Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރޮނާލްޑޯ އަލް ނަޞްރަށް ބަދަލުވުން

އެތައް ހާސް ސަޕޯޓަރުންނެއްގެ ކުރިމަތީގައި އަލް ނަޞްރުގެ ކުޅުންތެރިޔެއްގެ ގޮތުގައި ރޮނާލްޑޯ ދައްކާލައިފި

ރޮނާލްޑޯ ވަނީ ސައުދީން އޭނާގެ އާއިލާ އަށް އަދާކުރި މެހެމާންދާރީ އާއި ކީ މަރުޙަބާ އަށް ވެސް ޝުކުރު އަދާކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ޖެނުއަރީ 2023 | ބުދަ 02:18
އަލް ނަޞްރުގެ ކުޅުންތެރިޔެއްގެ ގޮތުގައި ރޮނާލްޑޯ ދައްކާލަނީ

އަލް ނަޞްރުގެ ކުޅުންތެރިޔެއްގެ ގޮތުގައި ރޮނާލްޑޯ ދައްކާލަނީ

ސައުދީ އަރަބިޔާގެ އަލް ނަޞްރުގެ ކުޅުންތެރިޔެެއްގެ ގޮތުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ރަސްމީކޮށް ދައްކާލައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ ސައުދީގެ ވެރިރަށް ރިޔާދުގައި ރޮނާލްޑޯ އަލް ނަޞްރުގެ ކުޅުންތެރިޔެއްގެ ގޮތުގައި ދައްކާލިއިރު، އެތައް ހާސް ބަޔަކު ވަނީ އެއްވެފަ އެވެ. ރިޕޯޓުތައް ބުނާ ގޮތުން އެ ސްޓޭޑިއަމަށް ގާތްގަނޑަކަށް 30،000 ސަޕޯޓަރުން ވަނީ ވަދެފަ އެވެ. އަލް ނަޞްރަކީ ރޮނާލްޑޯގެ ސީނިއާ ކެރިއަރުގައި އޭނާ ގުޅުނު ފަސް ވަނަ ކުލަބެވެ. މިއީ ރޮނާލްޑޯ ޔޫރަޕުން ބޭރުގެ ކުލަބަކާ ގުޅުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރޮނާލްޑޯ ވަނީ ޔޫރަޕުގެ ހަތަރު ކުލަބަށް ކުޅެފައެވެ. އޭގެ ތެރޭގައި ސްޕޯޓިން، މެންޗެސްޓަރ ޔުނައިޓެޑް، ރެއާލް މެޑްރިޑް، އަދި ޔުވެންޓަސް ހިމެނެއެވެ.

އަލް ނަޞްރުގެ ކުޅުންތެރިޔެއްގެ ގޮތުގައި ދައްކާލުމަށްފަހު ކުލަބުގެ ސަޕޯޓަރުންނާ ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ، އޭނާ ބޭނުންވަނީ ކުލަބަށް ހުރިހާ ކާމިޔާބަށް ހޯދައިދޭން ކަމަށެވެ. އަދި އޭނާ އަށް ކުލަބުގެ ސަޕޯޓަރުންގެ ފަރާތުން ދައްކާލި ލޯތްބާއި، އިޙުތިރާމަށް ވެސް ރޮނާލްޑޯ ވަނީ ޝުކުރު އަދާކޮށްފަ އެވެ. ރޮނާލްޑޯ ބުނީ އަލް ނަޞްރުގެ ޖާޒީގައި މެޗެއް ކުޅުމަށް ކެތް މެދުވެފައި ހުރި ކަމަށެވެ. މީގެ އިތުރުން ރޮނާލްޑޯ ވަނީ ސައުދީން އޭނާގެ އާއިލާ އަށް އަދާކުރި މެހެމާންދާރީ އާއި ކީ މަރުޙަބާ އަށް ވެސް ޝުކުރު އަދާކޮށްފަ އެވެ. އަލް ނަޞްރުގެ ކުޅުންތެރިޔެއްގެ ގޮތުގައި ދައްކާލުމަށްފަހު ރޮނާލްޑޯ ވަނީ ކުލަބުގެ ބައެއް ކުޅުންތެރިންނާ ވެސް ބައްދަލުކޮށްފަ އެެވެ.

ރޮނާލްޑޯ ބުނީ ސައުދީ ލީގަކީ ވެސް ވަރަށް ވާދަވެރި ލީގެއް ކަމަށާއި، މިހާ ހިސާބުން އޭނާގެ ކެރިއަރު އަދި ނިންމާ ނުލާނެ ކަމަށެވެ. ރޮނާލްޑޯ ވަނީ ބައެއް ސަޕޯޓަރުންނާއެކު ވަގުތު ހޭދަކޮށްފަ އެވެ. އެގޮތުން ރޮނާލްޑޯ ސޮއިކޮށްފައިވާ ބޯޅަތަކެއް އޭނާ ވަނީ ސަޕޯޓަރުންނަށް ހަދިޔާކޮށްފަ އެވެ. ރޮނާލްޑޯ އަލް ނަސްރަށް ސޮއިކުރީ ދެ އަހަރުގެ އެއްބަސްވުމެއްގަ އެވެ. އޭނާގެ އެއްބަސްވުމުގެ އަގު 213 މިލިއަން ޑޮރަލަށް އަރާކަމަށް ރިޕޯޓުތައް ބުނެއެވެ.

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް

19 އެޕްރީލު 2017
މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް
17 އެޕްރީލު 2017

ޗެމްޕިއަންސް ލީގް: ކުއާޓާގެ ދެވަނަ ލެގަށް ނުކުންނައިރު ކޯޗުންނަށް ހާސްކަން

17 އެޕްރީލު 2017
ޗެމްޕިއަންސް ލީގް: ކުއާޓާގެ ދެވަނަ ލެގަށް ނުކުންނައިރު ކޯޗުންނަށް ހާސްކަން
17 އެޕްރީލު 2017

ޔުނައިޓެޑް އަތުން ބަލިވެ ޗެލްސީއަށް އިތުރު ހާސްކަމެއް

17 އެޕްރީލު 2017
ޔުނައިޓެޑް އަތުން ބަލިވެ ޗެލްސީއަށް އިތުރު ހާސްކަމެއް
09 އެޕްރީލު 2017

ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް

09 އެޕްރީލު 2017
ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް
04 އެޕްރީލު 2017

މާނޭގެ އަނިޔާ ސީރިއަސްވެ ލިވަޕޫލް ކޯޗަށް ހާސްކަމެއް

04 އެޕްރީލު 2017
މާނޭގެ އަނިޔާ ސީރިއަސްވެ ލިވަޕޫލް ކޯޗަށް ހާސްކަމެއް
26 މާރިޗު 2017

ތިން މެޗުން ވެސް ބަލިވެ ރާއްޖެ ވޮލީ މުބާރާތާ އަލްވަދާއު ކިޔައިފި

26 މާރިޗު 2017
ތިން މެޗުން ވެސް ބަލިވެ ރާއްޖެ ވޮލީ މުބާރާތާ އަލްވަދާއު ކިޔައިފި
15 މާރިޗު 2017

ބާސާ އަށް ދެން ބަދަލުނުވާނަން، ކުޅެން ބޭނުމީ އިދިކޮޅަށް: ޑެނީ އަލްވޭޒް

15 މާރިޗު 2017
ބާސާ އަށް ދެން ބަދަލުނުވާނަން، ކުޅެން ބޭނުމީ އިދިކޮޅަށް: ޑެނީ އަލްވޭޒް
20 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް

20 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް
20 ފެބުރުއަރީ 2017

ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!

20 ފެބުރުއަރީ 2017
ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު