Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގާނާ ޤައުމީ ފުޓުބޯޅަ ޓީމު

ގާނާގެ ކޯޗުކަމުން ހޫޓޮން ވަކިކޮށްފި

ގާނާގެ ކޯޗުކަމަށް އުމުރުން 65 އަހަރުގެ ހޫޓޮން ހަމަޖެއްސީ މިދިޔަ އަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 ޖެނުއަރީ 2024 | ބުދަ 06:03
ގާނާ ޤައުމީ ޓީމުގެ ކޯޗަކަށް ހުރި ކްރިސް ހޫޓޮން

ގާނާ ޤައުމީ ޓީމުގެ ކޯޗަކަށް ހުރި ކްރިސް ހޫޓޮން

ގާނާ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމުން އިންގްލެންޑުގެ ކްރިސް ހޫޓޮން ވަކިކޮށްފި އެވެ.

ގާނާގެ ކޯޗުކަމަށް އުމުރުން 65 އަހަރުގެ ހޫޓޮން ހަމަޖެއްސީ މިދިޔަ އަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގަ އެވެ. އެއީ އޭނާގެ ކުރިން އެ މަގާމުގައި ހުރި އޮޓޯ އައްޑޯ އިސްތިއުފާ ދިނުމުންނެވެ. އެ މަގާމުން އޭނާ އިސްތިއުފާ ދިނީ 2022 ވަނަ އަހަރު ޤަތަރުގައި ކުރިއަށް ދިޔަ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުން ގާނާ ކެޓުމުންނެވެ.

އޭގެ ފަހުން ގާނާގެ ކޯޗުކަމަށް ހޫޓޮން ހަމަޖެއްސިއިރު، އޭގެ ކުރިން އޭނާ ހުރީ ގާނާ ޤައުމީ ޓީމުގެ ކޯޗިން އޮފިޝަލުން އެޑްވައިޒަރުގެ މަގާމުގަ އެވެ. ގާނާގެ ކޯޗުކަމަށް ހޫޓޮން ހަމަޖެއްސުމަށްފަހު، އޭނާ އަށް ހަވާލުކުރި އެންމެ ބޮޑު އެއް މަސައްކަތަކީ މިހާރު ކުރިއަށްދާ އެފްރިކަން ކަޕްގައި ރަނގަޅު ނަތީޖާއެއް ނެރުމެވެ. ނަމަވެސް މުބާރާތުގެ ގުރޫޕް ސްޓޭޖުން ގާނާ ވަނީ ކަޓައިފަ އެވެ. ގުރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން ގާނާ ބަލިވީއިރު، ފަހު ދެ މެޗު ވަނީ އެއްވަރުވެފަ އެވެ. ތިން މެޗުން ދެ ޕޮއިންޓާއެކު ގާނާ ދިޔައީ ގުރޫޕް ބީގެ ތިން ވަނަ އަށެވެ.

މުބާރާތުން ކެޓުމާއެކު، ގާނާ އިން ވަނީ ކޯޗުކަމުން ހޫޓޮން ވަކިކޮށްފަ އެވެ. އެކަން އެ ޤައުމުގެ ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ އިއުލާން ވެސް ކޮށްފަ އެވެ. ހޫޓޮންގެ އިރުޝާދުގެ ދަށުން ގާނާ ކުޅުނީ 13 މެޗެވެ. އޭގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ އެންމެ ހަތަރު މެޗުންނެވެ. ހަތަރު މެޗުން ބަލިވެފައިވާއިރު، ފަސް މެޗު ވަނީ އެއްވަރުވެފަ އެވެ.

ހޫޓޮން ވަނީ މީގެ ކުރިން ޓޮޓެންހަމް، ނިއުކާސަލް ޔުނައިޓެޑު، ބާމިންހަމް ސިޓީ، ނޯވިޗް ސިޓީ، ބްރައިޓަން އަދި ނޮޓިންހަމް ފޮރެސްޓުގައި ވެސް މަސައްކަތްކޮށްފަ އެވެ. މީގެ އިތުރުން އަޔަލެންޑުގެ ޤައުމީ ފުޓުބޯޅަ ޓީމުގައި ވެސް އޭނާ ވަނީ މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޑޯޓްމަންޑްގެ ކޯޗުކަމުން ތޯމަސް ޓުޗެލް ވަކިކޮށްފި

ޑޯޓްމަންޑްގެ ކޯޗުކަމުން ތޯމަސް ޓުޗެލް ވަކިކޮށްފި

30 މެއި 2017
ސްޕެނިޝް ކަޕުގެ ތައްޓާއި އެކު އެންރީކޭ ބާސާގެ ކޯޗުކަމުން ވަކިވެއްޖެ

ސްޕެނިޝް ކަޕުގެ ތައްޓާއި އެކު އެންރީކޭ ބާސާގެ ކޯޗުކަމުން ވަކިވެއްޖެ

28 މެއި 2017
ރެލިގޭޓްވި ސަންޑަލޭންޑްގެ ކޯޗުކަމުން މޮއިސް އިސްތިއުފާ ދީފި

ރެލިގޭޓްވި ސަންޑަލޭންޑްގެ ކޯޗުކަމުން މޮއިސް އިސްތިއުފާ ދީފި

23 މެއި 2017
ޕިޔޯލީ މަޤާމުން ވަކިކޮށްފި

ޕިޔޯލީ މަޤާމުން ވަކިކޮށްފި

10 މެއި 2017
އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ މަގާމުން ވަކިކޮށްފި

އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ މަގާމުން ވަކިކޮށްފި

11 އެޕްރީލު 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު