Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރެއާލް މެޑްރިޑް

ހޫލިއަން ލޮޕެޓެގީ ރަސްމީކޮށް ރެއާލްގެ ކޯޗުކަމާއި ހަވާލުވެއްޖެ

އޭނާ ރެއާލްގެ ކޯޗުގެ މަގާމާއި ހަވާލުވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 15 ޖޫން 2018 | ހުކުރު 02:19
ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އަދި އެޓީމުގެ އައު ކޯޗު ހޫލިއަން ލޮޕެޓެގީ

ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އަދި އެޓީމުގެ އައު ކޯޗު ހޫލިއަން ލޮޕެޓެގީ

ރެއާލް މެޑްރިޑްގެ ކޯޗުގެ މަގާމާއި ރަސްމީކޮށް ހޫލިއަން ލޮޕެޓީގު ހަވާލުވެއްޖެއެވެ.

އޭނާ ރެއާލްގެ ކޯޗުގެ މަގާމާއި ހަވާލުވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ރެއާލްގެ ކޯޗުގެ މަގާމަށް އައު ކޯޗަކު އައްޔަނުކޮށްފައިވަނީ އެ މަގާމުގައި ހުރި ޒައިނުއްދީން ޒިދާން ކުއްލި ގޮތަކަށް އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ.

ރެއާލްގެ ކޯޗުގެ މަގާމާއި ހަވާލުވުމަށްފަހު ވާހަކަ ދައްކަމުން ލޮޕެޓެގީ ބުނީ އެފަދަ ބޮޑު ވަޒީފާއަކަށް އޭނާ ހަމަޖެއްސުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި ރެއާލްއަކީ ވަރަށް ޑިމާންޑް ބޮޑު ޓީމެއްކަން އެނގޭ ކަމަށެވެ. އޭނާ ބުނީ ރެއާލް އެހެން ހަރުފަތަކަށް ގެންދަން ކުރެވެންހުރި ހުރިހާ ކަމެއް ކުރާނެ ކަމަށާއި އެ ޓީމުގައި މިވަގުތު އޮތީ އެކަމަށް ބޭނުންވާ ފުރިހަމަ ސްކޮޑެއް ކަމަށެވެ. އޭނާ ބުނީ ސްޕެއިންގެ ކޯޗުކަމުން ވަކިކުރި ދުވަހަކީ އޭނާގެ ހަޔާތުގައި އައި އެންމެ ދެރަ ދުވަސް ކަމަށާއި އެހެން ނަމަވެސް އޭގެ 24 ގަޑިއިރު ފަހުން އައީ އޭނާގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސް ކަމަށެވެ. ލޮޕެޓެގީ ސްޕެއިންގެ ކޯޗުކަމުން ވަކިކުރީ އޭނާ ސްޕެއިންގެ ގައުމީ ޓީމަށް އެންގުމެއްނެތި ރެއާލްގެ ކޯޗަކަށް ވުމަށް އެއްބަސްވުމުންނެވެ. ލޮޕެޓެގީ ވަކިކުރުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ލުއިސް ރުބިއާލޭސް ބުނީ ނިންމާ ކޮންމެ ނިންމުމެއްގެ ސަބަބުން ފާޑުކިޔުން އަމާޒުވާނެ ކަމަށާއި ލޮޕެޓީގަކީ މޮޅު ކޯޗަކަށްވުމާ އެކު އެ ނިންމުން ނިންމަން ވަރަށް އުނދަގޫވާނެ ކަމަށެވެ. އޭނާ ބުނީ ވޯލްޑް ކަޕް ފެށެން އެންމެ ދުވަހަކަށް ވެފައިވަނިކޮށް އެފަދަ ނިންމުމެއް ނިންމަން ޖެހުނީ މަޖުބޫރުވުމުގެ ސަބަބުން ކަމަށެވެ. ރުބިއާލޭސް ބުނީ މި ނިންމުމުގެ ސަބަބުން ޓީމު އިތުރަށް ވަރުގަދަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ލޮޕެޓީގަށް އޮތް އިހުތިރާމް ކުޑަނުވާނެ ކަމަށެވެ.

މިކަމާއި ގުޅިގެން ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އޭނާ ބުނީ ވޯލްޑް ކަޕްގެ ކުރިން އެކަން ހާމަކުރީ ދެފުށް ފެންނަ ގޮތަކަށް ކަންކަން ކުރިޔަށް ގެންދަން ކަމަށާއި އެގްރީމެންޓެއް ގާއިމުކުރުމުގެ ހުރިހާ ހުއްދައެއް ވެސް ރެއާލްއަށް އޮތް ކަމަށެވެ. އޭނާ ބުނީ އެއީ ބޭވަފާތެރިވުން ކަމަށް ބަލައިގަންނަން ނުޖެހޭ ކަމަށާއި އެކަމާއި ގުޅިގެން ލޮޕެޓެގީއަށް ފާޑުކިޔަން ޖެހޭ އެއްވެސް ސަބަބެއް ވެސް ނެތް ކަމަށެވެ.

ލޮޕެޓެގީވަނީ މީގެ ކުރިން ސްޕެއިންގެ ޒުވާން ޤައުމީ ޓީމަށްވެސް ކޯޗުކޮށްދީފައެވެ. އެގޮތުން 2003ވަނަ އަހަރު ކޯޗިން ކެރިއަރ ލޮޕެޓެގީފެށީ ސްޕެއިންގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައެވެ. އަދި އޭގެ ފަހުގައި 19 އަހަރުން ދަށް، 20 އަހަރުން ދަށް އަދި 21 އަހަރުން ދަށުގެ ޤައުމީ ޓީމަށް ކޯޗުކޮށްދީފައިވެއެވެ.

2013ވަނަ އަހަރު ލޮޕެޓެގީގެ ބެލުމުގެ ދަށުން ސްޕެއިންގެ ޤައުމީ ޓީމު ވަނީ ޔޫރަޕްގެ 21 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދާފައެވެ. އަދި މިއަހަރުގެ ވޯލްޑްކަޕަށް ސްޕެއިން ކޮލިފައިކޮށްދިންނަމަވެސް، ކްލަބް ލެވެލްގައި ލޮޕެޓެގީއަށް މާބޮޑު ކާމިޔާބީއެއް ލިބިފައެއް ނެތެވެ. އޭނާގެ އިރުޝާދުގެ ދަށުން ސްޕެއިންގެ ގައުމީ ޓީމު ކުޅުނު 20 މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރެއާލްގެ ޓްވިޓާ އެކައުންޓް ވެސް ހެކްކޮށްފި، މެސީ އެ ކްލަބަށް ބަދަލުވެއްޖެ ކަމަށް ޓްވީޓުކޮށްފި

ރެއާލްގެ ޓްވިޓާ އެކައުންޓް ވެސް ހެކްކޮށްފި، މެސީ އެ ކްލަބަށް ބަދަލުވެއްޖެ ކަމަށް ޓްވީޓުކޮށްފި

26 އޯގަސްޓު 2017
އިސްކޯ ވެސް ރެއާލްގެ އެއްބަސްވުން އާ ކޮށްފި

އިސްކޯ ވެސް ރެއާލްގެ އެއްބަސްވުން އާ ކޮށްފި

12 އޯގަސްޓު 2017
ޒިދާން ރެއާލްގެ އެއްބަސްވުން އާ ކޮށްފި: ރިޕޯޓް

ޒިދާން ރެއާލްގެ އެއްބަސްވުން އާ ކޮށްފި: ރިޕޯޓް

12 އޯގަސްޓު 2017
ބޭލް ވިއްކާލުމުގެ ވިސްނުމެއް ރެއާލްގެ ނެތް: ރެއާލްގެ ރައީސް

ބޭލް ވިއްކާލުމުގެ ވިސްނުމެއް ރެއާލްގެ ނެތް: ރެއާލްގެ ރައީސް

09 އޯގަސްޓު 2017
ކްލަބް ފްރެންޑްލީ: ޕެނަލްޓީ ޖަހައިގެން ރެއާލްގެ މައްޗަށް ޔުނައިޓެޑު ކުރިހޯދައިފި

ކްލަބް ފްރެންޑްލީ: ޕެނަލްޓީ ޖަހައިގެން ރެއާލްގެ މައްޗަށް ޔުނައިޓެޑު ކުރިހޯދައިފި

24 ޖުލައި 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު