Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ޓިނު ނެންގެވި ރައީސްއަށް ޖުޑީޝަރީގެ މުހިންމުކަން އިހުސާސްވެވަޑައިގެންފި!

ރައީސް ޔާމިންގެ ނުފޫޒު އިންތިހާއަށް ކޯޓުތަކަށް ފޯރުވާފައިވޭ

އަމަން ހަލީމް
އަމަން ހަލީމް | 5 ޖުލައި 2019 | ހުކުރު 09:34
ކުރީގެ ސުޕްރީމް ކޯޓު ފަނޑިޔާރު އަލީ ހަމީދަށް މަގާމުގެ ފަތްކޮޅު އަރުއްވަނީ

ކުރީގެ ސުޕްރީމް ކޯޓު ފަނޑިޔާރު އަލީ ހަމީދަށް މަގާމުގެ ފަތްކޮޅު އަރުއްވަނީ

ގައުމެއްގެ އިންސާފު ގާއިމު ކުރުމުގެ ބާރަކީ އެ ގައުމެއްގެ ހަމަޖެހުމަށް އެންމެ މުހިންމު އެއް ބާރެވެ. އެހެނީ އިންސާފެއް ހަމަހަމަކަމެއް ނެތް ދައުލަތެއްގެ ނިވަލުގައި ބަޔަކު ކުރަން ބޭނުންވާނެ ހަމަ އެއް ކަމެއް ވެސް ނޯންނާނެއެވެ. ވޭތުކުރަން ބޭނުންވާ އެންމެ ދުވަހެއް ވެސް ނޯންނާނެއެވެ. ހިތާމަޔަކީ މިކަން އިންސާފު ގާއިމް ކޮށްދޭން ތިބި ބަޔަކަށް ނޭނގުމެވެ.

ރައީސް ޔާމިންގެ ސަރުކާރުގެ ކޯޓުތަކުން އިއްވި ހުކުމްތަކަކީ ބޭއިންސާފުން ކުރި ހުކުމްތަކެއް ކަމަށް މިހާރު ޝައްކެއް އުފައްދާނެ އެއްވެސް ޖާގައެއް ނެތެވެ. ސިޔާސީ ނުފޫޒުން ވިޔަސް، އަމިއްލަ ނާގާބީލު ކަމުން ވިޔަސް، އޭރު ކުރި ހުކުމްތައް ހަމަ އެ ކޯޓުތަކުން އެ ދަނީ ރިވިއުކުރުމަށް ފަހު އަމިއްލަފުޅަށް ބާތިލް ކުރައްވަމުންނެވެ. މީގެން ވެސް މި ދޭހަކޮށްދޭން ބޭނުންވާ ވާހަކައިގެ ވަރަށް ސާފު މަންޒަރެއް ކުރަހައި އެބަދެވެއެއް ނޫންތޯއެވެ؟

ކޮންމެޔަކަސް ބުރާސްފަތި ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި، އެތައް މަހެއް ވަންދެން އާންމުންގެ ކުރިމައްޗަށް ނިކުމެވަޑައިނުގަންނަވާ، ތަފާތު އެކި ބަހަނާތައް ދައްކަމުން ދިޔަ "ގަޓު" ރައީސް ނިކުމެވަޑައިގެން ލައްކަ ވާހަކަ ދެއްކެވިއެވެ. ދުވަސްތަކެއް ވަންދެން ބޭރުނުކުރެވި ހުރި އެތައް ޝުއޫރެއް ފާޅުކުރެއްވިއެވެ. ވެރިކަމުން ދުރުވެވަޑައިގަންނަވަން ޖެހުމުން ހިތަށް ވެރިވެވަޑައިގެންނެވި ނުތަނަވަސްކަމުން ހިނދުކޮޅަކަށް ނަމަވެސް ސަލާމަތްވެވަޑައިގެން، އާންމުންގެ ކުރިމަތީގައި ހުރި ހުރިހާ އުދާސްތަކެއް ބަންޑުންކޮށްލެއްވިއެވެ.

ރައީސް ޔާމިންގެ ވާހަކަފުޅަށް ޖެހިލާއިރު، އެތަނުގައި ދެއްކެވި ވާހަކަފުޅު އަޑުއަހާފައި ހަމަ ހުރެވުނީކީއެއް ނޫނެވެ. ހަމަ އެ މައިދާނުގައި ހުރެ، ކުރިން ބާރަށު ދާއިރާގެ މެމްބަރުކަން ކުރެއްވި އިބްރާހިމް ޝުޖާއު ވިދާޅުވި ބަސްފުޅެއް ބޭނުން ކޮށްލާނަމަ، އަހަރެން ގާތަށް އައީކީ އަމަށަކު ހިންޏެއް ނޫނެވެ. ދެއްކެވީ އަދުގެ ސަރުކާރުން ޝަރުއީ ދާއިރާގެ ބާރުތައް ހަނިކުރާ ވާހަކައާއި، ނުފޫޒު ފޯރުވާ ވާހަކައާއި ޝަރުއީ ދާއިރާގެ މައްޗަށް ދައުލަތުގެ އެހެން ބާރުތަކުން ގަދަވެގަންނަން އުޅޭ ވާހަކައާއި ކޯޓުން އިއްވާ ހުކުމްތަކަށް ތަބާވާން ޖެހޭ ވާހަކައެވެ.

ބަލަގަ، މަނިކުފާނު ނިކުމެ ތިޔަ ވާހަކަތައް ދެއްކީމަ ތިކަން ގަބޫލުކުރަން ތިބީ އެގަޑީގައި އެ މައިދާނުގައި އަތް ޖަހަން ތިބި މަދު މީސްކޮޅު އެކަންޏެވެ. ހަމަ ޔަގީނުންވެސް ހެޔޮ ވިސްނޭ މީހަކު ތިޔައިން އެއްވެސް ވާހަކައެއް އަޑުއަހާފައި ހުނުން ނޫން ކަމެއް ނުކުރާނެއެވެ. ވާނީވެސް އެހެން ނޫންތާއެވެ. މި ވާހަކަފުޅު ދައްކަވަން ހުންނެވި ދިވެހި ޖުމްހޫރިއްޔާގެ ކުރީގެ ރައީސް ޔާމިން އަބްދުލް ގައްޔޫމަކީ އިސްވެދެންނެވުނު ހުރިހާ ކަމެއް ކުރައްވައިގެން އެގޮތުގައި ގޮތް ދޫނުކުރައްވާ ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިންމަވާލެއްވި ބޭފުޅެއް ނޫންތޯއެވެ.

މަނިކުފާނަށް ފަނޑިޔާރުގެ ވެސް ރަނގަޅު ތަނަކަށްވީ، މަނިކުފާނު ހިތްޕުޅާ ވާގޮތަށް ހުކުމް ކުރެއްވީމަ އެކަންޏެވެ. ހުކުމް ވެސް ރަނގަޅީ މަނިކުފާނަށް ކަމުދާ އިބާރާތަކުން ހުންނެވީމައެވެ. ފަނޑިޔާރުގޭގެ މިނިވަންކަމާ މުސްތަގިއްލު ކަން ކަށަވަރުވެލައްވަނީ ވެސް މަނިކުފާނުގެ މުށު ތެރޭގައި އެތަންތަން އޮންނެވީމައެވެ. ފަހަރުގައި މަނިކުފާނު ހަނދާން ބަލިކަށިވުން އެކަށީގެންވުމާ އެކު ދެތިން ކަމެއް ހަނދުމަފުޅު އަރުވަމެވެ. ކިރިޔާ ހިތްޕުޅާ ނުވާގޮތަށް ހުކުމެއް ކުރާއިރަށް ފަނޑިޔާރު މަސައްކަތް ކުރާ ކޯޓު ބަދަލު ކުރެއްވީ މަނިކުފާނެއް ނޫންތޯއެވެ؟ މިއަދު ހެޔޮ ގޮތެއް ހޯއްދެވުމުގެ ނިޔަތުގައި ތިޔަ ސަނާކިޔާ ސުޕްރީމްކޯޓުން ކުރި ހުކުމަކާ ގުޅިގެން އެތަނުގެ ފުރާޅުގައި ހުރި ޓިނުތައް، ގައުމީ ދިފާއީ ބާރު ފޮނުވައިގެން ނަގަވައިގެން ދައުލަތުގެ އެއް ބާރުގެ ވެރިޔާ ޖަލަށް ގެންދެވީ މަނިކުފާނެއް ނޫންތޯއެވެ؟

މިއަދު ޕޯޑިއަމްތަކަށް އަރާ ހުންނަވާ ކިތަންމެ ވަރަކަށް ބަޔަކު "ގުނބޯ" ހައްދަން އުޅުއްވިޔަސް މަނިކުފާނު ތިޔަ ދެއްކެވި ވާހަކަފުޅުތައް ބަލައިގަންނާނީ ވަކި ކާކުހެއްޔެވެ؟ ދެއްކެވި ވާހަކަފުޅާ އެއްގޮތަށް ޝަރުއީ ދާއިރާއަށް މަނިކުފާނުގެ ނުފޫޒޫ ނުފޯރުވެއްވި ނަމަ، ތިޔަ ވިދާޅުވާ "ހަނދު ކޭތަ" އެއް ވެސް ނުހިފީހެވެ. ނޫނީ ތިޔަ ދުއްވި ކަމަށް ބުނާ ހިބަރު ވަދެއްވެސް ބަޔަކު ދޫކުރާނަކަށް ނުޖެހުނީހެވެ! މިއަދު ނަމަވެސް ޖުޑީޝަރީގެ މުހިންމުކަން މަނިކުފާނަށް އިހުސާސްކުރެއްވެވުމުން، ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އުފާ ކުރަމެވެ.

އިތުރަށް ކިޔާލަން

06 ޖެނުއަރީ 2023

އަލިފުށީގެ ހުނަރުވެރިކަމާއި ފަންނުވެރިކަން: ރައީސްއަށް މަރުހަބާ ދެންނެވީ ޚާއްޞަ ޔޮޓެއްގައި

06 ޖެނުއަރީ 2023
އަލިފުށީގެ ހުނަރުވެރިކަމާއި ފަންނުވެރިކަން: ރައީސްއަށް މަރުހަބާ ދެންނެވީ ޚާއްޞަ ޔޮޓެއްގައި
25 ޑިސެމްބަރު 2022

މިއީ ނަފްސާނީ ސިއްހަތުގެ މުހިންމުކަން ގަބޫލުކުރާ ސަރުކާރެއް

25 ޑިސެމްބަރު 2022
މިއީ ނަފްސާނީ ސިއްހަތުގެ މުހިންމުކަން ގަބޫލުކުރާ ސަރުކާރެއް
10 އޮކްޓޯބަރު 2022

ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން އިހުސާސް ކުރެވުނީ މި ސަރުކާރަށް އެކަނި؟

10 އޮކްޓޯބަރު 2022
ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން އިހުސާސް ކުރެވުނީ މި ސަރުކާރަށް އެކަނި؟
07 ސެޕްޓެމްބަރު 2022

"ޓިނު"…… ޕާޓް 2

07 ސެޕްޓެމްބަރު 2022
"ޓިނު"…… ޕާޓް 2
24 މާރިޗު 2022

ޖުޑީޝަރީގެ ވާހަކަ ދައްކާ ކޮޅުންލާކަށް ނެތެވެ.

24 މާރިޗު 2022
ޖުޑީޝަރީގެ ވާހަކަ ދައްކާ ކޮޅުންލާކަށް ނެތެވެ.
23 ނޮވެމްބަރު 2021

ސުޕްރީމް ކޯޓުން ސަރުކާރާ ދެކޮޅަށް؟ ޓިނު ނަގާކަށް ނުވޭތަ!

23 ނޮވެމްބަރު 2021
ސުޕްރީމް ކޯޓުން ސަރުކާރާ ދެކޮޅަށް؟  ޓިނު ނަގާކަށް ނުވޭތަ!
03 މާރިޗު 2021

ޕަބްލިކް ޑިފެންޑަރ އޮފީހެއް ހުރުމުގެ މުހިންމުކަން

03 މާރިޗު 2021
ޕަބްލިކް ޑިފެންޑަރ އޮފީހެއް ހުރުމުގެ މުހިންމުކަން
06 ފެބުރުއަރީ 2021

ފުރާޅުން ޓިނު ނެގިތާ ތިން އަހަރު!

06 ފެބުރުއަރީ 2021
ފުރާޅުން ޓިނު ނެގިތާ ތިން އަހަރު!
07 ސެޕްޓެމްބަރު 2020

މިހާރު ގައުމު މިއޮތީ ގަޓު ރައީސް ވެރިކަމަށް ފައިނެންގެވި ހިސާބުގައި، ތަފާތަކީ ޖަލުގައި އޮތްކަން!

07 ސެޕްޓެމްބަރު 2020
މިހާރު ގައުމު މިއޮތީ ގަޓު ރައީސް ވެރިކަމަށް ފައިނެންގެވި ހިސާބުގައި، ތަފާތަކީ ޖަލުގައި އޮތްކަން!
14 ޖުލައި 2019

ބާ ކައުންސިލް: ޖުޑީޝަރީގެ ވަކިތަކުން ވަކީލުންނަށް މިންޖު

14 ޖުލައި 2019
ބާ ކައުންސިލް: ޖުޑީޝަރީގެ ވަކިތަކުން ވަކީލުންނަށް މިންޖު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު