Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ވަކިވުމާއެކު ތިލަކުރުން ސިލްސިލާއަށް މަރުހަބާ! މިއީ މުނާޒްގެ ފަހަރު...

މަގާމުގައި ހުންނެވިއިރު ނުދައްކަވާ އެތައް ވާހަކައެއް މިއަދު އެބަދައްކަވާ

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 26 ޖެނުއަރީ 2020 | އާދީއްތަ 13:02
ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް

ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް

މިއީ ރާއްޖޭގައި ދެން މާ އާންމުކަމެކެވެ. ހަމަ މަގާމުން ވަކިކުރާ އިރަށް ގޯސްކޮށް ވީ އެތައް ކަމެއްގެ ވާހަކަތަކެއް ދައްކާން ފަށާނެއެވެ. ވެރިން ގޯސްވާނެއެވެ. ބިން ފަޅާ ނިކުންނަ ބުރު ވިނަހެން، މުޅި ތަނަށް ފެތުރިގަންނަ "ހަގީގަތްތަކެއް" އާންމުންނާ ހަމައަށް ތިލަވެގެންދެއެވެ. ކުރިން ނުކިޔާ އެތައް ލަވަތަކާއެކު އައު އަލްބަމްތަކެއް ފުލުފުލަށް ނެރޭ މަންޒަރު ފެންނާން ފަށައެވެ.

މިފަހަރުގެ "ވަކިވުމާއެކު ތިލަކުރުން" ސިލްސިލާގެ ތަރިއަކީ، ދާދިފަހުން ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމުން ވަކިކުރެވުނު އަބްދުﷲ މުނާޒްއެވެ. ތިލަކުރެއްވި ވާހަކަތަކާއި މެދު ދެކޭގޮތް ބަޔާންކުރުމުގެ ކުރިން، ދެއްކެވި ވާހަކައަކަށް ބަލައިލަމާ ހިނގާށެވެ. ފަށާނީ މަގާމުން ވަކިކުރި ދުވަހު ދެއްކެވި ވާހަކަތަކުންނެވެ.

މަގާމުން ވަކިކުރެއްވި ސިޓީ ޓްވީޓްކުރެއްވުމުގެ ކުރިން، އެންމެ ފުރަތަމަ ދެންނެވީ މިއީ ޖަލު ހިލުވާލަން ބަޔަކު ކުރި މަސައްކަތް ކާމިޔާބު ނުވުމުން ސަރުކާރުން ނިންމެވި ނިންމެވުމެއް ކަމަށެވެ. މުނާޒްގެ ބަސްފުޅަށް ބުރަވަނީނަމަ، ޖަލު ހިލުވާލަން ކޯލިޝަންގެ އެތެރެއާއި ބޭރުންވެސް މަސައްކަތް ކުރެއްވިއެވެ. މަގާމުން ވަކިކުރުމަކީ "ލިބުނު ކާމިޔާބެއް"ގެ ގޮތުގައި ސިފަކުރައްވާ މާތް ރަސްކަލާންގެއަށް ހަމްދުކުރެއްވިއެވެ.

ދެން ކުރެއްވި ޓްވީޓުގައި އައީ ޖަލު އޮޑިޓް ރިޕޯޓުގެ ވާހަކައެވެ. އެ ރިޕޯޓުގައިވާ ކަންކަމަކީ ތަންފީޒުކުރެވޭނެ ކަންކަމެއް ނޫންކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި ކަމަށް މުނާޒް ތުހުމަތުކުރައްވައެވެ. ރިޕޯޓްގައިވާ ކަންކަން ބެލުމަށް އެކުލަވާލި ކޮމިޓީ ބައްދަލުކުރި ކަމަށްވަނީ އެންމެ ދެ ފަހަރުއެވެ. އެކަން ތަންފީޒުކުރުމަށް ކަރެކްޝަންސްއަށް ބަޖެޓު ދެއްވިންތޯ ސުވާލު އެއްސެވިއެވެ.

އަނެއްކާވެސް އައު ޓްވީޓަކާއެކު، އައު ވާހަކަތަކެކެވެ. މިފަހަރުގެ ގައިދީންގެ ބޭސްފަރުވާގެ ވާހަކައެވެ. "ގައިދީންގެ ބޭސްފަރުވާ އަވަސްކުރަން، އަމަލީ ގޮތުން މިނިސްޓަރ އިމްރާންއަށް އެއްވެސް ކަމެއް ހަމަޖައްސައި ނުދެވުނު" ކަމުގެ ތުހުމަތުތަކެވެ. އަހަރެއް ފާއިތުވެގެން ދިޔައިރު، ސްޕެޝަލިސްޓުން ހޯދައިނުދެވުނުއިރު، ޖަލަށް ދާ ގޮތަށް އައިޖީއެމް ހޮސްޕިޓަލުން ޑޮކްޓަރުން ހަމަޖައްސައި ނުދެވުނު ކަމުގެ ވާހަކަތަކެވެ.

އެންމެ ފަހުން އާންމުކުރެއްވި ޓްވީޓުގައި އިޝާރާތްކުރެއްވީ، ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަކަށެވެ. ސަރުކާރުން ބޭނުންވިނަމަވެސް، ހައްގު މިންވަރު ހޯދައި ނުދެވިގެން އުޅެނީ "ނާގާބިލު ވަޒީރުން ގޮވައިގެން އުޅެން ޖެހިފައިވާތީ" ކަމަށް މުނާޒް ވިދާޅުވިއެވެ.

ވަކި މީހަކު ޓްވީޓުގައި ޓެގް ނުކޮށް ވިދާޅުވީ، އެލްޖީއޭ، ހޯމް މިނިސްޓްރީ، ޖުވެނައިލް ޖަސްޓިސް ޔުނިޓު، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ކަރެކްޝަނަލް ސަރވިސް "ފްރީޒް ވެފަ" ހުރީ އެންމެ ވަޒީރަކާ ހެދިކަމަށެވެ. މިހުރިހާ މުއައްސަސާތަކަކީ ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ތަންތަނަށް ވުމުން، ޓްވީޓުގައި އެބުނާ ވަޒީރަކީ މިނިސްޓަރު އިމްރާން ކަމަށް ބަލަމާ ހިނގާށެވެ.

މުނާޒް ވިދާޅުވާ ގޮތުންނަމަ މަގާމުން ވަކިކުރެވުނީ، އެއްކަމެއްގައިވެސް އެއްގަލަކަށް ނޭރިގެން އުޅޭ ކޯލިޝަނާއި، އެއްވެސް ކަމެއްގައި އެއްބަސްނުވާން ބައިއަތު ހިފައިގެން ތިބި އިދިކޮޅާއި ގުޅިގެންނެވެ. ޖަލު އިސްލާހު ނުކުރެވުނީ ބަޖެޓު ނުދީގެންނެވެ. ގައިދީން ބޭސްފަރުވާއަށް ނުގެންދެވުނީ އިމްރާންގެ އިސްނެންގެވުމެއް ނެތީމައެވެ. މުޅި ސަރުކާރުގެ ދުވެލީގައި ތާއްޓެއް އުޅެނީ، އިމްރާން ގިރިސް ދަޅު ހިއްޕަވައިގެން ގޮސް އުޅުއްވާތީއެވެ.

މުނާޒްއެވެ. ބަލަ ތިޔަ ހުރިހާ ވާހަކަތަކެއް އޭރު ނުދައްކަވާ، މިއަދު ތިޔަ ދައްކަވަނީ ކީއްވެގެންތޯއެވެ. ކޮންމެ ސަރުކާރެއްގެ ކޮންމެ ބަޔަކު ތިޔަ މަގާމު ދެއްވި ކަމުގައިވީނަމަވެސް، ތިޔައީ ރައްޔިތުންނަށް ހިދުމަތްކުރަން އައްޔަނުކުރެވުނު ރައްޔިތުންގެ ހާދިމެކެވެ. މަގާމުގައި ހުންނެވިއިރު ތިޔަ ވާހަކަތައް ނުދައްކަވާ ހުންނާންވީ އެއްވެސް ސަބަބެއް ނެތެވެ.

ތިޔަހެން ކަންކުރެއްވުމުން، ތިޔަ ހުރިހާ ވާހަކަތަކަކީ ތެދުކަމުގައިވިޔަސް، ތިޔަ ވާހަކަތައް މިއަދު ދައްކާންވީ ސަބަބާއި މެދު ސުވާލުއުފެދެއެވެ. އިހުލާސްތެރިކަމެއް ހުންނެވިނަމަ، ތިވާހަކަތައް ދައްކާންވީ މިއަދަކު އިއްޔެއަކު ނޫނެވެ. މަގާމުގައި ހުންނެވިއިރުވެސް ތިޔަ ވާހަކަތައް ދައްކާން ޖެހޭނެއެވެ.

އެހެން ނޫނަސް، ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ރިއާޔަތްކުރަނީނަމަ، ގައިދީންގެ ކަންކަން އިސްލާހުކޮށް، އެ ގައިިދީން ބެލެހެއްޓުމަކީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ވުޒާރާއެއްގައި ހުންނަވާ ވަޒީރެއްގެ އެކަނި ޒިންމާއެއް ނޫނެވެ. އެއީ ކޮމިޝަނަރ އޮފް ޕްރިޒަންސްގެވެސް ޒިންމާއެކެވެ. އެގޮތުން، ޖަލުތަކާއި ޕެރޯލްގެ ގާނޫނު 22 ވަނަ މާއްދާގައި ކޮމިޝަނަރުގެ މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ (ނ) އަށް ބައްލަވާލެއްވިންތޯއެވެ. 22 ވަނަ މާއްދާގެ (ނ) ގައި ވަނީ "މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައިވާ ގައިދީންގެ އެންމެހައި ކަންކަން ބެލެހެއްޓުން" އެއީ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ބަޔާންކޮށްފައެވެ.

މިއަދު ތިޔަ ދައްކަވާ ވާހަކަތަކުން ސިފަވެގެންދަނީ މުޅިން އެހެން މަންޒަރެކެވެ. މަގާމުގެ ދަހިވެތިކަމުގައި އަޅުދާސްތުވެގެން އޭރު ހަނު ހުންނެވި ކަމެވެ. ސިޔާސީ ވެރިންގެ ނުފޫޒުގައި ކަސްތޮޅު އެޅުވި، އަނގައިގައި ތަތްކަން ގަދަ ޓޭޕެއް އަމިއްލަފުޅަށް އަޅުއްވައިގެން ހުންނެވި މަންޒަރެވެ. ތިޔަ ކުރައްސަވަން އުޅުއްވާ އެއްޗެއް އޭރު ކުރެއްސެވިނަމަ، މިނޫން މަންޒަރެއް ފެނިގެން ދިޔައީހެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދަރި ވިހަންޖެހުނީ ޖަންގަލިތަކުގެ ތެރޭގައި، މިއީ މިހާތަަނަށް ކުރިމަތިވި އެންމެ އުންދަގޫ ކަންތައް!

ދަރި ވިހަންޖެހުނީ ޖަންގަލިތަކުގެ ތެރޭގައި، މިއީ މިހާތަަނަށް ކުރިމަތިވި އެންމެ އުންދަގޫ ކަންތައް!

11 ސެޕްޓެމްބަރު 2017
މިއީ ހަމަ ރަނގަޅަށްވެސް "ޕްލާސްޓިކް" ސަރުކާރެއް!؟

މިއީ ހަމަ ރަނގަޅަށްވެސް "ޕްލާސްޓިކް" ސަރުކާރެއް!؟

02 ސެޕްޓެމްބަރު 2017
ޢީދު ބަންދަށް މާލެއިން ގިނަ ބަޔަކު އަތޮޅު ތެރެއަށް، މިއީ ބަދަލު ނުވާ ސަގާފަތެއް!

ޢީދު ބަންދަށް މާލެއިން ގިނަ ބަޔަކު އަތޮޅު ތެރެއަށް، މިއީ ބަދަލު ނުވާ ސަގާފަތެއް!

30 އޯގަސްޓު 2017
ހަގީގަތުގައި ވެސް މިއީ ހަމަ ކުޅިވަރެކެވެ.

ހަގީގަތުގައި ވެސް މިއީ ހަމަ ކުޅިވަރެކެވެ.

27 އޯގަސްޓު 2017
މިއީ ދުނިޔޭގައި އެންމެ ގިނަ ޕީއެޗްޑީ ހޯލްޑަރުން ތިބި ގައުމުތައް!

މިއީ ދުނިޔޭގައި އެންމެ ގިނަ ޕީއެޗްޑީ ހޯލްޑަރުން ތިބި ގައުމުތައް!

27 ޖޫން 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު