރިހާ ކަމަކަށް ސަމާލުވެވަޑައިގެން، ރައްޔިތުންނަށް ހާމަކަން ބޮޑުގޮތެއްގައި ކަންކަން އޮޅުންފިލުއްވައިދޭނެ ކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.

މީގެ އިތުރުން ރައީސް ސާލިޙަށް ވޯޓު ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައި ވިދާޅުވީ، ޤައުމު ވެއްޓެން މިދާ އަނދަވަޅުން ސަލާމަތް ކުރުމަށް ހުރިހާ ރައްޔިތުން އެކުވެ ގަދައަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އިދިކޮޅު ކެންޑިޑޭޓަށް އަމާޒުކުރައްވައި ވިދާޅުވެފައިވަނީ ޑރ.މުއިއްޒުގެ ލިންކުތަކަށް ބަލާއިރު، ބިރު ގަންނަ ކަހަލަ އެތައްކަމެއް ފެނިގެންދާ ކަމަށެވެ.

ދެވަނަ ބުރުގެ އިންތިޚާބާއި ގުޅިގެން ވަރަށް ވަރުގަދައަށް ކެންޕޭނަށް ނުކުތުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރަމުންދާއިރު، އިދިކޮޅު ޕީޕީއެމް/ ޕީއެންސީން އަބަދުވެސް ދައްކަމުންދާ ވާހަކައަކީ މިޤައުމަށް ބޭރު ސިފައިންނާއި އިންޑިއާގެ ނުފޫޒު ފޯރުވާ ވާހަކަތަކެވެ. މިފާއިތުވި ހަތަރު އަހަރު އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ދިވެހި ރައްޔިތުންނަށް ވިސްނައިދިނުމަށް މަސައްކަތްކޮށްފައިވަނީ އެތުހުމަތުތެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނަމަވެސް މިސަރުކާރުން މިފަދަ ވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ދީފައެއް ނުވެ އެވެ. ރިޔާސީ އިންތިޚާބާއި ގުޅިގެން ކުރިއަށްގެންދިޔަ ކެންޕޭންގެ ތެރޭގައި ވެސް ބޮޑަށް އަލިއަޅުވާލައިފަވަނީ މުޅި ރާއްޖެއަށް ގެނެސްދޭނެ ތަރައްޤީގެ މައްޗަށެވެ. ރައްޔިތުންގެ ޤައުމެއްގައި ރައްޔިތުން އެދޭ ގޮތަށް ކަންކަން ކޮށްދޭނެ ކަމުގެ ޔަޤީންކަން ވެސް މިސަރުކާރުން ދިނެއެވެ.

ނަމަވެސް އިންތިޚާބުގެ ނަތީޖާއެކު ސަރުކާރާ ގުޅުވައިގެން އިދިކޮޅުން ދައްކަމުންދާ ވާހަކަތަށް ރައްދުދޭން މިވަނީ މަޖުބޫރުވެފައެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ޝައްކުތަކާއި ވަހުމްތައް ފިލުވައިދޭނެއެވެ. ޤައުމު ވެއްޓެންދާން އަދަވަޅުން ސަލާމަތް ކުރުމަށް މިނޫން ގޮތެއް މިހާރު ނެތެވެ.

ރައީސް ސާލިހު ރިޔާސީ އިންތިޚާބު 2023އެމްޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު