Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ނަޕޯލީ މޮޅުވުމުގެ ސިލްސިލާ އަށް އިންޓަ މިލާނުން ނިމުން ގެނެސްފި

އިންޓަ މިލާންގެ ދަނޑުގައި ކުޅުނު މެޗުން އެ ޓީމު މޮޅުވީ 1-0 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ޖެނުއަރީ 2023 | ބުރާސްފަތި 06:33
އިޓާލިއަން ލީގުގައި އިންޓަ މިލާނުން ކުޅުނު މެޗުގެ ތެރެއިން

އިޓާލިއަން ލީގުގައި އިންޓަ މިލާނުން ކުޅުނު މެޗުގެ ތެރެއިން

އިޓާލިއަން ލީގުގައި ނަޕޯލީއާ ދެކޮޅަށް ކުޅުނު މެޗުން އިންޓަ މިލާން މޮޅުވެއްޖެ އެވެ.

އިންޓަ މިލާންގެ ދަނޑުގައި ކުޅުނު މެޗުން އެ ޓީމު މޮޅުވީ 1-0 އިންނެވެ. މިއީ މި ސީޒަންގެ އިޓާލިއަން ލީގުގައި ނަޕޯލީ ބަލިވި ފުރަތަމަ ފަހަރެވެ. އެ މެޗަށް ކުރިމަތިލީއިރު ނަޕޯލީ ވަނީ ކުޅުނު 15 މެޗުގެ ތެރެއިން 13 މެޗުން މޮޅުވެ، ދެ މެޗުން އެއްވަރިވެފަ އެވެ. މެޗުން ބަލިވި ނަމަވެސް އެ ޓީމު އޮތީ ލީގު ތާވަލްގެ އެއް ވަނަ މަގާމުގަ އެވެ.

މެޗުގެ ތިން ވަނަ މިނެޓުގައި ރޮމެލޫ ލުކާކޫ ހުރަސްކޮށްދިން ބޯޅަ އަކުން އެޑިން ޒެކޯ އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް ޒެކޯ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ދަނޑި މަތިން ބޭރަށެވެ. އޭގެ ފަހުން 25 ވަނަ މިނެޓުގައި ނަޕޯލީގެ އޭރިޔާ ތެރެއިން ޒެކޯ ދިން ބޯޅައެއް ޑާމިއަން ފޮނުވާލި ނަމަވެސް، އެ ބޯޅަ ވެސް ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. މެޗުގައި އިންޓަ އިން ލަނޑު ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުވީ 56 ވަނަ މިނެޓުގަ އެވެ. ފެޑެރިކޯ ޑިމާކޯ ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެން އިންޓަ އަށް ލީޑު ނަގައިދިނީ ޒެކޯ އެވެ.

މެޗުން މޮޅުވެ އިންޓަ އޮތީ ލީގު ތާވަލްގެ ހަތަރު ވަނައިގަ އެވެ. އެއީ ކުޅުނު 16 މެޗުން 33 ޕޮއިންޓާއެކު އެވެ. މެޗުން ބަލިވި ނަމަވެސް 16 މެޗުން 41 ޕޮއިންޓާއެކު ނަޕޯލީ އޮތީ އެއް ވަނައިގަ އެވެ. ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާނަށް ލިބެނީ 16 މެޗުން 36 ޕޮއިންޓެވެ. ތިން ވަަނައިގައި ޔުވެންޓަސް އޮތީ 34 ޕޮއިންޓާއެކު އެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

އިންޓަ އޮފީސް ނެޓްބޯލް މުބާރާތް: އަންހެން ފައިނަލަށް އިމިގްރޭޝަން އަދި ކަސްޓަމްސް

22 ފެބުރުއަރީ 2017
އިންޓަ އޮފީސް ނެޓްބޯލް މުބާރާތް: އަންހެން ފައިނަލަށް އިމިގްރޭޝަން އަދި ކަސްޓަމްސް
20 ފެބުރުއަރީ 2017

އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތް: އަންހެން އަދި ފިރިހެން ބައި ވެސް ފެކަލްޓީ އޮފް އެޑިއުކޭޝަނަށް

20 ފެބުރުއަރީ 2017
އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތް: އަންހެން އަދި ފިރިހެން ބައި ވެސް ފެކަލްޓީ އޮފް އެޑިއުކޭޝަނަށް
19 ފެބުރުއަރީ 2017

އިންޓަ އޮފީސް ނެޓްބޯލް މުބާރާތް: ކުއާޓާ އަށް ދިޔަ ޓީމުތައް ކަށަވަރުވެއްޖެ

19 ފެބުރުއަރީ 2017
އިންޓަ އޮފީސް ނެޓްބޯލް މުބާރާތް: ކުއާޓާ އަށް ދިޔަ ޓީމުތައް ކަށަވަރުވެއްޖެ
18 ފެބުރުއަރީ 2017

ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

18 ފެބުރުއަރީ 2017
ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި
06 ފެބުރުއަރީ 2017

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

06 ފެބުރުއަރީ 2017
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
01 ފެބުރުއަރީ 2017

ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި

01 ފެބުރުއަރީ 2017
ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި
31 ޖެނުއަރީ 2017

އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން

31 ޖެނުއަރީ 2017
އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު