Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރޮނަލްޑޯ ސައުދީއަށް

ރޮނަލްޑޯ ސައުދީއަށް ހިނގައްޖެ، މިއަދު ރަސްމީކޮށް ތަޢާރަފްކުރާނެ!

3 ޖެނުއަރީ 2023 | އަންގާރަ 03:48

އަލް ނަސްރާއެކު ސޮއިކުރީ ދެ އަހަރުގެ އެއްބަސްވުމެއްގައި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 3 ޖެނުއަރީ 2023 | އަންގާރަ 03:48
ރޮނަލްޑޯއަށް އަލް ނަސްރުން މަރުހަބާ ކިޔަނީ

ރޮނަލްޑޯއަށް އަލް ނަސްރުން މަރުހަބާ ކިޔަނީ

ސައޫދީ އަރަބިޔާގެ އަލް ނަޞްރަށް ސޮއިކުރި ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނަލްޑޯ އެޤައުމަށް ހިނގައްޖެއެވެ.

ފުޓްބޯޅައިގެ ތާރީޚުގައިވެސް އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާގެ ގޮތުގައި އަލް ނަސްރަށް ސޮއިކުރި ރޮނަލްޑޯ ސައޫދީއަށް ދިޔައީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އަދި މިއަދު އެކްލަބްގެ އެތައްހާސް ސަޕޯޓަރުންގެ ކުރިމަތީގައި ކްލަބްގެ ކުޅުންތެރިއެއްގެ ގޮތުގައި ރޮނަލްޑޯ ތަޢާރަފްކުރާނެކަމަށް މީޑިޔާ ރިޕޯރޓްތައް ބުނެއެވެ. ރޮނަލްޑޯ އެކްލަބްގެ ކުޅުންތެރިއެއްގެ ގޮތުގައި ތަޢާރަފްކުރާނީ ވެރިރަށް ރިޔާދުގައެވެ.

ރޮނަލްޑޯ އަލް ނަސްރަށް ސޮއިކުރީ ދެ އަހަރުގެ އެއްބަސްވުމެއްގައެވެ. އޭނާގެ އެއްބަސްވުމުގެ އަގު 213 މިލިއަން ޑޮރަލަށް އަރާކަމަށް ރިޕޯޓުތައް ބުނެއެވެ. 37 އަހަރުގައި ރޮނަލްޑޯ ސައުދީގެ ކްލަބް އަލް ނަސްރަށް ބަދަލުވީ މިސީޒަންގެ ނިޔަލަށް މެންޗެސްޓަރ ޔުނައިޓެޑާއެކު އޮތް އެއްބަސްވުން ނިމުމަކަށް ގެނެސްފައެވެ. އެފަރާތުން ވާހަކަދައްކާ އެއްބަސްވުން ނިމުމަކަށް ގެނައީ ޓީވީ ޝޯވއެއްގައި ޔުނައިޓެޑާ އަދި އެކްލަބްގެ ކޯޗާ މެދު ދެއްކި ވާހަކަތަކާ ގުޅިގެންނެވެ. ރޮނަލްޑޯ އެވާހަކަތައް ދެއްކީ ކްލަބް ބަދަލުކުރަން ބޭނުންވެ ހުރެއެވެ.

ރޮނަލްޑޯ ސައޫދީގައި ހުރީ ލަގްޒަރީ ހޮޓަލެއްގައެވެ. އޭނާއަށް އެހީތެރިވުމަށް އެކަށީގެންވާ ޓީމެއްގެ އިތުރުން ސަލާމަތީ ކަންކަން ބަލަހައްޓަން ސެކިއުރިޓީ ފާމެއް ވަނީ ހަމަޖައްސާފައެވެ.

ރޮނަލްޑޯ އަކީ ދުނިޔެ ދުށް އެންމެ މޮޅު އަދި އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާއެވެ. އޭނާ ވަނީ ފަސް ފަހަރު ބަލަންޑިއޯ އެވޯޑް ހޯދާފައެވެ. ނަމަވެސް ކެރިއަރުގައި ނުލިބުނު ކާމިޔާބީއަކީ ވަރލްޑްކަޕެވެ. ވާދަވެރި މެސީ ވަނީ އެންމެ ފަހުގެ މުބާރާތް ކާމިޔާބުކޮށް, ތިލަފަތް ބަރުކޮށްފައެވެ.

ރޮނަލްޑޯއަކީ ސައޫދީ ލީގުގައި ކުޅޭނެ އެންމެ ޓޮޕް އެތްލީޓެވެ. އަލް ނަސްރުން ދެކެނީ ރޮނަލްޑޯ އެކްލަބަށް ސޮއިކުރުމަކީ ފުޓްބޯޅަ ތާރީޚު ބަދަލުކޮށްލުން ކަމަށެވެ. އަދި އެއީ އެކްލަބާއި, އެގައުމާއި, އެގައުމުގެ އަންނަން އޮތް ޖީލުތަކަށްވެސް ނަމޫނާއެއްކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

10 ޖުލައި 2018

ރަސްމީކޮށް ޖޭމްސް ލޭކަރސްއަށް ސޮއިކޮށްފި

10 ޖުލައި 2018
ރަސްމީކޮށް ޖޭމްސް ލޭކަރސްއަށް ސޮއިކޮށްފި
15 ޖޫން 2018

ހޫލިއަން ލޮޕެޓެގީ ރަސްމީކޮށް ރެއާލްގެ ކޯޗުކަމާއި ހަވާލުވެއްޖެ

15 ޖޫން 2018
ހޫލިއަން ލޮޕެޓެގީ ރަސްމީކޮށް ރެއާލްގެ ކޯޗުކަމާއި ހަވާލުވެއްޖެ
07 އޮކްޓޯބަރު 2017

ގޯލްކީޕަރުން ތަމްރީން ކުރުމަށް، އޮލިވާ ޚާން ސައުދީއަށް

07 އޮކްޓޯބަރު 2017
ގޯލްކީޕަރުން ތަމްރީން ކުރުމަށް، އޮލިވާ ޚާން ސައުދީއަށް
07 އޮކްޓޯބަރު 2017

މި ސީޒަނުގެ ނިޔަލަށް ބަޔާންގެ ކޯޗުކަމާ ރަސްމީކޮށް ހެއިންކޭޒް ހަވާލުވެއްޖެ

07 އޮކްޓޯބަރު 2017
މި ސީޒަނުގެ ނިޔަލަށް ބަޔާންގެ ކޯޗުކަމާ ރަސްމީކޮށް ހެއިންކޭޒް ހަވާލުވެއްޖެ
09 ސެޕްޓެމްބަރު 2017

ޕްރިމިއާ ލީގު:ސިޓީއާ ދެކޮޅަށް މިއަދުގެ މެޗުގައި ކުޓީނިއޯ ނުކުޅޭނެ..!

09 ސެޕްޓެމްބަރު 2017
ޕްރިމިއާ ލީގު:ސިޓީއާ ދެކޮޅަށް މިއަދުގެ މެޗުގައި ކުޓީނިއޯ ނުކުޅޭނެ..!
16 އޯގަސްޓު 2017

އަނަންތަރާ އަދި ސޮނޭވާ ބައްދަލު ކުރާ ފައިނަލް މެޗު މިއަދު ކުޅެން ނިންމައިފި

16 އޯގަސްޓު 2017
އަނަންތަރާ އަދި ސޮނޭވާ ބައްދަލު ކުރާ ފައިނަލް މެޗު މިއަދު ކުޅެން ނިންމައިފި
12 އޯގަސްޓު 2017

މިއަދުގެ މެޗަށް ނިކުންނައިރު ލިވަޕޫލްގެ މުހިންމު ބައެއް ކުޅުންތެރިން އަނިޔާގައި

12 އޯގަސްޓު 2017
މިއަދުގެ މެޗަށް ނިކުންނައިރު ލިވަޕޫލްގެ މުހިންމު ބައެއް ކުޅުންތެރިން އަނިޔާގައި
25 ފެބުރުއަރީ 2017

އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

25 ފެބުރުއަރީ 2017
އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި
02 ފެބުރުއަރީ 2017

މިއަދުގެ މެޗުތައް ޕޮލިހާއި ފިނޭންސުން ކާމިޔާބުކޮށްފި

02 ފެބުރުއަރީ 2017
މިއަދުގެ މެޗުތައް ޕޮލިހާއި ފިނޭންސުން ކާމިޔާބުކޮށްފި
30 ޖެނުއަރީ 2017

މަޤާމު ދިފާއުކުރުމުގެ އުއްމީދުގައި ޔުނިޓެޑް ވިކްޓަރީން މިއަދު ޕްރެކްޓިސް ފަށަނީ

30 ޖެނުއަރީ 2017
މަޤާމު ދިފާއުކުރުމުގެ އުއްމީދުގައި ޔުނިޓެޑް ވިކްޓަރީން މިއަދު ޕްރެކްޓިސް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް