Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބިހައިންޑް ދަ ރެޑް މޫން

މިއީ އަދި ތި ހީކުރާ ކަހަލަ ފަރުދާއެއް ނޫން!

އަނަތުސޫއީގެ އަމާޒަކަށް ވީ، އެފްރިކާއާއި ވިލާތުގެ އިތުރުން އެމެރިކާ ސަރަޙައްދުގެ ގުޅިފައި އޮތް މާޒީގެ ވާހަކަތައް ކިޔައިދިނުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 11 އޮކްޓޯބަރު 2023 | ބުދަ 09:09
ޓޭޓް މޮޑަރންއާއި ހިޔުންޑާއި ކޮމިޝަން ގުޅިގެން އެކި ކަހަލަ ފަރުމާތަކާއި އީޖާދުތައް ދައްކާލުމަށް ކުރިއަށް ގެންދާ މަޝްރޫޢަކީ އެތައް އަހަރަކަށް ކުރިއަށް ގެންދާ މަޝްރޫއެއް

ޓޭޓް މޮޑަރންއާއި ހިޔުންޑާއި ކޮމިޝަން ގުޅިގެން އެކި ކަހަލަ ފަރުމާތަކާއި އީޖާދުތައް ދައްކާލުމަށް ކުރިއަށް ގެންދާ މަޝްރޫޢަކީ އެތައް އަހަރަކަށް ކުރިއަށް ގެންދާ މަޝްރޫއެއް

އާންމު ދިރިއުޅުމުގައި ބޭނުން ކުރާ އެކި އެއްޗެހިން ކުނީގެ ގޮތުގައި އުކާލަން ޖެހެނީ ކުޑަ މިންވަރެއް ކަމަށް ހީ ކުރެވުނު ކަމުގައި ވީ ނަމަވެސް، ލަންޑަންގެ ޓޭޓް މޮޑަރން އަރޓް ގެލަރީގައި ދާދި ފަހުން ހުޅުވާލި މަޢުރަޒަށް ބަލާލުމުން، އެއީ އަދި މުޅިން ރަނގަޅު ޤަބޫލު ކުރެވުމެއް ނޫންކަން ސާފުވެއެވެ. ހިޔުންޑާއި ކޮމިޝަނުން އެންމެ ފަހުން ދައްކާލި ފަންނުވެރި މަސައްކަތް ފުރިހަމަ ކޮށްފައި ވަނީ ފެންފުޅި ފަދަ ފުޅިތަކުގައި ޖަހަން ބޭނުން ކުރާ ޒާތުގެ 2 މިލިއަން މަތިގަނޑު ބޭނުން ކޮށްގެންނެވެ.

ފުޅީގެ މަތި ބޭނުން ކޮށްގެން ފަރުމާ ކޮށްފައި ވާ 3 އީޖާދެއް، މަޢުރަޒުގައި ވަނީ ދައްކާލާފައެވެ. "ބިހައިންޑް ދަ ރެޑް މޫން"ގެ ނަން ދީފައި ވާ މަޝްރޫޢުގެ ފަންނުވެރި މޭސްތިރިއަކީ ގާނާއަށް އުފަން އަރޓިސްޓެއް ކަމަށް ވާ އެލް އަނަތުސޫއީއެވެ. އޭނާގެ މަސައްކަތްތައް ދައްކާލަން ބަހައްޓާފައި ވަނީ، ޓަރބައިން ހޯލްގައި އެލުވާފައި ހުންނަ ކަހަލަ ގޮތަކަށެވެ.

ބަލާބެލުމަށް އެއީ ފުޅިފުޅީގެ މަތިތައް ބޭނުންކޮށްގެން ތައްޔާރު ކޮށްފައި ހުރި އެއްޗެއް ކަމަށް ހީވެސް ނުވާނެއެވެ. ފޮތީގެ ފަރުދާއެއް ފަދަ ފަރުމާތައް ތައްޔާރު ކުރުމަށްޓަކައި އަނަތުސޫއީ ވަނީ މަތިގަނޑުތައް ފިއްތާ، އެކި ގޮތްގޮތަށް އަނބުރާ ހެދުމަށްފަހު، އެކަތި އަނެކެއްޗާ ގުޅުވައިގެން ފަހާފައެވެ. ފުރަތަމަ ނަޒަރުން މާ ބޮޑު މާނައެއް ދޭހަ ނުވި ކަމުގައި ވީ ނަމަވެސް، މި ފަރުމާތަކަކީ މުހިންމު މެސެޖެއްވެސް ފޯރުކޮށްދޭ އުފެއްދުންތަކެކެވެ. އަނަތުސޫއީގެ އަމާޒަކަށް ވީ، އެފްރިކާއާއި ވިލާތުގެ އިތުރުން އެމެރިކާ ސަރަޙައްދުގެ ގުޅިފައި އޮތް މާޒީގެ ވާހަކަތައް ކިޔައިދިނުމެވެ.

ފަރުމާތައް އެކުލަވާލުމުގެ މަސައްކަތުގައި އިސްކޮށް ހުރި އޮސޭއީ ބޮންސޫ ކިޔައިދިން ގޮތުގައި ފަރުމާތަކުން ރަމްޒުކޮށްދެނީ އެފްރިކާއިން އެމެރިކާ ސަރަޙައްދުގެ ޤައުމުތަކަށް ހިޖުރަވެރިން ކުރި ދަތުރުގެ ވާހަކައެވެ.

މައުރަޒުގައި ހުރި ފަރުމާތަކުގެ ތެރެއިން ރަތްކަން ގަދަ ހިސާބަކަށް އިޝާރާތް ކުރަމުން ބޮންސޫ ބުނީ އެއީ ލިބިފައިވާ ގެއްލުމާއި ހިތާމަތައް ރަމްޒުކޮށްދޭ ބައި ކަމަށެވެ. އެއީ އެޓްލާންޓިކް ކަނޑު ހުރަސްކޮށް އަޅުންގެ ވިޔަފާރި ކުރަމުން ދިޔަ ދުވަސްވަރު، މަޖުބޫރީ ޙާލަތުގައި އެއްތަނުން އަނެއް ތަނަށް އުފުލި މުދަލާ، އެކަމުގައި ޝިކާރައަކަށްވި މީހުންގެ އިޙުސާސްތައް ރަމްޒު ކޮށްދޭ ބައި ކަމަށް ބޮންސޫ ކިޔައިދިނެވެ.

ޓޭޓް މޮޑަރންއާއި ހިޔުންޑާއި ކޮމިޝަން ގުޅިގެން އެކި ކަހަލަ ފަރުމާތަކާއި އީޖާދުތައް ދައްކާލުމަށް ކުރިއަށް ގެންދާ މަޝްރޫޢަކީ އެތައް އަހަރަކަށް ކުރިއަށް ގެންދާ މަޝްރޫޢެކެވެ. އެ މަޢުރަޒު ފަށާފައި ވަނީ 2014 ވަނަ އަހަރުއެވެ. އަނަތުސޫއީގެ މަސައްކަތްތަކަކީ، މަޢުރަޒަށް އެންމެ ފަހުން އިތުރު ކުރި ފަރުމާތަކެވެ.

2024 ވަނަ އަހަރުގެ އޭޕްރިލް 14 ވަނަ ދުވަހުގެ ނިޔަލަށް، ޓަރބައިން ހޯލްގައި، ބިހައިންޑް ދަ ރެޑް މޫން މަޢުރަޒުގެ ފަރުމާތައް ދައްކާލަން ބަހައްޓާފައި ހުންނާނެއެވެ.

ބިހައިންޑް ދަ ރެޑް މޫންގާނާ

ކޮމެންޓް

އިތުރަށް ކިޔާލަން

މެންބަރެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރައިން ބައެއް އުނިކޮށްދެއްވުމަށް ނަޝީދު އެދިވަޑައިގެންފި

މެންބަރެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރައިން ބައެއް އުނިކޮށްދެއްވުމަށް ނަޝީދު އެދިވަޑައިގެންފި

01 އެޕްރީލު 2024
ޕާޓޭ ހިމާޔަތްކުރަން އާސެނަލްގެ ފިޒިއޯ ގާނާއަށް ފޮނުވައިފި

ޕާޓޭ ހިމާޔަތްކުރަން އާސެނަލްގެ ފިޒިއޯ ގާނާއަށް ފޮނުވައިފި

23 މާރިޗު 2023
ދިވެހިރާއްޖެއިން ގާނާއާ އެކު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖެއިން ގާނާއާ އެކު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި

15 މާރިޗު 2023
އިގުތިސާދީ ކާރިސާއާއެކު ގާނާގެ ރައީސްގެ އިސްތިއުފާއަށް ގޮވާލަނީ

އިގުތިސާދީ ކާރިސާއާއެކު ގާނާގެ ރައީސްގެ އިސްތިއުފާއަށް ގޮވާލަނީ

06 ނޮވެމްބަރު 2022

އަހަރުތަކުން މިއަދު

4 ޖޫން
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
20251 އަހަރު ކުރިން
އިސްލާމް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
20224 އަހަރު ކުރިން
ކޮލަމް

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
20215 އަހަރު ކުރިން
ރިޕޯޓު

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!
20188 އަހަރު ކުރިން
ރާއްޖެ

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު