Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމެޑަމް ފާތިމަތު އިބްރާހިމް

މަރުހަބާގެ މާފަތިތައް ބަލައިނުގަނެ މެޑަމް ފާތުން ހިތާދޫ ރައްޔިތުންގެ ހިތުގައި ޖައްސައިފި!

މާފަތިތައް ވަކިވަކިން ޗެކްވެސް ކުރި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 16 އޯގަސްޓު 2018 | ބުރާސްފަތި 14:12
އެކަމަނާގެ ކަރުގައި އެޅުވުނީ އެންމެ މާފައްޗެއް

އެކަމަނާގެ ކަރުގައި އެޅުވުނީ އެންމެ މާފައްޗެއް

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ދީދީ އަށް މަރުޚަބާ ކިޔުމަށް ބ. ހިތާދޫން ޕީޕީއެމްގެ މެމްބަރުން ބަނދަރު ސަރަހައްދަށް ނުކުމެ ތިބީ އުފަލުންނެވެ. ފިޔައިތޮށި ކުލައިގެ ހެދުމެއް ނެތް ނަމަ، ހެނދުން ފަހައިގެން ފިޔައިތޮށި ބުރުގާ އަޅައިގެންނެވެ. ފިރިހެނުން ފިޔައިތޮށި ޓީޝާޓްގަ އެވެ. ތުއްތު ދަރިފުޅު ވެސް ނަލަހައްދައިގެން ނުކުމެ ތިބީ އެ ރައްޔިތުންގެ މަރުޚަބާ އުފަލުން ބަލައިގަންނާނެ ކަމުގެ އުއްމީދުގަ އެވެ. ކޮންމެ މީހަކަށް ވެސް ލިބޭނެ ޝަރަފެއްގެ ގޮތުގަ އެވެ.

ބުރާސްފަތި ދުވަހު ފާތުމަތު އިބްރާހިމް ދީދީ ހިތާދު އަށް ވަޑައިގެންނެވިއިރު މުޅި ރަށްވެސް އޮތީ ފިޔައިތޮށި ކުލައިން ޒީނަތްތެރިކޮށްފަ އެެވެ. ބަނދަރުމަތީގައި ފިޔައިތޮށި ކުލައެވެ. ފައިބައި ވަޑައިގަތީ ރަތް ދޫލައަށެވެ. ފާތުމަތު އިބްރާހިމް ދީދީ އަށް މަރުޚަބާ ކިޔުމަށް ގިނަ ބަޔަކު ނުކުމެ ތިއްބެވެ. މަރުޚަބާ ކިޔަން ނުކުމެތިބި ކޮންމެ ކަނބަލެއްގެ އަތުގައި ވެސް ފިޔައިތޮށި ކުލައިގެ މާފައްޗެއް އޮތެވެ.

ލޯންޗްކޮޅު ގާތްކޮށްލުމާއެކު މާފަތިތައް ހިފަހައްޓައިގެން ތިބި ކަނބަލުން ރަނގަޅަށް ތައްޔާރުވެލި އެވެ. އެންމެ ފުރަތަމަ ހުރި މީހާގެ ނަސީބު ރަނގަޅީ އެވެ. ފާތުމަތު އިބްރާހިމްގެ ކަރުފުޅުގައި މާފަތި އެޅުވުނެވެ. ނަމަވެސް ވަގުތުން މާފަތި ނަންގަވައި، ކައިރީގައި ހުރި މީހާގެ އަތަށް ދިނެވެ. އެ މާފަތިތައް ހިފައިގެން ބަނދަރު މައްޗަށް ދިއުމުގެ ކުރިން ސިފައިން އެ މާފަތިތައް ޗެކްވެސް ކުރި އެވެ. ފުރަތަމަ މީހާ އެޅުވި މާފަތި ނެންގެވީ މަރުޚަބާ ބަލައި ނުގަތުމުގެ ގޮތުންކަން ޔަގީން ވެގެން ދިޔައީ، ދެން ފެނިގެންދިޔަ މަންޒަރުންނެވެ.

ދެ ވަނަ މީހާ މާފަތި އެޅުވުމަށް ތައްޔާރުވެލި ވަގުތު، އެ މާފަތި ބަލައިގަތުމަށް ބޭނުންފުޅު ނުވެ، އެ މީހާގެ އަތުގައި މެޑަމް ފާތުމަތު އިބްރާހިމް ދީދީ ހިއްޕެވުމަށް ފަހު ދުރުކުރި އެވެ. އެންމެންގެ މޫނު މައްޗަށް ވެރިވީ ހައިރާންކަމެވެ. އެއަށް ފަހު، އިތުރު މާފައްޗެއް ބަލައިނުގެންނެވި އެވެ.

އިދިކޮޅު އެމްޑީޕީގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހާއި ރަނިން މޭޓް ފައިސަލް ނަސީމް ރަށްރަށަށް ވަޑައިގަތުމުން ސަޕޯޓަރުން އަޅުވަމުންދާ މާފަތިތައް ފެނި، އެއަށް ވުރެ ވަރުގަދައަށް މެޑަމް ފާތުންނަށް، ހިތާއި ރޫހުން މަރުޚަބާ ކިޔުމަށް ނުކުމެ ތިބި ހިތާދޫ މީހުން އެނބުރި ގެއަށް ދާންޖެހުނީ ހިތުގައި ޖެހިގެންނެ އެވެ.

މި އަމަލުފުޅާ ގުޅިގެން ގިނަ ބަޔަކު ދަނީ އެ ކަމަނާއަށް ފާޑުކިޔަމުންނެވެ.

ބުދަ ދުވަހު މެޑަމް ފާތުން ބ. ތުޅާދޫއަށް ވަޑައިގަތުމުން އެކަމަނާއަށް މަރުހަބާ ކިއުމަށް ނުކުތް މީހުންނަށްވުރެ ގިނައީ، އެކަމަނާއާއި ދެކޮޅަށް ވަނީ އަޑު ވެސް އުފުލައިފަ އެވެ. އެއްބަޔަކު އެކަމަނާއާއި ނިސްބަތްކޮށް ނުރުހުމުގެ ޝުއޫރުތައް ފާޅުކުރިއިރު އަނެއްބަޔަކު ދިޔައީ އެކަމަނާގެ ފިރިކަލުން ރައީސް އަބުދުﷲ ޔާމީންގެ އިސްތިއުފާއަށް ގޮވަމުންނެވެ.

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2024

ކޮރެއާ ގެ ރައީސް ގެ ނާކާމިޔާބުގެ ފަހަތުގައި ހުންނެވީ މެޑަމް ފަސްޓް ލޭޑީ

18 ޑިސެމްބަރު 2024
ކޮރެއާ ގެ ރައީސް ގެ ނާކާމިޔާބުގެ ފަހަތުގައި ހުންނެވީ މެޑަމް ފަސްޓް ލޭޑީ
19 ޖެނުއަރީ 2022

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

19 ޖެނުއަރީ 2022
ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
31 އޯގަސްޓު 2020

މިފަހަރު ރައީސް މައުމޫން އާއި މެޑަމް ނަސްރީނާ ގުޅުވައިދިނީ ވީޑިއޯ ކޯލަކުން

31 އޯގަސްޓު 2020
މިފަހަރު ރައީސް މައުމޫން އާއި މެޑަމް ނަސްރީނާ ގުޅުވައިދިނީ ވީޑިއޯ ކޯލަކުން
07 މެއި 2018

އެންމެ ފޮޓޯއަކުން މެޑަމް ހޫނު ފެނަށް

07 މެއި 2018
އެންމެ ފޮޓޯއަކުން މެޑަމް ހޫނު ފެނަށް
20 މާރިޗު 2018

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

20 މާރިޗު 2018
ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު