Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލުކާކޫގެ ކުރިމަގު

ލުކާކޫ ބޭނުންވަނީ އިންޓަ މިލާންގައި މަޑުކުރަން

އިންޓަ މިލާންގަައި މަޑުކުރުމަށް ޗެލްސީއާއެކު ވާހަކަތައް ދައްކާނެ، އެއަށްފަހު ޙައްލެއް ހޯދާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ޖެނުއަރީ 2023 | ހޯމަ 02:57
ބެލްޖިއަމްގެ ފަރިތަކުރުމެއްގައި ލުކާކޫ

ބެލްޖިއަމްގެ ފަރިތަކުރުމެއްގައި ލުކާކޫ

ބޭނުންވަނީ އިންޓަ މިލާންގައި މަޑުކުރަން ކަމަށް ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ބުނެފި އެވެ.

ޗެލްސީގައި ހުރުމަށްފަހު ދެ ވަނަ ފަހަރަށް ލުކާކޫ އިންޓަ މިލާނަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އިންޓަ މިލާނަށް ބަދަލުވެ އޭނާ އެ ޓީމަށް ކުޅެދިން ފަސް މެޗުން ވަނީ ދެ ލަނޑު ޖަހާފަ އެވެ. ދެ ވަނަ ފަހަރަށް އިންޓަ މިލާނަށް ބަދަލުވުމުން ލޫކާކޫ ވަނީ ޗެލްސީގައި އޭނާގެ މުސާރަ ކުޑަކުރަން ވެސް ނިންމާފަ އެވެ. ނަމަވެސް އިންޓަ މިލާންގައި ކުޅެމުން އަންނަނިކޮށް، ފީފާ ވޯލްޑް ކަޕްގެ ކުރިން ލުކާކޫ އަށް ވަނީ އަނިޔާވެފަ އެވެ. ނޮވެމްބަރު މަހުގެ ކުރީކޮޅު އިންޓަ އިން ކުރިއަށް ގެންދިޔަ ފަރިތަކުރުމެއްގެ ތެރެއިން ލުކާކޫ އަށް އަނިޔާވި ނަމަވެސް، ވޯލްޑް ކަޕަށް އޭނާ ވަނީ ފިޓުވެފަ އެވެ. އަދި ވޯލްޑް ކަޕްގައި އޭނާ ވަނީ ކުޅެފަ އެވެ. ނަމަވެސް މުޅިން ފިޓު ނުވުމުގެ ސަބަބުން ލުކާކޫ ބެލްޖިއަމްގެ ތިން މެޗު ވެސް ކުޅުނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

ވޯލްޑް ކަޕަށްފަހު ކުލަބް ފުޓުބޯޅަ އަށް އެނބުރި އައުމަށްފަހު ލުކާކޫ ބުނީ، ކުރިއަށް އޮތް ތަނުގައި ވެސް އޭނާގެ އުންމީދަކީ އިންޓަ މިލާންގައި މަޑުކުރުން ކަމަށެވެ. އޭނާ ބުނީ އެ ކުލަބާއެކު ކުރިއަށް ދާން ބޭނުންވަނީ ކުލަބު ދެކެ ލޯބިވާތީ ކަމަށެވެ. އަދި އިންޓަ މިލާންގަައި މަޑުކުރުމަށް ޗެލްސީއާއެކު ވާހަކަތައް ދައްކާނެ ކަމަށާއި، އެއަށްފަހު ޙައްލެއް ހޯދާނެ ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ޗެލްސީގެ އީނަރު ޓޮޑް ބޯލީ އޭނާ ދޫކޮށްލަން ނިންމީ، ޗެލްސީގެ ކުރީގެ ކޯޗު ތޯމަސް ޓުޗެލް އާއި ލުކާކުއާ ދެމެދު އޮތް ގުޅުން ތެދަށް ކިޔައިދިނުމުން ކަމަށެވެ.

ލޯނު އެއްބަސްވުމެއްގެ ދަށުން ލުކާކޫ ދޫކޮށްލުމަށްފަހު، ޗެލްސީން ވަނީ ކުލަބަށް އައު ކުޅުންތެރިން ހޯދާފަ އެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތް: އަންހެން އަދި ފިރިހެން ބައި ވެސް ފެކަލްޓީ އޮފް އެޑިއުކޭޝަނަށް

20 ފެބުރުއަރީ 2017
އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތް: އަންހެން އަދި ފިރިހެން ބައި ވެސް ފެކަލްޓީ އޮފް އެޑިއުކޭޝަނަށް
19 ފެބުރުއަރީ 2017

އިންޓަ އޮފީސް ނެޓްބޯލް މުބާރާތް: ކުއާޓާ އަށް ދިޔަ ޓީމުތައް ކަށަވަރުވެއްޖެ

19 ފެބުރުއަރީ 2017
އިންޓަ އޮފީސް ނެޓްބޯލް މުބާރާތް: ކުއާޓާ އަށް ދިޔަ ޓީމުތައް ކަށަވަރުވެއްޖެ
18 ފެބުރުއަރީ 2017

ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

18 ފެބުރުއަރީ 2017
ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި
06 ފެބުރުއަރީ 2017

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

06 ފެބުރުއަރީ 2017
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
01 ފެބުރުއަރީ 2017

ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި

01 ފެބުރުއަރީ 2017
ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި
31 ޖެނުއަރީ 2017

އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން

31 ޖެނުއަރީ 2017
އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު