Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރު

މިއަދުގެ މެޗަށް ނިކުންނައިރު ލިވަޕޫލްގެ މުހިންމު ބައެއް ކުޅުންތެރިން އަނިޔާގައި

ލަލާނާ، ޕިލިޕޭ ކޮޓީނިއޯ ވެސް އަނިޔާގައި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 12 އޯގަސްޓު 2017 | ހޮނިހިރު 10:33
ލަވަޕޫލް އަދި ވެޓްފޯޑް ލޯގޯ ރަމްޒުކޮށްދޭ ފޮޓޯއެއް

ލަވަޕޫލް އަދި ވެޓްފޯޑް ލޯގޯ ރަމްޒުކޮށްދޭ ފޮޓޯއެއް

އާ ސީޒަނުގެ ފުރަތަމަ މެޗަށް ވެޑްފޯޑާ ދެކޮޅަށް މިއަދު ލިވަޕޫލް ނިކުންނައިރު އެޓީމުގެ މުހިންމު ބައެއް ކުޅުންތެރިންނަށް ނުކުޅެވޭނެއެވެ.

އެހެން ނަމަވެސް މިރޭގެ މެޗަށް ވެޓްފޯޑާ ދެކޮޅަށް ލިވަޕޫލް ނިކުންނައިރު އެޓީމު އޮތީ ރަނގަޅަށް ތައްޔާރުވެފައިކަމުގައި ޔާގެން ކްލޮޕް ވަނީ ބުނެފައެވެ.

ވެޓްފޯޑާ ދެކޮޅަށް މިއަދު ހަވީރު ލިވަޕޫލް ނިކުންނައިރު އެޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ފިލިޕޭ ކޫޓީނިއޯ މިވަގުތު ހުރީ އަނިޔާގައެވެ. ޖުލައި މަހުގެ 31 ވަނަ ދުވަހު އޭނާގެ ބުރަކަށްޓަށް ލިބުނު އަނިޔާއަކަށް މިހާރު ވެސް ފަރުވާކުރަމުންގެންދާއިރު އޭނާއަށް މިއަދުގެ މެޗުގައި ކުޅެވޭނެ ކަމުގެ ޔަގީންކަން ނެތުމުގެ އިތުރުން އެޓީމުގެ މުހިންމު ކުޅުންތެރިއެއް ކަމުގައިވާ ލަލާނާއަށް ވެސް ވަނީ އަނިޔާގެ މައްސަލަ ކުރިމަތިވެފައެވެ. އެހެން ކަމުން މިއަދުގެ މެޗުގައި އޭނާއަށް ނުކުޅެވޭއިރު މިމަހުގެ އެއްވަނަ ދުވަހު ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން ޑެނިއެލް ސްޓަރިޖްއަށް ވެސް މިއަދުގެ މެޗުގައި ނުކުޅެވޭނެ ކަމަށް ވަނީ ބެލެވިފައެވެ.

އެހެން ކަމުން މިއަދުގެ މެޗުގައި ވެޑްފޯޑާ ދެކޮޅަށް ލިވަޕޫލް ނިކުންނައިރު އެޓީމަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހުމަކީ ދުރުކަމެއް ނޫނެވެ.

މިއަދު ހަވީރު ލިވަޕޫލާ ދެކޮޅަށް ނިކުންނަ ވޮޓްފޯޑުގައި ވެސް އަނިޔާގެ މައްސަލަ ބޮޑެވެ. އެގޮތުން އެޓީމުގެ ފޯވާޑް ލައިންގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ޓްރޯއީ ޑީނޭ އަނިޔާގައި ހުރުމުގެ ސަބަބުން މިއަދު މެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ. މީގެ އިތުރުން ވެސް މުހިންމު ބައެއް ކުޅުންތެރިން ތިބީ އަނިޔާގައިކަން ފާހަގަކޮށްލަން ޖެހެއެވެ.

މިއަދުގެ މެޗަށް މި ދެޓީމު ނިކުންނައިރު ލިވަޕޫލަކީ ނިމިގެންދިޔަ ސީޒަނުގައި ލީގުގެ ގަދަ ހަތަރެއްގައި ހިމެނިފައިވާ ޓީމެކެވެ. ވެޓްފޯޑް ހިމެނިފައިވަނީ ލީގުގެ 17 ވަނާގައެވެ.

މިއަދުގެ މެޗަށް ނިކުންނައިރު ދެޓީމަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން ސްކޮޑު އިތުރަށް ވަރުގަދަ ކުރުމަށް ނިމިގެންދިޔަ ޓްރާންސްފާ ބާޒާރުގައި އާ ކުޅުންތެރިންތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން ރޯމާއަށް ކުޅެމުން އައި މިޑްފީލަޑަރ މޮހަމެޑް ސަލާ ލިވަޕޫލަށް ގެނެސްފައިވާއިރު ޗެލްސީގެ ފޯވާޑް ޑޮމިނިކް ސޮލާންކޭ ވެސް ވަނީ ލިވަޕޫލަށް ގެނެސްފައެވެ. މީގެ އިތުރުން ވެޓްފޯޑަށް ވެސް ވަނީ ސްކޮޑު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ޓްރާންސްފާ ބާޒާރުގައި އާ ކުޅުންތެރިންތަކެއް ގެނެސްފައެވެ. އެގޮތުން އެޓީމާ ގުޅުނު ބައެއް ކުޅުންތެރިންގެ ތެރޭގައި ޓޮމް ކްލެވަލީ، ނެތޭނިއެލް ޗަލޯބަ ހިމެނެއެވެ.

މިއަދު ހަވީރު މި ދެޓީމު ބައްދަލުކުރާ މެޗު ފަށާނީ ރާއްޖޭގަޑިން ހަވީރު 4:30 ގައެވެ. މި މެޗު ކުޅޭނީ ވެޓްފޯޑްގެ ދަނޑުގައެވެ.

އިތުރަށް ކިޔާލަން

10 މާރިޗު 2017

މުހިންމު ދަނޑިވަޅެއްގައި މާޒިޔާއަށް މޮޅެއް

10 މާރިޗު 2017
މުހިންމު ދަނޑިވަޅެއްގައި މާޒިޔާއަށް މޮޅެއް
07 މާރިޗު 2017

އިބްރަހިމޮވިޗް ތިން މެޗަށް ސަސްޕެންޑްކޮށްފި

07 މާރިޗު 2017
އިބްރަހިމޮވިޗް ތިން މެޗަށް ސަސްޕެންޑްކޮށްފި
04 މާރިޗު 2017

ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ

04 މާރިޗު 2017
ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ
25 ފެބުރުއަރީ 2017

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ
19 ފެބުރުއަރީ 2017

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017
މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު