Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބަޔާންގެ ކޯޗަކަށް ހެއިންކޭޒް

މި ސީޒަނުގެ ނިޔަލަށް ބަޔާންގެ ކޯޗުކަމާ ރަސްމީކޮށް ހެއިންކޭޒް ހަވާލުވެއްޖެ

ހެންކޭޒް ވަނީ މީގެކުރިންވެސް ބަޔާންގެ ކޯޗުކަން އަދާކޮށްފައި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 7 އޮކްޓޯބަރު 2017 | ހޮނިހިރު 14:28
ބަޔާން މިއުނިކްގެ ކޯޗުކަމަށް ހެއިންކޭޒް

ބަޔާން މިއުނިކްގެ ކޯޗުކަމަށް ހެއިންކޭޒް

މި ސީޒަނުގެ ނިޔަލަށް ބަޔާން މިއުނިކްގެ ކޯޗުކަމާ ރަސްމީކޮށް ހެއިންކޭޒް ހަވާލުވެއްޖެއެވެ.

ހެއިންކޭސް ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ބަޔާންއަށް ކޯޗުކަން ކޮށްދީފައެވެ. އެގޮތުން އޭނާ ވަނީ 2013 ވަނަ އަހަރު ބަޔާންއަށް ޔުއެފާ ޗެމްޕިއަންސް ލީގާއި ބުންޑެސްލީގާގެ އިތުރުން ޖަރުމަނު ކާމިޔާބު ކޮށްދީފައެވެ.

ބަޔާންއިން ވަނީ މިދިޔަ ހަފްތާގައި ޔުއެފާ ޗެމްޕިއަންސް ލީގުގައި 3-0 ގެ ނަތީޖާއަކުން އެ ޓީމު ފްރާންސްގެ ޕީއެސްޖީގެ އަތުން ބަލިވި މެޗަށް ފަހު އެ ޓީމުގެ ކޯޗުގެ މަގާމުން ކާލޯ އަންޗެލޯޓީ ވަކިކޮށްފައެވެ. އަންޗެލޯޓީ ވަކި ކުރުމާ ވިދިގެން އެ ޓީމުން އޭގެ ފަހުން ކުޅުނު މެޗުތަކުގައި އެ ޓީމަށް އިރުޝާދު ދީފައި ވަނީ އެސިސްޓަންޓް ކޯޗު ކަމުގެ މަގާމުގައި ހުރި ވިލީ ސަންޔޯލްއެވެ.

ބަޔާންގެ ކޯޗު ކަމުގެ މަގާމާއި ހޮފެންހައިމްގެ ކޯޗު ޖޫލިއަން ނަގެލްސްމަން އާއި ބޮރޫޝިއާ ޑޯޓްމަންޑްގެ ކުރީގެ ކޯޗު ތޯމަސް ޓުޗްލްގެ އިތުރުން ބާސެލޯނާއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދި ލުއިސް އެންރިކޭވެސް ހަވާލު ވެދާނޭ ކަމަށް މީގެ ކުރިން އަޑުތައް ވަނީ ފެތުރިފައެވެ. އެހެނަސް ރިޕޯޓުތައް ބުނާ ގޮތުން ބަޔާންއިން މިހާރު ވަނީ މި ސީޒަން ނިމެންދެން ހައިންކޭސް އެ ޓީމަށް އިރުޝާދު ދިނުމަށް ކޯޗެއްގެ ގޮތުގައި އައްޔަން ކޮށްފައެވެ.

ހައިންކޭސް ބަޔާންގެ ކޯޗެއްގެ ގޮތުގައި އައްޔަނުކުރަން ނިންމާފައިވާއިރު އެ ޓީމު އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅު ވެފައެއް ނުވެއެވެ. އަދި މިވަގުތު އެ ޓީމު އޮތީ ބޮރޫޝިއާ ޑޯޓްމަންޑަށް ވުރެ ފަސް ޕޮއިންޓް މަދުން ލިބި ބުންޑެސް ލީގާގެ ތާވަލުގެ ދެވަނައިގައެވެ.

ހެއިންކޭސް އަލުން އެނބުރި ކޯޗެއްގެ ގޮތުގައި އައިސްފައިވާއިރު، 2013 ވަނަ އަހަރު ބަޔާންއަށް ތިން ތަށި ހޯދައި ދިނުމަށް ފަހު އޭނާ ބުނެފައިވަނީ އޭގެ ފަހުން އެއްވެސް ޓީމަކަށް ކޯޗުކޮށް ނުދޭނެ ކަމަށެވެ. ހެއިންކޭސް ވަނީ މީގެ އިތުރުން ބަޔާންގެ އިތުރުން ސްޕެއިންގެ ރެއާލް މެޑްރިޑާއި އެޓްލެޓިކް ބިލްބާއޯގެ އިތުރުން ޕޯޗުގަލްގެ ބެނެފީކާއަށް ވެސް ކޯޗުކަން ކޮށްދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އާ ސީޒަނުގެ ފުރަތަމަ "ކްލެސިކޯ" މިރޭ!

އާ ސީޒަނުގެ ފުރަތަމަ "ކްލެސިކޯ" މިރޭ!

13 އޯގަސްޓު 2017
ޕްރިމިއާ ލީގު: މިދިޔަ ސީޒަނުގެ ޗެމްޕިއަން ޗެލްސީ ފުރަތަމަ މެޗުން ބަލިވެއްޖެ!

ޕްރިމިއާ ލީގު: މިދިޔަ ސީޒަނުގެ ޗެމްޕިއަން ޗެލްސީ ފުރަތަމަ މެޗުން ބަލިވެއްޖެ!

13 އޯގަސްޓު 2017
ޔުނައިޓެޑުގައި 2021 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރަން ރޮމޭރޯ ނިންމައިފި

ޔުނައިޓެޑުގައި 2021 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރަން ރޮމޭރޯ ނިންމައިފި

17 ޖުލައި 2017
ވެޓްރެންސް ކުޅުންތެރިން 100 މިލިއަން ޔޫރޯ އަށް ނުގެނެވޭނެ: ބަޔާންގެ ރައީސް

ވެޓްރެންސް ކުޅުންތެރިން 100 މިލިއަން ޔޫރޯ އަށް ނުގެނެވޭނެ: ބަޔާންގެ ރައީސް

29 ޖޫން 2017
އާޖެންޓީނާގެ ކޯޗުކަމާއި ސަމްޕައޮލީ ހަވާލުވެއްޖެ

އާޖެންޓީނާގެ ކޯޗުކަމާއި ސަމްޕައޮލީ ހަވާލުވެއްޖެ

03 ޖޫން 2017

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު