Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ތަފާތެއް ނެތި ރަށްތައް ބާރުވެރި ކުރުވުން ހަޤީގަތަކަށް!!

ކައުންސިލްތަކަށް ވަނީ ބޮޑު ބަޖެޓަކާއި ފުރިހަމަ މިނިވަންކަން ދީފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 8 ޖެނުއަރީ 2023 | އާދީއްތަ 09:10
އާރުޓީއެލް ފެރީގެ ހިދުމަތުގެ ތަޖުރިބާ ބެއްލެވުމަށް ރައީސް ފެރީއަށް އަރައިވަޑައިގަންނަވަނީ

އާރުޓީއެލް ފެރީގެ ހިދުމަތުގެ ތަޖުރިބާ ބެއްލެވުމަށް ރައީސް ފެރީއަށް އަރައިވަޑައިގަންނަވަނީ

ހުރިހާ ރަށެއް ތަރައްޤީކޮށް، އެންމެން އެކުގައި ރީތި ރަށްވެހި ދިރިއުޅުމަކަށް ގެންދިއުމުގެ ވިސްނުމަކީ އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރަމުންއައި ވިސްނުމެކެވެ. ކޮންމެ ދިވެއްސަކަށްވެސް ރާއްޖޭގައި ތާހިރު ދިރިއުޅުމެއް އުޅެވެން ޖެހޭނެ ކަމަށް އެޕާޓީން އައީ އަބަދުވެސް އަޑުއުފުލަމުންނެވެ. ސުވާލަކީ އެކަން ޙަޤީގަތަކަށް ވެފައިވަނީ ކިހާވަރަކަށް ހެއްޔޭއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވިސްނުންފުޅާއި ސިޔާސަތަކީ ހުރިހާ ދިވެހިން ހަމަހަމަކަމުގެ ސިޔާސަތެވެ. އާބާދީ ކުޑަވެގެން އެރަށެއްގެ ރައްޔިތުންނަށް އަސާސީ ޙައްގުތަކުން މަހުރޫމް ވެގެން ނުވާނެ ކަމުގެ ސިޔާސަތެވެ. އެސިޔާސަތުގެ ދަށުން ރައީސް ސާލިހު ގެންދަވަނީ އެކަން ޙަޤީގަތަކަށް ހައްދަވަމުންނެވެ. ރަށްރަށުން ދަނީ އެމަންޒަރު ފެންނަމުންނެވެ.

އެކާވީސް ވަނަ ގަރުނާ ހަމައަށް ދިވެހިން ކަޑައްތުކުރިއިރު ރާއްޖޭގެ ގިނަ ބަޔަކަށް ސާފު ބޯފެނެއް ނުލިބެއެވެ. އަސާސީ ހައްޤުތައް އެންމެނަށް ހަމަހަމަކޮށް ފޯރުކޮށްދޭން ޖެހޭނެކަމަށް ކަޅާހުދުން ލިޔެފައިވީނަމަވެސް މާލެ ފިޔަވައި ރާއްޖޭގެ ގިނަ ރަށްރަށުގައި ގައިން ތާހިރު ވުމަށް ބޭނުންކުރަން ޖެހިފައި އޮތީ ނަޖިސް ފެނެވެ. ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވަމުން ގެންދަވަނީ ތަރައްޤީގެ ވާހަކަ ދައްކަން ފެށޭނީވެސް ގައިންތާހިރުވުމަށާއި ބުއިމަށްޓަކައި ސާފު ބޯފެން ލިބިގެން ކަމަށެވެ. އެކަން ކުރުމަށްޓަކައި އެމަނިކުފާނުގެ ޢަމަލީ މަސައްކަތް ފެށްޓެވީ ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އެޅުމަށެވެ. އެގޮތުން އެވައުދު ފުއްދުމުގެ ގޮތުން ފެނާ ނަރުދަމާގެ 127 މަޝްރޫއު މިހާރު ކުރިއަށްދާއިރު 12 މަޝްރޫއު ވަނީ ނިންމާލާފައެވެ. އަދި މިދައުރު ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ ޤާއިމްކޮށް ނިންމާލެވޭނެ ކަމުގެ ޔަޤީންކަން އެމަނިކުފާނަށް އެބައޮތްކަމަށް އެމަނިކުފާނު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ކުރިންވެސް ބުނެވުނު ފަދައިން މިކަމުގައި ވަކިރަށެއް ތަފާތު ނުކޮށް އާބާދީގެ ގޮތުން ކުދި ރަށްތަކުގައިވެސް އެމަޝްރޫއު ހިނގަމުންދިއުމުގެ ސަބަބުން ރައްޔިތުންނަށް މިއަދު އިހްސާސްވަމުންދަނީ، ސިޔާސީ މަންފާއަށް ބަލާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ބޭއިންސާފު އާދަ މިހާރު ނައްތާލެއްވިއްޖެކަމެވެ. އަދި މިހާތަނަށް ކުރެވުނު މަސައްކަތުން ސާފު ބޯފެނާއި ނަރުދަމާގެ ނަތީޖާއަކަށް ވެފައިވަނީ މިހާރުވެސް، ނަޖިސްފެނުގެ ޒަރީޢާއިން ޖެހޭ ބަލިތަކުން ރައްޔިތުން ސަލާމަތް ކުރެވެމުންދިއުމެވެ. މިއީ ރައްޔިތުންނަށް ނުހަނު އުފާވެރިކަން ލިއްބައިދޭ ކަމަކަށް ވުމުގެއިތުރުން ޞިއްޙަތަށްވާ ބޮޑު ފައިދާއެކެވެ.

ރައީސް ސާލިހު ގެންގުޅުއްވާ ހަމަހަމަ ސިޔާސަތާއެކު ރައްޔިތުންނަށް ހާއުފާވެރިކަން ގެނެސްދެމުންދާ އަނެއް ކަމަކީ އެމްޑީޕީން ބުނާ ރަށު ބަންދުން ފިލުވާލުމާއި ދަތުރުފަތުރުން މުޅި ރާއްޖެ ގުޅާލުމެވެ. ރާއްޖެއަށް އެކަށޭނަ ދިވެހިންގެ މާހައުލާއި ބޭނުންތަކަށް ގުޅޭގޮތައް ތައްޔާރު ކުރެވުނު ޒަމާނީ ފެރީތަކުގެ ހިތްގައިމު ކަމެވެ. ހައިސްޕީޑް އެއަރކޯން ލޯންޗްތަކުގައި ކުރެވޭ ދަތުރުފަތުރުގެ ފަސޭހަކަމެވެ. މިއަދު ސަރުކާރާއި ސަރުކާރާއިދިކޮޅު ފަރާތްތަކުންވެސް ޤަބޫލުކުރާ ހަޤީގަތަކީ އާރްޓީއެލް ފެރީނިޒާމްގެ ސަޅިކަމެވެ. އަމުދުން ރައްޔިތުންނަށް ބޮޑު ބުރައަކަށްވެފައިވާ ދަތުރުފަތުރަށް ހައްލެއް ގެނެސްދީފިކަމެވެ.  ދެހާސް ތިންހާސް ރުފިޔާއިން ކުރެވޭ ދަތުރުތައް އެންމެ 175 އެއްހާ ރުފިޔާއިން މިއަދު ނިންމާލެވި ޖީބަށް ބޮޑުތަނުން ލުއިވެއްޖެކަމެވެ. ޒޯނު 1 (ހއ،ހދ،ށ) އަދި ޅ އަތޮޅުން އާރްޓީއެލް ފެށި މިހާތަނަށް 100,000 އަށްވުރެ ގިނަ ފަސިންޖަރުން ދަތުރުކޮށްފައިވާކަން ރެކޯޑްތަކުން ދައްކައެވެ.

ހަމަހަމަކަމާއެކު އަދި އަމިއްލަ ހާލަށް ތެދުވެ ބާރުވެރިވުމަށް ރަށްރަށަށް ލިބުނު އަނެއް ވަސީލަތަކީ ލާމަރުކަޒީ ނިޒާމު މެދުވެރިކޮށް ކަންކަން ނިންމުމުގެ ބާރާއި އިޚްތިޔާރު ރައްޔިތުންނަށް ފުރިހަމައަށް ދޫކޮށްލުމެވެ. ކުރިން ނަމެއްގައި އޮތް ލާމަރުކަޒީ ނިޒާމް އޭގެ ޙަޤީގީ މާނައިގާ ޤާއިމްވެގެން ދާނޭ ފަދަ ގޮތަކަށް ބާރުތައް ދޫކޮށްލުމެވެ. ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް ފުރިހަމަ އިޚްތިޔާރާއި ބާރުތައް ދިނުމުގެ އިތުރުން އެކަން ކުރާނޭ ބޮޑު ބަޖެޓްވެސް އެމީހުންނަށް ހަވާލުކުރުމެވެ. ފައިސާ ހޯދޭނެގޮތްތައް ފަހިކޮށް ދިނުމަށް ރަށާއި ކައިރި ފަޅުރަށްތަކުގެ ވެރިކަން އެ ކައުންސިލްތަކަށް ދޫކޮށްލުމެވެ. އެރަށްތަކުގެ ނަފާގެ އިތުރުން ކުންފުނިތައް އުފައްދައިގެން އަމިއްލައަށް ފައިސާ ހޯދައިގެން ރަށު ރައްޔިތުން ހަމައިސްކޮޅަށް ތެދުވެވޭނޭފަދަ ގޮތަކަށް ކަންކުރުމަށް ބާރުތައް ދޫކޮށްލުމެވެ.

ކޮންމެއަކަސް މިހާރު ފެންނަމުންދަނީ ތަފާތެއް ނެތި ވަކި އަމާޒަކަށް ރަށްތައް ތަރައްޤީވެ ޢާއްމު ދިރިއުޅުން ފަސޭހަވެގެންދާތަނެވެ. ހާއުފާވެރިކަން ރައްޔިތުންނަށް ލިބެމުންދާތަނެވެ. އާބާދީގެ ކުޑަކަމުން ބާކީވެފައި އޮންނަންޖެހުން މިހާރު މާޒީއާ އެކުވެއްޖެ ކަމެވެ.

ރައީސް ސާލިހު

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ސާލިހު "އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" ގާއިމުކުރައްވައިފި

ރައީސް ސާލިހު "އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" ގާއިމުކުރައްވައިފި

05 އޮކްޓޯބަރު 2023
އައު ސަރުކާރުގެ ކިބައިން ރައީސް ސާލިހު ދެ ކަމަކަށް އެދިވަޑައިގެންފި

އައު ސަރުކާރުގެ ކިބައިން ރައީސް ސާލިހު ދެ ކަމަކަށް އެދިވަޑައިގެންފި

02 އޮކްޓޯބަރު 2023
''ތިލަމާލެ ބުރިޖް ނިންމަން އޮތް މުއްދަތަކަށް ނުނިމުނު، އެއީ އަޅުގަނޑު ދެރަވާ ކަމެއް''

''ތިލަމާލެ ބުރިޖް ނިންމަން އޮތް މުއްދަތަކަށް ނުނިމުނު، އެއީ އަޅުގަނޑު ދެރަވާ ކަމެއް''

02 އޮކްޓޯބަރު 2023
ސޯޝަލް ހެލްތު އަދި ސޯޝަލް ސާވިސް ސެކްޓަރުގެ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ދެއްވަން ރައީސް ނިންމަވައިފި

ސޯޝަލް ހެލްތު އަދި ސޯޝަލް ސާވިސް ސެކްޓަރުގެ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ދެއްވަން ރައީސް ނިންމަވައިފި

14 ސެޕްޓެމްބަރު 2023
ރައީސް ސާލިޙުގެ އިލްތިމާސް ދިވެހި ރައްޔިތުންނަށް؛ ޤައުމު އަނދަވަޅަކަށް ވެއްޓުނަ ނެދޭތި!

ރައީސް ސާލިޙުގެ އިލްތިމާސް ދިވެހި ރައްޔިތުންނަށް؛ ޤައުމު އަނދަވަޅަކަށް ވެއްޓުނަ ނެދޭތި!

11 ސެޕްޓެމްބަރު 2023

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު