Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އަލިފުށީގެ ފަންނުވެރިކަން

އަލިފުށީގެ ހުނަރުވެރިކަމާއި ފަންނުވެރިކަން: ރައީސްއަށް މަރުހަބާ ދެންނެވީ ޚާއްޞަ ޔޮޓެއްގައި

ޔޮޓް ތައްޔާރުކުރުމަށް ހޭދަވީ މަހެއްހާ ދުވަސް

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 6 ޖެނުއަރީ 2023 | ހުކުރު 05:56
ރައީސުލްޖުމްހޫރިއްޔާ އަލިފުށި ޔޮޓްގައި

ރައީސުލްޖުމްހޫރިއްޔާ އަލިފުށި ޔޮޓްގައި

މިއަހަރުގެ ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމަށް އަލިފުށްޓަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ދެކަނބަލުން ރަސްމީ ލޯންޗްކޮޅުން ރ.އަލިފުށްޓަށް ފައިބާ ވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ ޢާއްމު އާދަކާދައިގެ މަތީންނެވެ. ދިވެހި ހެދުމުގައި ތިބި ތުއްތު ދެކުދިން ހަދިޔާކުރެއްވި މާބޮނޑިއަކުންނެވެ. އެއަށްފަހު ރަތް ދޫލައިގައި ރަށުގެ ރައްޔިތުންނާއި, ކުޑަކުދިންނާ ސަލާމްކުރައްވަމުން ކުރިއަށް ވަޑައިގެންނެވިއެވެ. ދިގު ސަފުގެ މެދާ ހަމައަށް ދިއުމުގެ ކުރިން އަލިފުށީގެ ނަން "ސިމެންތި އަކުރުތަކުން" މަލަމަތީގައި ހަރުކޮށްފައިވާ ޢާއްމު މަންޒަރު ފެންނަން ހުއްޓެވެ. އެއީ ޢާއްމުކޮށް މިހާރު ކޮންމެ ރަށަކުންވެސް ފެންނަ މަންޒަރެކެވެ. ފުރަތަމަ ފެންނަ ފެނުމަށް މާބޮޑު ތަފާތެއް ފާހަގަނުކުރެވިދާނެއެވެ. އެކަމަކު ދެވަނަ ފަހަރަށް ބަލާލައިފިނަމަ ޔަޤީނުންވެސް ބޮޑު ތަފާތެއް ފާހަގަކުރެވޭނެއެވެ. އަލިފުށީގެ ނަން ހިމެނޭ އަކުރުތައް ތަރުތީބުކޮށްފައިވަނީ އަތު ކީހެއްގެ މަތީގައެވެ. ކީސް ވަނީ ގަސް ބުޑެއްގެ މަތީގެވެ. އެދަފަރާތުގައި ބޮޑު ދެ ބުރުމާ ހުއްޓެވެ. އެއީ އަތުބުރުމާއެވެ. އޭގެން ބުނެދެނީ ކޮން ވާހަކައެއްތޯއެވެ؟

އެތުރިފައިވާ މީހުންނާ ސަލާމްކުރައްވަމުން ކުރިއަށް ވަޑައިގެން, ސަފުގެ ނިމޭ ހިސާބުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އަނެއްކާވެސް އަރާވަޑައިގަންނަވަން ޖެހުނީ މޫދުގައި ބާއްވާފައިވާ ޔޮޓަކަށެވެ. އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާއެކު ޔޮޓަށް އަރާވަޑައިގެން އިށީންދެ ވަޑައިގަތުމާއެކު ދިވެހި ހެދުމުގައި ރަށުގެ ޒުވާނުން މަރުހަބާ ދެންނެވީ ދިވެހި ކުރުބަލުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ޚާއްޞަ އުނދޯލިކޮޅެއް ޔޮޓްގައި ވަނީ ތައްޔާރުކޮށްފައެވެ. ވަޒީރުންނާއި, އެހެން އިއްޒަތްތެރިންނަށް ޚާއްޞަ ގޮނޑިކޮޅުތައް ޔޮޓުގައި ވަނީ އަތުރާފައެވެ. ޔޮޓްގެ ޖާގަ ތިރީހަށްވުރެ ގިނައެވެ. ޔޮޓް ދަތުރުކުރަމުން ދަނީއެވެ. އަލިފުށީގެ ހުނަރުވެރި, ފަންނުވެރި މަސައްކަތްތެރީން އެއްގަމުގައި އެޔޮޓް ތައްޔާރުކޮށްފައިވަނީ ދަތުރުކުރަމުންދާ ގޮތް ތަސްވީރުވާނެހެންނެވެ. ޔޮޓް އޮތީ ފެންގަނޑުގެ ތެރޭގައެވެ. ފިނިހިތްޕެވުމާއެކު ޔޮޓްގެ ކުރިމަތީގައި މަރުހަބާގެ ދިވެހި ހުށަހެޅުމެއް އަލިފުށީގެ ރައްޔިތުންގެ ފަރާތުން ހުށަހަޅައިދޭން ފެށިއެވެ.

މަރުހަބާގެ އެންމެ ޚާއްޞަ އަދި އެންމެ ތަފާތުކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ އެއްގަމުގައި ތައްޔާރުކޮށްފައިވާ ޔޮޓެވެ. ސިމެންތިއާއި ފައިބަރުން ތައްޔާރުކޮށްފައިވާ ޔޮޓުން ހުނަރާއި, ފަންނުވެރިކަމާއި, މުރާލިކަން ނޫން ވާހަކައެއް ބުނެނުދެއެވެ. އެޔޮޓުން ބުނެދެނީ އަލިފުށްޓަކީ ތަފާތު ރަށެއްކަމެވެ. އެއީ މަހެއްހާ ދުވަހުގެ މަސައްކަތެވެ.

"ޔޮޓުން އެބުނެދެނީ އަޅުގަނޑުމެންނަށް މިހާރު މަސައްކަތްތެރިކަމުގައި އާދެވިފައިވާ ހިސާބު. އަތު ކީހުން ފެށި މަސައްކަތް ފައިބަރު މަސައްކަތަށް ބަދަލުވެ, ބޮޑަތި ޔޮޓްފަހަރު ބަންނަ ހިސާބަށް ތަރައްޤީވެގެން އައިސްފައިވާކަން" ކައުންސިލް ނައިބުރައީސް ވިދާޅުވިއެވެ.

ރޭގަނޑު ދިއްލާލާފައި އޮންނައިރު ޔޮޓްގެ ހިތްގައިމުކަން ބޮޑެވެ. ސިމެންތިއާއި ފައިބަރުން ޔޮޓް ތައްޔާރުކޮށްފައިވަނީ ގިނަ ދުވަހަށް ބޭއްވޭނެ ގޮތަށެވެ. ރަށަށް ފައިބާއިރު ފުރަތަމަ ފެންނަ ބުރުމާ ތައްޔާރުކޮށްފައިވަނީ ފައިބަރާއި ފޯމް ބޯޑް ބޭނުންކޮށްގެންނެވެ. އަލިފުށީގައި ޚާއްޞަ ކޮންމެ މުނާސަބަތެއް ބާއްވާހިނދު މިފަދަ ތަފާތުތައް މުޅި ރާއްޖެއަށް ދައްކުވައިދެއެވެ.

އަލިފުށީގައި މިހާރު ކުރިއަށްދާ އެންމެ ބޮޑު މަޝްރޫއަކީ އެއަޕޯރޓް މަޝްރޫއެވެ. ރައްޔިތުންގެ އުއްމީދުތައް އެންމެ ބޮޑަށް ގުޅިފައިވަނީވެސް އެމަޝްރޫއާއެވެ. އެމަސައްކަތް ފެށުމުގެ ރަސްމިއްޔާތަށް ޚާއްޞަކޮށް ބަނދަރުގައި ރަށުގެ ރައްޔިތުން ނެގީ އެއަޕޯރޓް ޓަވަރެވެ.

މިދިޔަ އަހަރު ޕްރެޒިޑެންޓްކަޕް ފައިނަލް މެޗު އަލިފުށީގައި ކުޅުނުއިރުވެސް ތަފާތު ފެނުނެވެ. ބަނދަރު މަތީގައި އަލިފުށީ ރައްޔިތުން ތައްޔާރުކުރީ މުބާރާތުގެ ޓްރޮފީއެވެ. މިއިން ކޮންމެ ކަމަކުން ބުނެދެނީ ހުނަރާއި, މަސައްކަތްތެރިކަމެވެ. ފަންނުވެރިކަމާއި, މަސައްކަތުގެ ޝައުޤެވެ. އަލިފުށީގެ ތަފާތެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޗައިނާގެ ފަތުރުވެރިންނަށް ރާއްޖެއިން މަރުހަބާ ކީ ރަތް ކުލައިގެ ފިނިފެންމަލުން!

ޗައިނާގެ ފަތުރުވެރިންނަށް ރާއްޖެއިން މަރުހަބާ ކީ ރަތް ކުލައިގެ ފިނިފެންމަލުން!

19 ޖެނުއަރީ 2023
"ރޯޔަލް ޗެލްސީ ހޮސްޕިޓަލުން ޤައުމުތަކުގެ ވެރިންނަށް މަރުހަބާ ކިޔުމާއި ތިބެންވި ތަން ދައްކައިދިނީ އިސްރަށްވެހިން"

"ރޯޔަލް ޗެލްސީ ހޮސްޕިޓަލުން ޤައުމުތަކުގެ ވެރިންނަށް މަރުހަބާ ކިޔުމާއި ތިބެންވި ތަން ދައްކައިދިނީ އިސްރަށްވެހިން"

01 އޮކްޓޯބަރު 2022
ރިސޯޓުތަކުން ބޭރުގެ ފްރީލާންސް ފޮޓޯގްރާފަރުންނަށް މަރުހަބާ، ދިވެހި ފޮޓޯގްރާފަރުން އެރުން މަނާ؟

ރިސޯޓުތަކުން ބޭރުގެ ފްރީލާންސް ފޮޓޯގްރާފަރުންނަށް މަރުހަބާ، ދިވެހި ފޮޓޯގްރާފަރުން އެރުން މަނާ؟

16 އޯގަސްޓު 2022
"ރަށު ރައީސަށް މަރުހަބާ"

"ރަށު ރައީސަށް މަރުހަބާ"

19 ފެބުރުއަރީ 2022
ވެރިންނަށް މަރުހަބާ ދެންނެވުމުގައި ދިވެހިންނަކީ ކުޅަދާނަ ބައެެއް

ވެރިންނަށް މަރުހަބާ ދެންނެވުމުގައި ދިވެހިންނަކީ ކުޅަދާނަ ބައެެއް

10 ސެޕްޓެމްބަރު 2021

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު