Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ދަ ވިންޓޭޖް ގާލާ

ހުޅަނގަށް ބާ، ގާނާއަށް ޚަޒާނާއެއް

ގާނާއަށް އެތެރެކުރާ ސެކަންޑް ހޭންޑް އަންނައުނުގެ ބޮޑު ބައެއް ދަތުރު ކުރަނީ އަކްރާގެ ކަންޓަމަންޓޯ ބާޒާރުގެ ތެރެއިން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 2 ޖެނުއަރީ 2023 | ހޯމަ 07:30
ކުއިސްޓްއާއި ޑާޓޭ ޤަބޫލު ކުރާ ގޮތުގައި ސެކަންޑްހޭންޑް އަންނައުނަކީ، އަންނައުނު ސިނާޢަތުގެ ސަބަބުން ވެއްޓަށް ލިބޭ ގެއްލުން ކުޑަކޮށްދޭ ކަމެއް

ކުއިސްޓްއާއި ޑާޓޭ ޤަބޫލު ކުރާ ގޮތުގައި ސެކަންޑްހޭންޑް އަންނައުނަކީ، އަންނައުނު ސިނާޢަތުގެ ސަބަބުން ވެއްޓަށް ލިބޭ ގެއްލުން ކުޑަކޮށްދޭ ކަމެއް

ގާނާގެ ވެރިރަށް އަކްރާގައި ކޮންޓޭނަރުތައް ގުދަން ކުރާ ސަރަޙައްދުން ފެނިގެން ދިޔައީ ވަރަށްވެސް އާދާ ޚިލާފު މަންޒަރެކެވެ. ޕިންކް ފްލޮއިޑްއާއި ޓައި-ޑައި ޓީޝާޓް ލައިގެން ތިބި ޒުވާން އަންހެނުންނާއި ފިރިހެނުން، އެޑިޑާސް ބޫޓާއި އެކި ކަހަލަ ޖެކެޓްތައް ބާޓާ އުސޫލުން ބަދަލު ކުރަމުން މަންޒަރެވެ. އެ ހަލަބޮލި މާޙައުލުން އިވެމުން ދިޔައީ އެފްރިކާ ސަރަޙައްދަށް ހާއްސަ އަޑުތަކުން އަޑު ހަމަ ކޮށްފައިވާ ޑީޖޭއެއްގެ ލައިވް މިއުޒިކްގެ އަޑެވެ.

އުމުރުން 23 އަހަރުގެ ޕްރިންސް ކުއިސްޓްއާއި ޖޭމްސް އެޑެމް ޑޯ ޑާޓޭ ސިފަ ކުރާ ގޮތުގައި، "ދަ ވިންޓޭޖް ގާލާ"އަކީ، އެ އެއްޗެއްގެ ކޮލިޓީ ޒަމާނުގައި އެންމެ ގަދައަށް ވައިގައި ހިފި އުފެއްދުންތަކަށް ލޯބި ކުރާ ފަރާތްތަކަށް ހިތްވަރު ދީ، ހަލުވިކަމާއެކު ބަދަލުވަމުން އަންނަ އަދުގެ ފެޝަންގެ ދުނިޔޭގައި، އާ މުދާ ގަތުމުގެ ބަދަލުގައި އެހެން މީހަކު ބޭނުން ކޮށްފައި ހުންނަ އަންނައުންނާއި ފޭރާން ގަތުމުގެ އާދަ، ޒުވާނުންގެ މެދުގައި އަށަގެންނެވުމުގެ މަޤްޞަދުގައި ހިންގާ ހަރަކާތެއް ކަމަށެވެ.

ޑާޓޭ ބުނާ ގޮތުގައި، އެހެން މީހަކު ބޭނުން ކޮށްފައި ހުންނަ އެއްޗެއް ދެވަނަ މީހަކު އަލުން ބޭނުން ކުރުމަކީ، ނުވަތަ ސެކަންޑްހޭންޑް އެއްޗެހި ބޭނުން ކުރުމަކީ، ދެވަނަ ދަރަޖައިގެ މީހަކަށް އެ މީހަކު ވައްޓާލާނެ ކަމެއް ނޫން ކަމަށެވެ. އެ އެއްޗެއްގެ އެންމެ ރަނގަޅު ކޮލިޓީގައި އުފެއްދި ޒަމާނުގެ އެއްޗެއް ނުވަތަ ވިންޓޭޖް އެއްޗެއް އަލުން ބޭނުން ކުރުމަކީ، ރީސައިކަލް ކުރުމުގެ ފަލްސަފާއަށް ލިއްބައިދޭ އިތުރު ފުރިހަމަ ކަމެއް ކަމަށްވެސް އޭނާ ފާހަގަ ކުރެއެވެ.

ހުޅަނގުގެ ޤައުމުތަކާއި ޗައިނާގައި ބޭނުން ކުރުމަށް ފަހު ބާ ހެދުމުގެ ގޮތުގައި ދޫކޮށްލާ ފޭރުމާގެ 15 މިލިއަން އައިޓަމް، ކޮންމެ ހަފުތާއަކުވެސް ގާނާއަށް އެތެރެ ކުރެއެވެ. އިންތިހާ ހެޔޮ އަގުގައި ވިއްކާ މި އަންނައުނު ކޮލިޓީއާ މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ. މީގެ ތެރެއިން 40 ޕަސެންޓް މުދަލަކީ، އެންމެ ފަހުން ކުނިގޮނޑަށް ޖަމާވާ ސާމާނު ކަމަށް އެމެރިކާގައި ހިންގާ "އޯ ފައުންޑޭޝަނުން" ބުނެއެވެ.

ގާނާއަށް އެތެރެކުރާ ސެކަންޑް ހޭންޑް އަންނައުނުގެ ބޮޑު ބައެއް ދަތުރު ކުރަނީ އަކްރާގެ ކަންޓަމަންޓޯ ބާޒާރުގެ ތެރެއިންއެވެ. ކަންޓަމަންޓޯއަކީ މުޅި އެފްރިކާ ބައްރުގައިވެސް ހިންގާ އެންމެ ބޮޑު، އަންނައުނު ބާޒާރެވެ. ބޭނުން ކޮށްފައި ހުންނަ އަންނައުނު، އެ ބާޒާރުގައި ވިއްކަނީ ބޮނޑިބޮނޑިއަށް ކަމަށް ވާއިރު، ބޮނޑިތަކުގެ އަގު ކަނޑައަޅާނީ، އެތެރޭގައި ހުންނާނެ އަންނައުނެއްގެ ކޮލިޓީ ލަފާކޮށްލާފައެވެ.

ކުއިސްޓްއާއި ޑާޓޭ، ކޮންމެ ހަފުތާއަކު އެތައް ދުވަހަކު، އިރު އެރުމުގެ ކުރިން، އަންނައުނުގެ ކޯރުގައި އަތްފުނާ އަޅާއެވެ. އެ ތަނުން ހޯދާ ހެދުންތައް ވިއްކަނީ އިންސްޓަގްރާމް ޕޭޖުތަކުގައެވެ. ގާނާއާއި ގާނާއިން ބޭރުން، އެތައް ހާސް ބަޔަކު، އެ އެކައުންޓްތައް ފޮލޯ ކުރެއެވެ.

ކުއިސްޓްއާއި ޑާޓޭ ޤަބޫލު ކުރާ ގޮތުގައި ސެކަންޑްހޭންޑް އަންނައުނަކީ، އަންނައުނު ސިނާޢަތުގެ ސަބަބުން ވެއްޓަށް ލިބޭ ގެއްލުން ކުޑަކޮށްދޭ ކަމެއްގެ އިތުރުން، އަދުގެ ޒަމާނީ ފެޝަނުން ބޭރުން، އަމިއްލަ ވަންތަކަމުގެ ބަޔާނެއް ރަމްޒު ކޮށްދޭ އެއްޗެކެވެ. އެ ޒުވާނުންގެ ޝިޢާރަކީ ސަރީޚަ ޝިޢާރެކެވެ. ހިތްވަރު ދެނީ، ސެކަންޑްހޭންޑް އެއްޗެހި ގަނެގެން، ތަފާތު ދެއްކުމަށެވެ.

އެއީ ތެދެކެވެ. މިހާރުވެސް އިންތިހާއަށް ފުދޭ މިންވަރަށް އެއްޗެހި ލިބެން ހުއްޓާ، އަނެއްކާވެސް އާ އެއްޗެހިތަކެއް އުފައްދަން ނުވަތަ ހޯދަންވީ ކީއްކުރަން ހެއްޔެވެ؟ އެއްބަޔަކަށް ބާ ވިއަސް، އަނެއް ބަޔަކަށް އެއީ ހަމަ ޚާޒާނާއެކެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހަށިގަނޑުގައި އިސްކުރު އަޅާ، ދަގަނޑު ޕްލޭޓް ލައްވަން ޖެހުނު ކެރޭރާގެ ގެއިން ފަންނުވެރިކަމުގެ ޚަޒާނާއެއް!

ހަށިގަނޑުގައި އިސްކުރު އަޅާ، ދަގަނޑު ޕްލޭޓް ލައްވަން ޖެހުނު ކެރޭރާގެ ގެއިން ފަންނުވެރިކަމުގެ ޚަޒާނާއެއް!

15 އެޕްރީލު 2024
އަގު ނުކުރެވޭ ޚަޒާނާއެއް ރައްކާކުރަން އަސްމާ ވަމުންދާ ޤުރުބާނީ: އެތައް ބަޔަކަށް ޢިބުރަތްތެރި ފިލާވަޅެއް!

އަގު ނުކުރެވޭ ޚަޒާނާއެއް ރައްކާކުރަން އަސްމާ ވަމުންދާ ޤުރުބާނީ: އެތައް ބަޔަކަށް ޢިބުރަތްތެރި ފިލާވަޅެއް!

14 ފެބުރުއަރީ 2024
ޚާމިސް ކަނބުރު: "ނެތި ހިނގައިދާނެ" ކަމުގެ ބިރު ހީވެފައިވާ ޚަޒާނާއެއް!

ޚާމިސް ކަނބުރު: "ނެތި ހިނގައިދާނެ" ކަމުގެ ބިރު ހީވެފައިވާ ޚަޒާނާއެއް!

01 މާރިޗު 2023
ސޫރިޔާގެ ރެފިއުޖީ، ލުބްނާންގެ ކާރިޘީ އަނދަވަޅުން ހޯދީ ޚަޒާނާއެއް!

ސޫރިޔާގެ ރެފިއުޖީ، ލުބްނާންގެ ކާރިޘީ އަނދަވަޅުން ހޯދީ ޚަޒާނާއެއް!

07 ނޮވެމްބަރު 2022

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު