Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައީސް ސޯލިހް

"ރަށު ރައީސަށް މަރުހަބާ"

19 ފެބުރުއަރީ 2022 | ހޮނިހިރު 01:43

އުފަން ރަށަށް ވަޑައިގެންނެވުމުން ރައީސްއަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 19 ފެބުރުއަރީ 2022 | ހޮނިހިރު 01:43
ރައީސް ސޯލިހު ޅ. ހިންނަވަރަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން މަރުހަބާ ދަންނަވަނީ

ރައީސް ސޯލިހު ޅ. ހިންނަވަރަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން މަރުހަބާ ދަންނަވަނީ

"ރަށު ރައީސަށް މަރުހަބާ" މިއީ އެންމެ ފުރަތަމަ ވެސް ޅ. ހިންނަވަރަށް ފޭބުމުން ލޮލުގައި އަޅައިގަތް ލިއުން ކޮޅެވެ. ރައީސް ސޯލިހް އަށް މަރުހަބާ ދެންނެވުމުގެ ގޮތުން އެރަށުގައި ބަހައްޓާފައިވާ މަރުހަބާގެ ބޯޑުގައި ލިޔެފައިވަނީ މިހެންނެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ޅ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނުގެ އުފަން ރަށަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ސަޤާފީ ހަރަކާތްތަކާއެކު މަރުހަބާ ދެންނެވުމުގެ ކަންތައްތައް ރަށުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ރަށުގެ ކުދި ބޮޑު އެންމެން ވަނީ ރައީސްއަށް މަރުހަބާ ދެންނެވުމަށްޓަކައި ބަނދަރު ސަރަހައްދަށް ނިކުމެފައެވެ. ބަނދަރުން ފެށިގެން ރަށު ކޮޅާއި ހަމައަށް މީހުންގެ ކިޔޫ އޮތީ ދަމާލާފައެވެ. އެއަށްފަހު ރައީސް ސޯލިހުގެ ގެކޮޅު ނޫރާނީގެއާގެ އިން ފެށިގެން އަނެއްކާވެސް ބަނދަރާ ހަމައަށް އޮތީ ސަފު ދަމާލާފައެވެ. މިހާ ގިނަ އަދަދެއްގެ ރައްޔިތުން ރައީސަށް މަރުހަބާ ދެންނެވުމަށްޓަކައި އެއްވެފައިވާ އިރު މަރުހަބާ ދެންނެވުމުގެ ހަރަކާތްތަކަށް ގަޑިއެއްހާއިރު ވަނީ ހޭދަވެފައެވެ.

ކުދި ބޮޑު އެންމެހާ ރައްޔިތުންގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ރައީސް ރައްޔިތުންނާއި ސަލާމް ކުރައްވާ، ބައެއް ރައްޔިތުން ރައީސާއެކު ފޮޓޯ ނަގަމުން ދިޔައިރު ރައީސް ވަނީ ކުޑަކުދިންނާއި ވާހަކަފުޅު ދައްކަވާ ބައެއް ތުއްތު ކުދިން އުރުއްވާލައްވަވާފައެވެ. މިގޮތުން ލޮލުގައި އެންމެ ބޮޑަށް އަޅައިގަތް އެއް މަންޒަރަކީ ރައީސް އުރުއްވާ ލެއްވި ކުޑަ ކުއްޖަކު ރައީސްގެ ކޮނޑުފުޅު މަތީގައި ބޯ އަޅާލައިގެން އޮތް މަންޒަރެވެ. އަމިއްލަ އާއިލާ މީހެއްގެ ކޮނޑުމަތީގައި އޮންނަ ގޮތަށް، ރައްކާތެރިކަމާއެކު އެ ކުޑަކުއްޖާ އޮތްއިރު އެއީ ބަލާލަން ވަރަށް ވެސް ހިތްގައިމު އުފާވެރި މަންޒަރަކަށް ވެގެން ދިޔައެވެ.

މަރުހަބާ ދެންނެވުމުގެ ކަންތައްތައް ނިމުމަށްފަހު ވެސް ރައީސް ސޯލިހް ވަނީ ބައެއް ރައްޔިތުންނާއެކު ފޮޓޯ ނަންގަވާފައެވެ. މިހާ ގިނަ އަދަދެއްގެ ރައްޔިތުން ރައީސަށް މަރުހަބާ ދެންނެވިކަމުން ސާފުވާ އެއްކަމެއް އެބައޮތެވެ. ރައީސްގެ އުފަން ރަށުން ތާއިދު އޮތް މިންވަރެވެ. އެމަނިކުފާނުގެ ސިޔާސަތުތައް ބަލައިގަނެ، އެ ރައްޔިތުންވެސް އެމަނިކުފާނުގެ ފަހަތްޕުޅުގައި ތިއްބެވިކަމެވެ.

ރައީސް ސޯލިހް އަކީ މާލެ ފިޔަވާ ރާއްޖޭގެ ރަށަކަށް ނިސްބަތް ވެވަޑައިގަންނަވާ ފުރަތަމަ ރައީސް އެވެ. އެހެން ރައީސުންނާއި ނިސްބަތް ކުރާއިރު ރައީސް ސާލިހުގެ ސިޔާސަތުތައް ވެސް ތަފާތެވެ. އެމަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ އަތޮޅުތެރޭގެ ރަށްތައް ތަރައްޤީކޮށް ކުރިއެރުވުމަށެވެ. އެގޮތުން މިހާރު ވެސް ރާއްޖޭގެ އެކި ރަށްތަކުގައި ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށްދާއިރު އެމަނިކުފާނު އަބަދުވެސް ވިދާޅުވާ ވާހަކަފުޅެއް އޮވެއެވެ. އެއްވެސް ރަށެއް ތަފާތު ކުރުމެއް ނެތި ޚިދުމަތް ދެއްވާނެ ވާހަކަފުޅެވެ. ކިތަންމެ އާބާދީ ކުޑަ ރަށަކަށް ވިއަސް ބޮޑު ރަށަކަށް ވިޔަސް ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދަވާ ރައްޔިތުންނަށް ހިތްފަސޭހަ ދިރިއުޅުމެއް ފޯރުކޮށްދެއްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެއެވެ. އެމަނިކުފާނު މިއަދު އެ ގެންދަވަނީ އެކަން ސާބިތުކޮށްދެއްވަމުންނެވެ. ރައީސް ސޯލިހް އަކީ ހަޤީޤީ މާނައިގައި ވެސް ހުރިހާ ރަށެއްގެ ވެސް "ރަށު ރައީސް" އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
31 އޮކްޓޯބަރު 2023

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި
31 އޮކްޓޯބަރު 2023

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް
13 އޯގަސްޓު 2023

ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

13 އޯގަސްޓު 2023
ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި
13 އޯގަސްޓު 2023

ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް

13 އޯގަސްޓު 2023
ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް
11 އޯގަސްޓު 2023

އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު

11 އޯގަސްޓު 2023
އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު
10 އޯގަސްޓު 2023

ދާންދޫ އަށް ރައީސްގެ ވައުދު: ގައުމީ ފެންވަރުގެ އެތުލެޓިކްސް ސްޓޭޑިއަމް އަކާއި 30 އެނދުގެ ހޮސްޕިޓަލެއް

10 އޯގަސްޓު 2023
ދާންދޫ އަށް ރައީސްގެ ވައުދު: ގައުމީ ފެންވަރުގެ އެތުލެޓިކްސް ސްޓޭޑިއަމް އަކާއި 30 އެނދުގެ ހޮސްޕިޓަލެއް
10 އޯގަސްޓު 2023

އެމްޑީޕީގެ ސިޔާސަތަކީ ގަދަރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުން - ރައީސް

10 އޯގަސްޓު 2023
އެމްޑީޕީގެ ސިޔާސަތަކީ ގަދަރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުން - ރައީސް
10 އޯގަސްޓު 2023

ޑިމޮކްރެޓްސް އުފެދުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ކެނޑޭ ކަމަކަށް ފާހަގައެއް ނުކުރެވޭ، ޑިމޮކްރެޓްސް އާއި އެކުވެސް މަސައްކަތް ކުރެވޭނެ : މާރިޔާ

10 އޯގަސްޓު 2023
ޑިމޮކްރެޓްސް އުފެދުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ކެނޑޭ ކަމަކަށް ފާހަގައެއް ނުކުރެވޭ، ޑިމޮކްރެޓްސް އާއި އެކުވެސް މަސައްކަތް ކުރެވޭނެ : މާރިޔާ
16 ޖުލައި 2023

ދިއްގަރު ރައްޔިތުންނަށް ރައީސް ދެއްވީ މި ދައުރާާއި އަންނަ ދައުރަށްވެސް އުފާވެރި ޚަބަރުތަކެއް

16 ޖުލައި 2023
ދިއްގަރު ރައްޔިތުންނަށް ރައީސް ދެއްވީ މި ދައުރާާއި އަންނަ ދައުރަށްވެސް އުފާވެރި ޚަބަރުތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް