Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަރިސޯޓް ވޮލީ މުބާރާތް

އަނަންތަރާ އަދި ސޮނޭވާ ބައްދަލު ކުރާ ފައިނަލް މެޗު މިއަދު ކުޅެން ނިންމައިފި

ފައިނަލް މެޗު ކުޅޭނީ 4:30 ގައި

ލީވާން އަލީ
ލީވާން އަލީ | 16 އޯގަސްޓު 2017 | ބުދަ 09:54
ސޮނޭވާ އަދި އަނަންތަރާ ގްރޫޕް ސްޓޭޖުގައި ބައްދަލުކުރި މެޗުގެ ތެރެއިން

ސޮނޭވާ އަދި އަނަންތަރާ ގްރޫޕް ސްޓޭޖުގައި ބައްދަލުކުރި މެޗުގެ ތެރެއިން

އިންޓަ ރިސޯޓު ވޮލީބޯލްގެ ޒޯން ފަހެއްގައި އަނަންތަރާ ކިހާވަށް އަދި ސޮނޭވާ ފުށި ބައްދަލު ކުރާ ފައިނަލް މެޗު ސޮނޭވާގައި ބުދަ ދުވަހު ހަވީރު ކުޅޭގޮތަށް ހަމަޖައްސައިފި އެވެ.

ވޮލީބޯލް އެސޯސިއޭޝަންގެ މާކެޓިން އެންޑް ޕްރޮމޯޝަން ޑިރެކްޓަރު މުހައްމަދު ޝާފިއު (ޝާފީ) ވިދާޅުވީ، ޓެކްނިކަލް ބައެއް ކަންތައްތައް ދިމާވެގެން ފަސްކުރި އަނަންތަރާ އަދި ސޮނޭވާ ބައްދަލުކުރާ ފައިނަލް މެޗު ބުދަ ދުވަހު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ ކަމަށާއި، މެޗު ކުޅޭނީ 16:30 ގައި ކަމަށެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފައިނަލް މެޗު ނުކުޅެ ފަސްކޮށްފައިވަނީ ވީއޭއެމްގެ އެކްސޯގައި ހިމެނޭ އެކްޓިން ޖެނެރަލް ސެކެޓްރީ އަދި ޓެކްނިކަލް ޑައިރެކްޓަރު މުހައްމަދު ޝަރަފު އާއި ޑިސިޕްލިނަރީ ކޮމެޓީގެ ޗެއާމަން އަލީ ލަތީފުގެ އިތުރުން ވީއޭއެމްގެ އޮފިޝަލުން ކަމަށްވާ ޖަމްޝާދު ޖައުފަރު، އަހުމަދު މިޔާން އަދި ނަސީމް އަލީ އަށް ސޮނޭވާ އަށް އަރުވަން ދެކޮޅުހެދުމުންނެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސޮނޭވާގެ ކޯޗު އިބްރާހިމް ރަޝީދު (ސަތޯ) ވަނީ ވީއޭއެމްގެ އޮފިޝަލުން އަދި އެކްސްކޯގައި ހިމެނޭ ބައެއް މެމްބަރުން ސޮނޭވާއަށް ނޭރުވުމަށް އެ ރިސޯޓަށް އަންގާފައެވެ.

ސަތޯއާ ބޮޑަށް މައްސަލަ ޖެހިފައިވަނީ ވީއޭއެމްގެ އެކްޓިންގް ޖެނެރަލް ސެކެޓްރީ ޝަރަފްއާކަމަށް ވެސް މައުލޫމާތު ލިބެއެވެ. ޝަރަފް އަކީ ފައިނަލް މެޗުގައި ސޮނޭވާއާ އިދިކޮޅަށް ނިކުންނަ އަނަންތަރާގެ ކުރީގެ ކޯޗެވެ. އޭނާ ވަނީ ފާއިތުވެދިޔަ ދެ އަހަރު އެ ރިސޯޓަށް މުބާރާތް ކާމިޔާބުކޮށްދީފައެވެ. އެގޮތުން ޝަރަފް ފައިނަލް މެޗަށް ގެނައުމަށް ސަތޯ ބޭނުންނުވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އެހެން ނަމަވެސް މިހާރު އެކްސްކޯ މެމްބަރުން އަދި އޮފިޝަލުން ވެސް ސޮނޭވާ އަށް އަރުވަން ސޮނޭވާ އިން ވަނީ އެއްބަސްވެފައި ކަމަށް ރާއްޖެއެމްވީ އަށް ވަނީ މައުލޫމާތު ލިބިފައެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް
28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
27 ޖެނުއަރީ 2017

ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން

27 ޖެނުއަރީ 2017
ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު