Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެނަލް

ޕާޓޭ ހިމާޔަތްކުރަން އާސެނަލްގެ ފިޒިއޯ ގާނާއަށް ފޮނުވައިފި

ޕްރެމިއާ ލީގުގައި އާސެނަލްއަށް ކުރިއަށް ހުރީ މުހިންމު މެޗުތަކެއް

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 23 މާރިޗު 2023 | ބުރާސްފަތި 11:35
އާސެނަލްގެ ކޯޗު އާޓެޓާއާއި ޕާޓޭ (ކ): ކުޅުންތެރިޔާ ފިޓްކޮށް ބަހައްޓަން ކޯޗު ބާރުއަޅާ

އާސެނަލްގެ ކޯޗު އާޓެޓާއާއި ޕާޓޭ (ކ): ކުޅުންތެރިޔާ ފިޓްކޮށް ބަހައްޓަން ކޯޗު ބާރުއަޅާ

ގައުމީ ޓީމަށް ކުޅެނިކޮށް ގާނާގެ ތޯމަސް ޕާޓޭއަށް އަނިޔާވިއަނުދިނުމަށް އާސެނަލްއިން އެކުލަބުގެ ފިޒިއޯ، ގާނާގެ ގައުމީ ޓީމަށް ދޫކޮށްފިއެވެ.

ތޯމަސް ޕާޓޭއަކީ މި ސީޒަނުގައި އާސެނަލްގައި އެންމެ މޮޅަށް ކުޅެމުން އަންނަ އެއް މިޑްފީލްޑަރެވެ. އަނިޔާގެ ސަބަބުން އޭނާއަށް މި ސީޒަނުގެ ފަސް މެޗެއް ގެއްލުނެވެ. އަދި އާސެނަލް ބަލިވި ތިން މެޗުގެ ތެރެއިން ދެ މެޗަކީ ޕާޓޭއަށް، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުންނަން ޖެހުނު ދެ މެޗެކެވެ. އަލުން ފިޓްވެ ކުޅުންތެރިޔާ މިހާރު ހުރީ ވޯލްޑްކަޕް ކޮލިފައިންގައި ގާނާގެ ގައުމީ ޓީމު ކުޅެންޖެހޭ މެޗުތަކަށް، ގައުމަށް ގޮހެވެ.

އާސެނަލްއިން ޕާޓޭއަށް މިހާބޮޑު ސަމާލުކަމެއް ދެނީ އެ ޓީމުން އިނގިރޭސި ޕްރެމިއާ ލީގު ކާމިޔާބު ކުރުމަށް ކުރާ މަސައްކަތުގައި އޭނާގެ މުހިންމުކަން ބޮޑުކަމުންނެވެ. އަދި ލީގުގައި ބާކީ އޮތް 10 މެޗުގެ ތެރޭގައި އެންމެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް އާސެނެލް ކުޅެންޖެހޭ މެޗުތަކެއް ހުރުމުން އެ މެޗުތަކަށް ޕާޓޭފަދަ ޖާނުން ވަރުގަދަ، ބުރަކޮށް މަސައްކަތްކުރާ ކުޅުންތެރިއެއްގެ މުހިންމުކަން ބޮޑުވުމުންނެވެ. ފިޒިއޯ ފޮނުވުމުގެ އިތުރަށް އާސެނަލްއިން މަސައްކަތް ކުރަމުންދަނީ ގައުމީ ޓީމުގައި ޕާޓޭ އަދާކުރާ ރޯލަށް ވެސް ބަދަލު ގެނައުމަށެވެ.

މިވަގުތު އާސެނަލް އޮތީ އަށް ޕޮއިންޓާއެކު ޓޭބަލުގެ އެއްވަނާގައެވެ.

ނަމަވެސް މިއީ ގައުމީ ކޯޗު ކްރިސް ހިއުޓަން ބޭނުންވާ ގޮތެއްނޫނެވެ. އޭނާ ބުނީ ކުލަބާއި ގައުމީ ޓީމުގައިވެސް ޕާޓޭއަކީ މުހިންމު މީހަކަށް ވަނީ، އޭނާއަކީ ކޯޗު ބޭނުންވާ ކޮންމެ މަގާމަކަށްވެސް ބަރާބަރަށް ކުޅެވޭ ކުޅުންތެރިއަކަށް ވުމުން ކަމަށެވެ. އަދި ކުލަބާއި ގައުމީ ޓީމުގައި ކުޅުންތެރިޔާގެ ރޯލު އެއްގޮތްކުރަން އެންމެ ބޭނުންވަނީ ސަޕޯޓަރުން ކަމަށާއި ނަމަވެސް ކޯޗެއްގެ ވިސްނުމުގައި އެކަން އެގޮތަށް ކުރުމަކީ ފަސޭހަކަމެއް ނޫންކަމަށެވެ.

އާސެނަލްގާނާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
05 ނޮވެމްބަރު 2025

އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް

05 ނޮވެމްބަރު 2025
އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް
02 ނޮވެމްބަރު 2025

ބާންލީ ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

02 ނޮވެމްބަރު 2025
ބާންލީ ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
30 އޮކްޓޯބަރު 2025

ބްރައިޓަން ބަލިކޮށް އާސެނަލް ކުއާޓާ ފައިނަލަށް

30 އޮކްޓޯބަރު 2025
ބްރައިޓަން ބަލިކޮށް އާސެނަލް ކުއާޓާ ފައިނަލަށް
29 އޮކްޓޯބަރު 2025

ސަކާގެ އެއްބަސްވުން އައު ކުރެވޭނެ ކަމުގެ އުންމީދު އާސެނަލް އަށް އެބަ އޮތް

29 އޮކްޓޯބަރު 2025
ސަކާގެ އެއްބަސްވުން އައު ކުރެވޭނެ ކަމުގެ އުންމީދު އާސެނަލް އަށް އެބަ އޮތް
28 އޮކްޓޯބަރު 2025

ޕެލަސް އަތުން ލިބުނީ ސީޒަންގެ މިހާތަނަށް އެންމެ މުހިންމު މޮޅު: އާޓެޓާ

28 އޮކްޓޯބަރު 2025
ޕެލަސް އަތުން ލިބުނީ ސީޒަންގެ މިހާތަނަށް އެންމެ މުހިންމު މޮޅު: އާޓެޓާ
19 އޮކްޓޯބަރު 2025

ފުލަމް އަތުން މޮޅުވެ އާސެނަލް އިން ލީޑު ނަގައިފި

19 އޮކްޓޯބަރު 2025
ފުލަމް އަތުން މޮޅުވެ އާސެނަލް އިން ލީޑު ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު