Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފީޗަރ ރިޕޯޓް

ރިސޯޓުތަކުން ބޭރުގެ ފްރީލާންސް ފޮޓޯގްރާފަރުންނަށް މަރުހަބާ، ދިވެހި ފޮޓޯގްރާފަރުން އެރުން މަނާ؟

ދިވެހި ފްރީލާންސް ފޮޓޯގްރާފަރުންނަށް މަސައްކަތް ކުރަން ފުރުސަތު ނުދޭ ކަމަށް ބުނޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 16 އޯގަސްޓު 2022 | އަންގާރަ 01:45
މީހަކު ކެމެރާއެއް ހިފަހައްޓައިގެން

މީހަކު ކެމެރާއެއް ހިފަހައްޓައިގެން

ރާއްޖޭގެ ގިނަ ރިސޯޓުތަކުގައި އެ ރިސޯޓެއްގެ އަމިއްލަ ފޮޓޯ ސްޓޫޑިއޯއެއް ހުރެއެވެ. މި ފޮޓޯ ސްޓޫޑިއޯއަކީ އެ ރިސޯޓަކުން އަމިއްލައަށް ހިންގާ ނުވަތަ އެހެންބަޔަކާ ގުޅިގެން ހިންގާ ތަނެކެވެ. މިގޮތަށް ރިސޯޓުގައި އަމިއްލަ ސްޓޫޑިއޯއެއް ހުޅުވާފައި ހުންނަނީ އެ ރިސޯޓަށް އަންނަ ފަތުރުވެރިން ބޭނުންވުމުން ފޮޓޯ ސެޝަންތައް ކުރިއަށްގެންދަން ފަސޭހަވާނެތީއެވެ. މިފަދަ ހާލަތްތަކުގައި އެއްބަސްވުން ހަދާފައި އޮންނަ ފަރާތުގެ ހުއްދަ ނެތި އެހެން ބަޔަކު ލައްވާ އެ މަސައްކަތް ކުރުމަކީ އެއްބަސްވުމާ ޚިލާފުވުމަށް ވެސް ވެދާނެއެވެ.

ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި މިގޮތަށް އެއްބަސްވުމެއްގެ ދަށުން ސްޓޫޑިއޯތައް ހިންގި ނަމަވެސް ބޭރުގެ ފޮޓޯގްރާފަރުންނަށް ރިސޯޓުގައި ފްރީލާންސްކޮށް މަސައްކަތް ކުރުމުގެ ހުއްދަ ދެއެވެ. ނަމަވެސް ދިވެހި ފްރީލާންސް ފޮޓޯގްރާފަރުންނަށް އެފުރުސަތެއް ވެސް ނުލިބެއެވެ. އެއީ ރިސޯޓުގައި ސްޓޫޑިއޯ ހިންގާ ފަރާތުގެ ހުއްދަ ލިބިގެން ކަމުގައިވިޔަސްމެއެވެ.

ދިވެހި ފްރީލާންސް ފޮޓޯގްރާފަރުން ބުކިންތައް ހޯދަނީ ގިނަ މަސައްކަތްތަކެއް ކޮށްގެންނެވެ. ރިސޯޓުތަކުގެ ސްޓޫޑިއޯތަކަށް ފަސޭހައިން ބުކިންތައް ލިބުނު ނަމަވެސް ފްރީލާންސަރުން އެ ބުކިން ހޯދަން ވާދަވެރި ސޯޝަލް މީޑިއާގައި މަސައްކަތް ކުރަން ޖެހެއެވެ. ފޮޓޯތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބޭ މީހުންނާ ހަމައަށް ފޯރުކޮށްދިނުމަށް ގިނަ ޚަރަދުތަކެއް ވެސް ކުރެއެވެ. މި ހުރިހާ މަސައްކަތަކަށްފަހު ލިބޭ ބުކިންތައް ވެސް ކެންސަލް ކުރަން މަޖުބޫރުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އެ ފޮޓޯގްރާފަރުން ބުނެއެވެ.

"ރާއްޖެ އެމްވީ" އާ ވާހަކަދެއްކި ފްރީލާންސް ފޮޓޯގްރާފަރަކު ބުނީ އޭނާއަށް ގިނައިން ބުކިންތައް ލިބެނީ އިންސްޓަގްރާމް މެދުވެރިކޮށް ކަމަށެވެ. އޭނާ ނަގާފައި ހުންނަ ފޮޓޯތައް ކަމުގޮސްގެން ފަތުރުވެރިން އޭނާ ލައްވާ ފޮޓޯ ނެގުމަށް އެދުމުން ފަތުރުވެރިޔާ ކަންކަން ކުރަން ޖެހޭ ގޮތް ކިޔައިދޭ ކަމަށް އޭނާ ބުންޏެވެ. އެގޮތުން، ރިސޯޓުގެ ސްޓޫޑިއޯއެއް ހުންނަ ނަމަ އެ ސްޓީޑިއޯގެ ހުއްދަ ނެތީސް ފޮޓޯ ނުނެގޭ ކަމަށާއި ފްރީލާންސް ފޮޓޯގްރާފަރަކު ގެންދާނަމަ ދަތުރާއި ހުރުމާއި ކެއުމުގެ ހުރިހާ ޚަރަދެއް ފަތުރުވެރިޔާ އަމިއްލައަށް ބަލަހައްޓަން ޖެހޭކަން ވެސް ކިޔައިދެއެވެ. ފަތުރުވެރިޔާ އާއި އޭނާއާއި ދެމެދު އެއްބަސްވަނީ މި ހުރިހާ ކަމެއް ޔަގީންވުމަށްފަހުއެވެ.

އެ ފޮޓޯގްރާފަރު ބުނި ގޮތުގައި މިގޮތަށް ނަގާ ބުކިންތަކުގައި ރިސޯޓުތަކުގެ ސްޓޫޑިއޯތަކުން ހުއްދަ ދިން ނަމަވެސް އެންމެ ފަހުވަގުތު ރިސޯޓުތަކުން ދިވެހި ފްރީލާންސް ފޮޓޯގްރާފަރުން އެ ރިސޯޓަށް އަރުވަން ދެކޮޅު ހަދައެވެ. މިފަދަ ފުރުސަތެއް އެއް ރިސޯޓެއްގައި އަހަރެއްގެ މައްޗަށް ފްރީލާންސް ފޮޓޯގްރާފަރަކަށް ލިބޭނީ ދެތިން ފަހަރު ކަމަށާއި އެ ރިސޯޓުތަކަށާއި އެތަނުގައި ހުންނަ ސްޓޫޑިއޯއަށް ލިބޭ ބުކިންތަކާ އަޅާ ބަލާފައި އެއީ ވަރަށް ކުޑަ ނިސްބަތެއް ކަމަށް ވެސް އޭނާ ފާހަގަ ކުރިއެވެ. ސްޓޫޑިއޯތަކުން ހުއްދަ ދެނީ ވެސް އެހެންވެ ކަމަށް އޭނާ ބުންޏެވެ.

ސްޓޫޑިއޯއިން ހުއްދަ ދިން ނަމަވެސް ރިސޯޓަށް އެރުން މަނަލީ ހަމައެކަނި ދިވެހި ފްރީލާންސް ފޮޓޯގްރާފަރުންނެވެ. ބައެއް ފަތުރުވެރިން ރާއްޖެ އަންނައިރު އެ މީހުންގެ އަމިއްލަ ފޮޓޯގްރާފަރުން ގެނެއެވެ. މި ފޮޓޯގްރާފަރުންނަކީ ވެސް ބޭރުގައި އުޅޭ ނުވަތަ އެ ބަޔަކު ދަންނަ ފްރީލާންސް ފޮޓޯގްރާފަރުންނެވެ. އެ މީހުންނަށް މިނިވަންކަމާއެކު ރިސޯޓުގައި ތިބެ މަސައްކަތް ކުރެވޭއިރު އެފަދަ ފުރުސަތަކުން ދިވެހި ފްރީލާންސް ފޮޓޯގްރާފަރުން ބާކީވެފައި ތިބެން ޖެހޭ ކަމަށް ގަބޫލު ނުކުރާ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

ބައެއް ރިސޯޓުތަކުން ދިވެހި ފްރީލާންސް ފޮޓޯގްރާފަރުން އެ ރިސޯޓެއްގައި މަސައްކަތް ކުރުމަށް ފީއެއް ނަގައެވެ. މިގޮތަށް ވެސް މަސައްކަތް ކުރުމުގެ ފުރުސަތު ހުރިހާ ރިސޯޓަކުން ވެސް ދޭން ޖެހޭ ކަމަށް ފޮޓޯގްރާފަރުން ގަބޫލު ކުރެއެވެ.

ރާއްޖޭގައި ކުޅަދާނެ ފޮޓޯގްރާފަރުން ތިބިއިރު އާމްދަނީ ހޯދަން ގިނަ ބަޔަކު އެންމެ ގިނައިން ކުރާ ކަމަކީ ކައިވެނީގެ ހަފްލާތަކުގައި ފޮޓޯ ނަގައިދިނުމާއި ރިސޯޓުތަކަށް އަންނަ ފަތުރުވެރިންގެ ފޮޓޯ ނަގައިދިނުމެވެ. މިފަދަ ހުނަރުވެރިންނަށް ފުރުސަތު ދިނުމަށް ރިސޯޓުތަކުގައި ފޮޓޯގްރާފަރުންގެ ގޮތުގައި މަސައްކަތް ކުރެވޭނީ ދިވެހިންނަށް އެކަނިކަމަށް ވެސް ގަވާއިދުގައި ވަނީ ބުނެފައެވެ. ނަމަވެސް ގަވާއިދާ ޚިލާފަށް ތަފާތު މަގާމުތަކުގައި ބިދޭސީން ގެނެސްގެން އެ މީހުން ލައްވާ ފޮޓޯ ސްޓޫޑިއޯ ހިންގާ ރިސޯޓުތައް ވެސް ރާއްޖޭގައި އެބަހުރި ކަމަށް މައުލޫމާތު ލިބެއެވެ.

ދިވެހި ފޮޓޯގްރާފަރުން އެދެނީ މިފަދަ ރިސޯޓުތަކުގެ ކަންކަން ރަނގަޅަށް ބަލައި ރެގިއުލޭޓް ކުރުމެވެ. އަދި ދިވެހި ފޮޓޯގްރާފަރުންނަށް ލިބޭ މިފަދަ ފުުރުސަތުތައް ގެއްލުނަ ނުދިނުމެވެ.

ފީޗަރ ރިޕޯޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

"ނުހަނު ގަދަ ހިތްވަރާއި އަޒުމާއެކީ ޖެއްސެވި އުންޑައަކުން، ނުހަނު ބޮޑު ޕޯޗުގީޒުގެ ލަޝްކަރެއް ދިޔައީ ބުރައިގެންތާ"

"ނުހަނު ގަދަ ހިތްވަރާއި އަޒުމާއެކީ ޖެއްސެވި އުންޑައަކުން، ނުހަނު ބޮޑު ޕޯޗުގީޒުގެ ލަޝްކަރެއް ދިޔައީ ބުރައިގެންތާ"

16 ސެޕްޓެމްބަރު 2023
އުއްމީދުކުރިވަރަށްވުރެ އަވަހަށް އެއްމިލިއަން ފަތުރުވެރިން ހަމަވުން، ރަނގަޅު ފާލެއް!

އުއްމީދުކުރިވަރަށްވުރެ އަވަހަށް އެއްމިލިއަން ފަތުރުވެރިން ހަމަވުން، ރަނގަޅު ފާލެއް!

18 ޖުލައި 2023
ޕްލާސްޓިކް ކޮތަޅުން ފީ ނެގުން: ރަނގަޅު ތަފާތެއް ފެންނަން ފަށައިފި

ޕްލާސްޓިކް ކޮތަޅުން ފީ ނެގުން: ރަނގަޅު ތަފާތެއް ފެންނަން ފަށައިފި

30 ޖޫން 2023
އަނެއްކާވެސް މިޔަރުގެ ހަމަލާއެއް، މިޔަރަށް ކާންދިނުން ހުއްޓާލާކަށްނުވޭތަ؟

އަނެއްކާވެސް މިޔަރުގެ ހަމަލާއެއް، މިޔަރަށް ކާންދިނުން ހުއްޓާލާކަށްނުވޭތަ؟

23 ޖޫން 2023
މީހަކު ކުށެއް ކުރުމުން އަމިއްލައަށް އަދަބު ކަނޑައެޅުން، ތިމާއާއި ކުށްކުރި މީހާއާ ހުރީ ކޮންތަފާތެއް؟

މީހަކު ކުށެއް ކުރުމުން އަމިއްލައަށް އަދަބު ކަނޑައެޅުން، ތިމާއާއި ކުށްކުރި މީހާއާ ހުރީ ކޮންތަފާތެއް؟

23 މެއި 2023

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު