Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެންބީއޭ

ރަސްމީކޮށް ޖޭމްސް ލޭކަރސްއަށް ސޮއިކޮށްފި

10 ޖުލައި 2018 | އަންގާރަ 12:14

ޖޭމްސް ލޭކަރސްއަށް ބަދަލުވެފައި ވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 154 މިލިއަން ޑޮލަރަށް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 10 ޖުލައި 2018 | އަންގާރަ 12:14
ޖޭމްސް ލޭކަރސްއަށް ސޮއިކުރުމާ އެކު އެ ޓީމުން އާންމުކުރި ޕޯސްޓަރު

ޖޭމްސް ލޭކަރސްއަށް ސޮއިކުރުމާ އެކު އެ ޓީމުން އާންމުކުރި ޕޯސްޓަރު

ބާސްކެޓް ބޯޅައިގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ލެބްރޮން ޖޭމްސް އެންބީއޭގެ އެންމެ ކާމިޔާބު އެއް ޓީމު ކަމަށްވާ ލޮސް އެންޖެލިސް ލޭކަރސްއަށް ރަސްމީކޮށް ސޮއިކޮށްފިއެވެ.

އުމުރުން 33 އަހަރުގެ ޖޭމްސް ލޭކަރސްއަށް ސޮއިކޮށްފައި ވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 154 މިލިއަން ޑޮލަރަށެވެ. ލޭކަރސްއަށް ސޮއިކުރުމުގެ ކުރިން ޖޭމްސް ހުރީ ފްރީ އޭޖެންޓެއްގެ ގޮތުގައެވެ. ޖެހިޖެހިގެން އަށް އެންބީއޭ ފައިނަލްސް ކުޅުމަށް ފަހު ކްލީވްލޭންޑް ކެވެލިއަރސް ދޫކޮށް ޖޭމްސް ލޭކަރސްއަށް ބަދަލުވިއިރު އޭނާ ފްރީ އޭޖެންޓަކަށް ވެގެންދިޔައީ ކެވެލިއަރސްއާ އެކު ހަދާފައިވާ އެއްބަސްވުން ޖުލައި މަހުގެ ފުރަތަމަ ދުވަހު ހަމަވުމާ ގުޅިގެންނެވެ. މިއީ އޭނާ ކެވެލިއަރސް ދޫކޮށްލި ދެވަނަ ފަހަރެވެ. ލޭކަރސްގައި ޖޭމްސް ބޭނުންކުރާނީ 23 ވަނަ ނަމްބަރެވެ.

ލޭކަރސްއަށް ޖޭމްސް ސޮއިކުރުމާ އެކު އެޓީމުގެ ޖެނެރަލް މެނޭޖަރު ރޮބް ޕެލިންކާ ބުނީ މިއީ ވަރަށް ތާރީހީ ދުވަހެއް ކަމަށާއި މިއީ މުސްތަގުބަލަށް ބިނާކުރަމުންދާ ޓީމު އިތުރަށް ވަރުގަދަ ވެގެންދާނެ ކަމެއް ކަމަށެވެ. ލޭކަރސްގެ ބާސްކެޓްބޯލް އޮޕަރޭޝަންސްގެ ރައީސްގެ މަގާމުގައި ހުރި އެޓީމުގެ ލެޖެންޑް މެޖިކް ޖޯންސަން ބުނީ ޖޭމްސްއަކީ މިވަގުތު އެންބީއޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި އޭނާ ލޭކަރސްއާ ގުޅުމާ އެކު އެންބީއޭގެ ތަށި ހޯދުމާއި ގާތަށް އެޓީމު ޖެހިފައިވާ ކަމަށެވެ.

ލޭކަރސްގެ އެންމެ ކާމިޔާބު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ކޯބީ ބްރަޔަންޓް ބުނީ ޖޭމްސްއަކީ މިހާރު ލޭކަރސްގެ އާއިލާއަށް ނިސްބަތްވާ ކުޅުންތެރިއެއް ކަމަށާއި އެހެންކަމުން ޖޭމްސް ބޭނުންވާ ކޮންމެ ކަމެއް ކޮށްދޭން އޭނާ ހުރީ ތައްޔާރަށް ކަމަށެވެ.

ލޭކަރސް އިން ވަނީ ޖޭމްސްގެ އިތުރުން ނިއު އޯލިއަންސް ޕެލިކަންސްއަށް ކުޅުނު ރާޖޮން ރޮންޑޯ ވެސް އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އެޓީމަށް ގެނެސްފައެވެ. ހަމައެހެންމެ ގޯލްޑަން ސްޓޭޓް ވޯރިއާރސްގެ ޖަވާލް މެކްލީ އަދި އިންޑިއާނާ ޕޭސަރސްގެ ލާންސް ސްޓެފަންސަން ވެސް ޖޭމްސްގެ ފަހަތުން ލޭކަރސްއަށް ސޮއިކޮށްފައެވެ.

އެންބީއޭ ޑްރާފްޓްގައި 2003 ވަނަ އަހަރު ކެވެލިއަރސް އިން ފަސްޓް ޕިކެއްގެ ގޮތުގައި ނަގާފައި ވަނީ ޖޭމްސްއެވެ. އެއަށް ފަހު އޭނާ ދެއްކި ކުޅުމާ އެކު އޭނާ ވެގެންދިޔައީ އެންބީއޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާއަށެވެ. އެގޮތުން އޭނާ ވަނީ 2009 ވަނަ އަހަރާއި 2010 ވަނަ އަހަރު އެންބީއޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

ކެވެލިއަރސް ދޫކޮށް 2010 ވަނަ އަހަރު ޖޭމްސް ބަދަލުވި މިއާމީ ހީޓްއަށެވެ. އެޓީމާ އެކު 2012 ވަނަ އަހަރުގެ އެންބީއޭ ޗެމްޕިއަންޝިޕާއި 2013 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދުމަށްފަހު އޭނާ ބަދަލުވީ އަނެއްކާ ވެސް ކެވެލިއަރސްއަށެވެ. އެޓީމާއެކު ފާއިތުވެދިޔަ ހަތަރު އަހަރުގެ އެންބީއޭ ފައިނަލްސް އޭނާ ކުޅުނުއިރު 2016 ވަނަ އަހަރު އޭނާ ވަނީ އެޓުގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް އެންބީއޭގެ ޗެމްޕިއަންކަން އެޓީމަށް ހޯދައިދީފައެވެ. މިއީ 52 އަހަރުގެ ތެރޭގައި އެޓީމަށް ލިބުނު ފުރަތަމަ މުބާރާތެވެ.

ޖޭމްސްގެ ސޮއިކުރުމާއެކު އަންނަ ސީޒަނުގައި ލޭކަރސް ފެނިގެންދާނީ ވަރަށް ވަރުގަދަކޮށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

ކުންފުނިތަކާއެކު ތިން ކްލަބަކުން އެއްބަސްވުމުގައި ސޮއިކޮށްފި

03 އެޕްރީލު 2017
ކުންފުނިތަކާއެކު ތިން ކްލަބަކުން އެއްބަސްވުމުގައި ސޮއިކޮށްފި
14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
07 މާރިޗު 2017

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި
25 ފެބުރުއަރީ 2017

އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

25 ފެބުރުއަރީ 2017
އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި
07 ފެބުރުއަރީ 2017

ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް

07 ފެބުރުއަރީ 2017
ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް