Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޗައިނާގެ ފަތުރުވެރިން ރާއްޖެއައުން

ޗައިނާގެ ފަތުރުވެރިންނަށް ރާއްޖެއިން މަރުހަބާ ކީ ރަތް ކުލައިގެ ފިނިފެންމަލުން!

198 ފަތުރުވެރިން ރާއްޖެ އައިސްފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 19 ޖެނުއަރީ 2023 | ބުރާސްފަތި 02:08
ޗައިނާ ފަތުރުވެރިންނަށް މަރުހަބާ ކިޔުން

ޗައިނާ ފަތުރުވެރިންނަށް މަރުހަބާ ކިޔުން

ކޮވިޑް-19 ގެ ހާލަތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިނދަޖެހުނު ނަމަވެސް މިހާރު ފަތުރުވެރިކަމުގެ ސިނާއަތް މި އަންނަނީ ކުރިއަރަމުންނެވެ. މިދިޔަ އަހަރުވެސް ފަތުރުވެރިކަމުގެ ސިނާއަތުގައި އެތައް ގިނަގުނަ ކާމިޔާބީތަކެއް ރާއްޖެ ވަނީ ހޯދާފައެވެ. އެގޮތުން އެތައް އެވޯޑުތަކެއް ހާސިލްކޮށްފައިވާއިރު ފަތުރުވެރިން ރާއްޖެ ގެނައުމަށްޓަކައި ކަނޑައެޅި ޓާގެޓުތައް ވެސް ވަނީ ހާސިލުވެފައެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާއިރު، ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ދުވަސްތައްވެސް ދަނީ އިތުރުވަމުންނެވެ. ފަތުރުވެރިންގެ ބެޑް ނައިޓްސް އިތުރުވެފައިވާއިރު، ރާއްޖޭގެ ފަތުރުވެރިކަން މިވަނީ މުޅިން އައު މާކެޓުތަކަށްވެސް ފުޅާވެގެންގޮސްފައެވެ.

ކޮވިޑުގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ މާކެޓަކީ ޗައިނާއެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން އައުން އޮތީ ފާއިތުވި ތިން އަހަރު ދުވަހު ވެސް ހުއްޓިފައެވެ. އެހެންނަމަވެސް ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ޗައިނާގެ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ސަރުކާރުން ޗައިނާ ފަތުރުވެރިންނަށް މަރުހަބާ ކިޔާފައިވަނީ ވަރަށް ތަފާތު ގޮތަކަށެވެ.

ބޮޑު މެދުކެނޑުމަކަށްފަހު ރާއްޖެއަށް އެންމެ ފުރަތަމަ ޗައިނާ ފަތުރުވެރިންނާއެކު އައި ބޯޓަކީ، ޗައިނާގެ ވެރިރަށް ބެއިޖިންގގެ ކެޕިޓަލް އެއަރލައިންސްގެ ބޯޓެވެ. އެ ބޯޓުން 198 ފަތުރުވެރިން ވަނީ އައިސްފައެވެ. ބެއިޖިންގ ކެޕިޓަލް އެއަރލައިން ރާއްޖެއަށް އައުމާ ގުޅިގެން މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ އެކަން ފާހަގަކުރުމުގެ ގޮތުން ޚާއްސަ ހަރަކާތެއް ބާއްވާފައެވެ. މި ހަރަކާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރު ތޮއްޔިބު ބައިވެރިވެވަޑައިގެންނެވިއެވެ.

ޗައިނާ ފަތުރުވެރިންނަށް ރާއްޖެއިން މަރުހަބާ ކީ ރަތް ކުލައިގެ ފިނިފެން މަލުންނެވެ. އަދި ސަޤާފީ ހަރަކާތްތަކާއެކު އެމީހުންނަށް ޚާއްސަ ގިފްޓު ޕެކެއް ވެސް ވަނީ ދީފައެވެ. ކޮންމެ ފަތުރުވެރިޔަކަށް ފިނިފެންމަލެއް ވަނީ ދީފައެވެ. އެމީހުންނަށް ފިނިފެންމާ ދޭން ތިބި ދިވެހިން ތިބީ ރަތް ކުލައިގެ ދިވެހި ލިބާހާއި ދިގު ހެދުމުގައެވެ. ޗައިނާ ފަތުރުވެރިންގެ މޫނުމަތިން ވެސް ފެނިގެން ދިޔައީ އުފާވެރިކަމެވެ. ހިނިތުންވުމެވެ. ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ޗައިނާ ފަތުރުވެރިން ރާއްޖެ އައުމުން، އެ މީހުންނަށް ރާއްޖެއިން މަރުހަބާ ކީ ގޮތް ހަނދާނުން ފޮހެލަން ދަތިވާނެކަން ޔަޤީނެވެ.  

މުޅި ދުނިޔެއަށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުވެގެން ގޮސްފައިވާއިރު، ރާއްޖެއަކީ މިހާރު ހަމައެކަނި ލަގްޒަރީ ޑެސްޓިނޭޝަނެއް ނޫނެވެ. ރާއްޖޭގެ ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓް ބޮޑު ތަރުހީބެއް ހޯދައިފައިވާއިރު، ރާއްޖެއަކީ މިހާރު ހުރިހާ ފަންތިއަކާއި ގިންތިއެއްގެ ފަތުރުވެރިންނަށް ޚިދުމަތްދެވޭނެ މަންޒިލަކަށް މިވަނީ ވެފައެވެ. ޗައިނާގެ މާކެޓާއެކު ރާއްޖޭގެ ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންދެވޭނެކަމުގެ އުންމީދު މިވަނީ ބޮޑުވެފައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2018

ރަތް ކަނޑުގެ މަސްރަހް ހޫނު ވަނީ!

10 ޖެނުއަރީ 2018
ރަތް ކަނޑުގެ މަސްރަހް ހޫނު ވަނީ!
21 ޑިސެމްބަރު 2017

ޗައިނާގެ އިގްތިޞާދީ އިސްތިޢުމާރުގެ މަޅީގައި ގައުމުތައް ސިޔާދަތުގެ ދަރަނިވެރިކަމަށް!

21 ޑިސެމްބަރު 2017
ޗައިނާގެ އިގްތިޞާދީ އިސްތިޢުމާރުގެ މަޅީގައި ގައުމުތައް ސިޔާދަތުގެ ދަރަނިވެރިކަމަށް!
18 ޑިސެމްބަރު 2017

ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް: އިތުރު ޖަރީމާތަކަށް ހުޅުވޭ ދޮރެއްތަ؟

18 ޑިސެމްބަރު 2017
ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް: އިތުރު ޖަރީމާތަކަށް ހުޅުވޭ ދޮރެއްތަ؟
17 އޮކްޓޯބަރު 2017

ޓެރަރިޒަމަށް ވާގިވެރިވާކަމަށް ބުނެ ރާއްޖެއިން ގުޅުން ކަނޑާލި ޤަޠަރު ހިއުމަންރައިޓްސް ކައުންސިލަށް! ދެން އަތް ޖަހާ!

17 އޮކްޓޯބަރު 2017
ޓެރަރިޒަމަށް ވާގިވެރިވާކަމަށް ބުނެ ރާއްޖެއިން ގުޅުން ކަނޑާލި ޤަޠަރު ހިއުމަންރައިޓްސް ކައުންސިލަށް! ދެން އަތް ޖަހާ!
18 ސެޕްޓެމްބަރު 2017

ހަންބަންތޯޓާ އެއަރޕޯރޓް: ޗައިނާގެ ނުފޫޒާއި، ބެލްޓް އެންޑް ރޯޑްގެ ހީލަތްތެރި ކަމުގެ އަލިގަދަ ހެއްކެއް

18 ސެޕްޓެމްބަރު 2017
ހަންބަންތޯޓާ އެއަރޕޯރޓް: ޗައިނާގެ ނުފޫޒާއި، ބެލްޓް އެންޑް ރޯޑްގެ ހީލަތްތެރި ކަމުގެ އަލިގަދަ ހެއްކެއް
15 ޖޫން 2017

އަލި ރަސްގެފާނުގެ ޒިޔާރަތް "ނަޖިސް ވަޅުގަނޑަކަށް!"

15 ޖޫން 2017
އަލި ރަސްގެފާނުގެ ޒިޔާރަތް "ނަޖިސް ވަޅުގަނޑަކަށް!"
05 ޖޫން 2017

ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލުން: ދަލު ބޭރުން ޖެހިގެން ދިވެހިރައްޔިތުންނަށް ގެއްލުން!

05 ޖޫން 2017
ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލުން: ދަލު ބޭރުން ޖެހިގެން ދިވެހިރައްޔިތުންނަށް ގެއްލުން!
01 މާރިޗު 2017

ބޭއިންސާފުން އިބުރަތް ހާސިލް ކުރަން ޖެހޭ

01 މާރިޗު 2017
ބޭއިންސާފުން އިބުރަތް ހާސިލް ކުރަން ޖެހޭ
25 ފެބުރުއަރީ 2017

ހިމަބިހި ރާއްޖެއިން އެއްކޮށް ނައްތާލަނީ!

25 ފެބުރުއަރީ 2017
ހިމަބިހި ރާއްޖެއިން އެއްކޮށް ނައްތާލަނީ!
23 ފެބުރުއަރީ 2017

ޗައިނާގެ އެހީ: އެކުވެރިކަން ބާ؟ ނޫނީ އިގްތިސާދީ ގޮތުން އަޅުވެތި ކުރުން ބާ؟

23 ފެބުރުއަރީ 2017
ޗައިނާގެ އެހީ: އެކުވެރިކަން ބާ؟ ނޫނީ އިގްތިސާދީ ގޮތުން އަޅުވެތި ކުރުން ބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު