Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ދުނިޔޭގެ އިސްރަށްވެހިންގެ ދުވަސް

"ރޯޔަލް ޗެލްސީ ހޮސްޕިޓަލުން ޤައުމުތަކުގެ ވެރިންނަށް މަރުހަބާ ކިޔުމާއި ތިބެންވި ތަން ދައްކައިދިނީ އިސްރަށްވެހިން"

މިހާރުވެސް އެއީ ޤައުމަށް ބޭނުންތެރި މުހިންމު ބައެއްކަން އެމީހުންނަށް އިހްސާސްވުން މުހިންމު

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 1 އޮކްޓޯބަރު 2022 | ހޮނިހިރު 12:02
ރާނީ އެލިޒަބެތު ދޭއްގެ ޖަނާޒާގެ ތެރެއިން

ރާނީ އެލިޒަބެތު ދޭއްގެ ޖަނާޒާގެ ތެރެއިން

އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވީ 2022 ސެޕްޓެމްބަރ 8 ވީ ބުރާސްފަތި ދުވަހުގައެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 96 އަހަރެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އިނގިރޭސި ވިލާތަށް ދާދިފަހުން ރަސްމީ ދަތުރުފުޅެއް ކުރެއްވިއެވެ. އެ ދަތުރުފުޅު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރެއްވީ އިނގިރޭސި ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގެން، ރާނީއަށް އެންމެފަހުގެ އިޙްތިރާމް އަދާ ކުރެއްވުމަށެވެ. އަދި ރާނީގެ ޖަނާޒާ އޮތީ ސެޕްޓެމްބަރު 19ވީ ހޯމަ ދުވަހުއެވެ. ޖަނާޒާގައި ދެ ކަނބަލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށްފަހު ރާއްޖެ ވަޑައިގެންނެވީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ. އަދި ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް އެ ޤައުމަށް ވަޑައިގަތުމުން ފާހަގަކުރެއްވުނު ބައެއް ވާހަކަތައް ފަޒްނާ ވަނީ އަމިއްލަފުޅު ފޭސްބުކް އެކައުންޓްގައި ހިއްސާ ކުރައްވާފައެވެ.

އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު 2 ވަނައިގެ ޖަނާޒައިން ފާހަގަވިކަމެއް ލިޔެލަން މިއީ މުނާސަބު ދުވަހެއް ކަމަށް ވިދާޅުވިއެވެ. ޤައުމުތަކުގެ ވެރިން އެކިއެކި ހަފްލާތަކަށް ދިޔުމަށް ޖަމާވާން ޖެހުނީ ރޯޔަލް ޗެލްސީ ހޮސްޕިޓަލަށް ކަމަށާއި އެތަނުން ބަކިންގްހަމް ޕެލެސްއަށާއި ވެސްޓް މިނިސްޓަރ އެބީއަށް، އެހެންވެސް ވެރިންނެކޭ އެއްފަދައިން، ރައީސްގެ ދެކަނބަލުން ވެސް ގެންދިޔައީ ކޯޗުގައިކަން ފާހަގަކުރެއްވިއެވެ.  

ފަޒްނާ ވިދާޅުވީ ރޯޔަލް ޗެލްސީ ހޮސްޕިޓަލުން ޤައުމުތަކުގެ ވެރިންނަށް މަރުހަބާ ދެންނެވުމަށާ މަޑުކޮށްލައްވައިގެން ތިއްބަވަންވީތަން ދެއްކުމާ އަރާވަޑައިގަންނަވަންވީ ކޯޗް ބުނެދޭން ތިބީ، އެހެން ވިދާޅުވުން ކުށަކަށްނުވާނަމަ، އިސްރަށްވެހިންކަން ފާހަގަކުރެއްވުނު ކަމަށެވެ.  

އިސްރަށްވެހިންނަކީ ވެސް އެއްދުވަސްވަރެއްގައި ޤައުމު ބިނާކުރުމުގައި ހަރަކާތްތެރިކަމާއެކު އުޅުނު ނޫކަށިފުރައިގެ ޒުވާނުންނެވެ. އަދި މިހާރުވެސް އެއީ ޤައުމަށް ބޭނުންތެރި މުހިންމު ބައެއްކަން އެމީހުންނަށް އިހްސާސްވުން މުހިންމު ކަމަށް ފަޒްނާ ވިދާޅުވެފައިވެއެވެ.

އެ ދުވަހު ހިނގައިދިޔަ ކަމެއް ފަޒްނާ ހިއްސާކުރައްވާފައި މިވަނީ ވަރަށް ވެސް މުހިންމު ބޭނުމެއްގައެވެ. އެއީ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ އިސްރަށްވެހިންގެ ދުވަސް ކަމަށްވާތީއެވެ. އިސްރަށްވެހިންނަކީ ބައެއް ފަހަރު ބޭކާރު ބަޔެކޭ ނުވަތަ ބޭނުން ނެތް ބަޔެކޭ މުޖުތަމައުގެ ބައެއް ފަރުދުންނަށް ހީކުރެވޭތަން އާދެއެވެ. އެހެންނަމަވެސް ގަބޫލުކުރަންވީ ހަގީގަތަކީ ގައުމު ބިނާކުރުމަށާއި ހެޔޮ ލަފާ ޖީލެއް ބިނާކުރުމަށް އެންމެ އިސް ދައުރެއް އަދާ ކުރި މީހުންނަކީ އެމީހުން ކަމެވެ.

މިއަދު އެމީހުން އުމުރުން ދުވަސްވެ، ގައިގެ ބާރު ދެރަވެ، އެނދުމަތިވި ނަމަވެސް އެމީހުން ވެސް އެހިސާބަށް ގޮސް އެތިބީ އަހަރުމެން ފަދައިން ޒުވާން އުމުރު ފަހަނައަޅާ ގޮސްފަ ކަމެވެ. ތަޖުރިބާގެ ގޮތުން ބެލިޔަސް އެމީހުންނަކީ ނަން ކިޔާލެވޭ ފެންވަރުގެ މީހުންނެވެ. ހަގީގަތަށް ބުނާނަމަ އިސްރަށް ވެހިންނަކީ ކޮންމެ ޤައުމެއްގެވެސް އަގުބޮޑު ރައުސްމާލުތަކެކެވެ. މާޒީއަކީ މުސްތަޤުބަލުގެ މޫނުބަލާ ލޯގަނޑޭ ބުނާ ބީދައިން އެމީހުންގެ ތަޖުރިބާއަކީ މިއަދުގެ ޖީލުތައް ބިނާ ކުރުމަށް ނުހަނު އަގުބޮޑު އެއްޗެއްވެސް މެއެވެ.

އިސްރަށްވެހިންނަށް އެ ބޭނުންވާ ލޯތްބާއި ގަދަރާއި އިހްތިރާމު އެބަ ފޯރުކޮށްދޭން ޖެހެއެވެ. އެމީހުންނަކީ ވެސް މުޖުތަމައުއަށް މުހިންމު ބައެއްކަމުގެ އިހުސާސް ކޮށްދޭން އެބަ ޖެހެއެވެ.

އުމުރުން ދުވަސްވީ މީހުންރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު

ކޮމެންޓް

އިތުރަށް ކިޔާލަން

ޔުނިސެފްގެ ރެޕްރެޒެންޓެޓިވް، ރައީސްގެ އަނބިކަނބަލުންގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ޔުނިސެފްގެ ރެޕްރެޒެންޓެޓިވް، ރައީސްގެ އަނބިކަނބަލުންގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

02 ނޮވެމްބަރު 2023
ނަފްސާނީ ދުޅަހެޔޮކަމާމެދު މުޖުތަމައާއި ސަރުކާރުން ދެކޭ ގޮތްވެސް ބަދަލުކުރެވިއްޖެ: ފަސްޓް ލޭޑީ ފަޒްނާ

ނަފްސާނީ ދުޅަހެޔޮކަމާމެދު މުޖުތަމައާއި ސަރުކާރުން ދެކޭ ގޮތްވެސް ބަދަލުކުރެވިއްޖެ: ފަސްޓް ލޭޑީ ފަޒްނާ

10 އޮކްޓޯބަރު 2023
ފަޒްނާ އަޙުމަދު: ފަހު ވަގުތުވެސް ހިތްޕުޅުތިރިކަން ދެއްކެވި ނަމޫނާ ފަސްޓް ލޭޑީ!

ފަޒްނާ އަޙުމަދު: ފަހު ވަގުތުވެސް ހިތްޕުޅުތިރިކަން ދެއްކެވި ނަމޫނާ ފަސްޓް ލޭޑީ!

09 އޮކްޓޯބަރު 2023
އިންތިޚާބީ ރައީސްގެ އަނބިކަނބަލުންނާ ފަސްޓްލޭޑީ ބައްދަލު ކުރައްވައިފި

އިންތިޚާބީ ރައީސްގެ އަނބިކަނބަލުންނާ ފަސްޓްލޭޑީ ބައްދަލު ކުރައްވައިފި

09 އޮކްޓޯބަރު 2023
ކެމްޕޭންގެ ތެރޭގައި ރަށްރަށަށް ފުލުހުން ފޮނުވަން ޖެހުނީ ގަޔަށް ލޮލަށް ބޮލަށް އަރާ ހިސާބަށް ދިއުމުން - މަޚުލޫފް

ކެމްޕޭންގެ ތެރޭގައި ރަށްރަށަށް ފުލުހުން ފޮނުވަން ޖެހުނީ ގަޔަށް ލޮލަށް ބޮލަށް އަރާ ހިސާބަށް ދިއުމުން - މަޚުލޫފް

18 ސެޕްޓެމްބަރު 2023

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު