Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ލިބުނީ ހަމައެކަނި ތިން ޕޮއިންޓުގެ މޮޅެއް ނޫން: ޒަވީ

ޒަވީ ބުނީ، އެއީ ހަމައެކަނި ތިން ޕޮއިންޓުގެ މޮޅެއް ނޫން ކަމަށާއި، އެއީ ކުރިއަށް ދިޔުމަށް ލިބުނު އިތުރު ހިތްވަރެއް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 ޖެނުއަރީ 2023 | އަންގާރަ 02:08
ބާސެލޯނާގެ ކޯޗު ޒަވީ

ބާސެލޯނާގެ ކޯޗު ޒަވީ

ސްޕެނިޝް ލީގުގައި އެތުލެޓިކޯ މެޑްރިޑު އަތުން ލިބުނީ ހަމައެކަނި ތިން ޕޮއިންޓުގެ މޮޅެއް ނޫން ކަމަށް ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ލީގުގައި ވާދަވެރި އެތުލެޓިކޯ ބަލިކޮށް ބާސެލޯނާ އިން ވަނީ ތާވަލްގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެ މެޗަށްފަހު ވާހަކަ ދައްކަމުން ޒަވީ ބުނީ، އެއީ ހަމައެކަނި ތިން ޕޮއިންޓުގެ މޮޅެއް ނޫން ކަމަށާއި، އެއީ ކުރިއަށް ދިޔުމަށް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ. މީގެ އިތުރުން ޒަވީ ބުނީ ބާސެލޯނާ އިން އަންނަނީ ލީގުގެ އެންމެ ކުރީގައި އޮތުމަށް ވަރަށް މަސައްކަތް ކުރަމުން ކަމަށާއި، އެންމެ ފަހުން ރެއާލް މެޑްރިޑު ކުޅުނު މެޗުން އެ ޓީމު ބަލިވުމާއެކު، އެ ފުރުސަތު ފަހިވީ ކަމަށެވެ. ޒަވީ ބުނީ ބާސެލޯނާގެ އެންމެ މުހިންމު އެއް ފޯވާޑް، ޕޮލެންޑުގެ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ ނެތި ލިބުނީ މުހިންމު މޮޅެއް ކަމަށެވެ. އަދި ލެވަންޑޯސްކީ ނެތުމުން ފެރާން ޓޮރޭސް އެ މަގާމުގައި ވަރަށް ރަނގަަޅަށް ކުޅުނު ކަމަށާއި، ނަމަވެސް ލެވަންޑޯސްކީ އަކީ މާ މުހިންމު ކުޅުންތެރިޔެއް ކަމަށެވެ.

މީގެ އިތުރުން ޒަވީ ވަނީ މެޗުގައި މުހިންމު ބޯޅަތަކެއް ސަލާމަތްކުރި އުރުގުއޭގެ ރޮނާލްޑު އަރައުހޯގެ ވާހަކަ ވެސް ދައްކައިފަ އެވެ. އެގޮތުން އަރައުހޯ އަކީ ވަރަށް ރަނގަޅު ލީޑަރެއް ކަމަށާއި، އޭނާ ދެއްކީ އާދަޔާ ޚިލާފު މޮޅު ކުޅުމެއް ކަމަށެވެ. ބާސެލޯނާގައި ހިމެނޭ ޖޫލްސް ކޫންޑޭ އާއި އެޑްރިއަން ކްރިސްޓެންސަން އަދި ބާލްޑޭއެކޭ އެއްގޮތަށް އަރައުހޯ ވެސް އަންނަނީ މޮޅަށް ކުޅެމުން ކަމަށާއި، އަރުއުހޯ ހުރީ ރަނގަޅަށް ކަމުގައި ވަނީ ނަމަ، އޭނާގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ޒަވީ ބުންޏެވެ.

ޒަވީ ބުނީ ކުރިއަށް ކުރަން އޮތް މަސައްކަތް ބޮޑު ކަމަށާއި، ކުޅުންތެރިން އެއް ރޫޙެއްގައި ތިބެއްޖެ ނަމަ، ބާސެލޯނާ އަށް އަމާޒަށް ވާސިލްވެވޭނެ ކަމަށެވެ. އޭނާ ބުނީ ފުޓުބޯޅައިގައި ހުރިހާ ދުވަހު އެއް ފެންވަރެއްގައި އެކަކަށް ވެސް ނުކުޅެވޭނެ ކަމަށާއި، ނަމަވެސް މަސައްކަތް ކުރަން ޖެހޭނީ އެއް ފެންވަރެއްގައި ކުޅުން ހިފަހައްޓަން ކަމަށެވެ.

ބާސެލޯނާ އަށް ދެން ލީގު މެޗެއް އޮންނަނީ މިމަހުގެ 22 ވަނަ ދުވަހު ގެޓާފޭއާ ދެކޮލަށް ކުޅޭ މެޗެވެ. އޭގެ ކުރިން މި މަހުގެ 13 ވަނަ ދުވަހު ސްޕެނިޝް ސުޕަ ކަޕްގެ ސެމީ ފައިނަލްގައި ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުމަށްފަހު، ކޮޕަ ޑެލް ރޭގައި އޭޑީ ސެއުޓާއާ ދެކޮޅަށް ކުޅޭނީ މި މަހުގެ 18 ވަނަ ދުވަހު އެވެ.

ބާސެލޯނާޒަވީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު