Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ސާޖީ ރޮބާޓޯ ބޭނުންވަނީ ބާސެލޯނާގައި މަޑުކުރަން

އޭނާ ބުނީ ބޭނުންވަނީ އެއްބަސްވުން އައުކުރަން ކަމަށާއި، އެއީ އޭނާ އެންމެ އިސްކަންދޭ ކަންތައް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ޑިސެމްބަރު 2022 | ބުދަ 12:05
ބާސެލޯނާއަށް ކުޅެމުން އަންނަ ސާޖީ ރޮބާޓޯ

ބާސެލޯނާއަށް ކުޅެމުން އަންނަ ސާޖީ ރޮބާޓޯ

ބޭނުންވަނީ ބާސެލޯނާގައި މަޑުކުރަންކަމަށް, އެ ޓީމަށް ކުޅެމުން އަންނަ ސާޖީ ރޮބާޓޯ ބުނެފިއެވެ.

އުމުރުން 30 އަހަރުގެ މިޑްފީލްޑަރު ބާސެލޯނާއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި ސީޒަންގެ ނިޔަލަށް ހަމަވާނެއެވެ. އެއްބަސްވުމުގެ މުއްދަތު ހަމަވުމާއެކު ބާސެލޯނާއިން ސާޖީ ރޮބާޓޯގެ އެއްބަސްވުން އައުނުކުރާނެކަމަށް އަޑުތައް ވަނީ ފެތުރިފައެވެ. ނަމަވެސް އެކަމާގުޅިގެން ބާސެލޯނާއިން ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ކުޅިވަރު ޗެނަލަކަށް ދިން އިންޓަވިޔުއެއްގައި ސާޖީ ރޮބާޓޯ ބުނީ އޭނާ ބޭނުންވަނީ ބާސެލޯނާގައި މަޑުކުރަން ކަމަށެވެ. އޭނާ ބުނީ ބޭނުންވަނީ އެއްބަސްވުން އައުކުރަން ކަމަށާއި، އެއީ އޭނާ އެންމެ އިސްކަންދޭ ކަންތައްކަމަށެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން މިހާތަނަށް ބާސެލޯނާއާއެކު އެއްވެސް މަޝްވަރާއެއް ނުކުރާކަމަށް އޭނާ ބުންޏެވެ.

ސާޖީ ރޮބާޓޯ ބުނީ ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބޭނުންވަނީ އޭނާ ކުލަބުގައި މަޑުކުރަން ކަމަށެެވެ. އަދި އެކަމުގެ ވާހަކަތައް ޒަވީ އޭނާއާ ދެއްކިކަމަށާއި، އެކަން އެގޮތަށް ވާނެކަމަށް އުންމީދުވެސް ކުރާ ކަމަށެވެ. ކޯޗު ބުނިގޮތުގައި އޭނާއަކީ ކޯޗުގެ ޕްލޭންގައި ހިމެނޭ ކުޅުންތެރިޔެއް ކަމަށާއި، ކުލަބާއެކު ކުރިއަށްދާން ކޯޗުވެސް އެދޭކަމަށެވެ.

ބާސެލޯނާއަށް ކުޅެން ސާޖީ ރޮބާޓޯ ފެށީ 2010 ވަނަ އަހަރުއެވެ. އޭގެ ފަހުން މިވީހާތަނަށް އޭނާ ވަނީ އެ ކުލަބަށް ކުޅެދިން 328 މެޗުގައި 14 ލަނޑު ޖަހާފައެވެ. މީގެ އިތުރުން ބާސެލޯނާއާއެކު އޭނާ ވަނީ 19 ތައްޓެއް ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގާއި، ކޮޕާ ޑެލްރޭއާއި، ސްޕެނިޝް ސުޕަރ ކަޕާއި، ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަރ ކަޕް އަދި ފީފާ ކުލަބް ވޯލްޑް ކަޕް ހިމެނެއެވެ.

އިތުރަށް ކިޔާލަން

22 މެއި 2017

އަހަރެން އެޓްލެޓިކޯގައި މަޑުކުރަން ނިންމައިފިން: ސިމިއޯނީ

22 މެއި 2017
އަހަރެން އެޓްލެޓިކޯގައި މަޑުކުރަން ނިންމައިފިން: ސިމިއޯނީ
13 މެއި 2017

ޗެމްޕިއަންކަން ހޯދަން ބޭނުންވަނީ ސައްތައިން ސައްތަ ރެކޯޑަކާއެކު: ފޮޓޯ

13 މެއި 2017
ޗެމްޕިއަންކަން ހޯދަން ބޭނުންވަނީ ސައްތައިން ސައްތަ ރެކޯޑަކާއެކު: ފޮޓޯ
11 މެއި 2017

މާޒީގެ ވާހަކަ ދައްކަން ބޭނުމެއް ނެތް، ޓީސީއަތުން ބޭނުންވަނީ މޮޅެއް: ސެކުލޮސްކީ

11 މެއި 2017
މާޒީގެ ވާހަކަ ދައްކަން ބޭނުމެއް ނެތް، ޓީސީއަތުން ބޭނުންވަނީ މޮޅެއް: ސެކުލޮސްކީ
11 މެއި 2017

ރޫނީ އަދިވެސް ބޭނުންވަނީ ޔުނައިޓެޑްގައި މަޑުކުރަން

11 މެއި 2017
ރޫނީ އަދިވެސް ބޭނުންވަނީ ޔުނައިޓެޑްގައި މަޑުކުރަން
12 އެޕްރީލު 2017

ވިހި ވިހީގެ ނިޔަލަށް ނިއުގައި މަޑުކުރަން ސެންޓޭ ނިންމައިފި

12 އެޕްރީލު 2017
ވިހި ވިހީގެ ނިޔަލަށް ނިއުގައި މަޑުކުރަން ސެންޓޭ ނިންމައިފި
28 މާރިޗު 2017

ބޭނުންވަނީ މޮޅު ކުޅުމަކާ އެކު ރަނގަޅު ނަތީޖާއެއް: ސްޓެވާޓް

28 މާރިޗު 2017
ބޭނުންވަނީ މޮޅު ކުޅުމަކާ އެކު ރަނގަޅު ނަތީޖާއެއް: ސްޓެވާޓް
09 މާރިޗު 2017

އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

09 މާރިޗު 2017
އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ
04 މާރިޗު 2017

މޮރީނޯ ބޭނުންވަނީ ރޫނީ އާއި އިބްރަހަމޮވިޗް މެންޔޫގައި މަޑުކުރުވަން

04 މާރިޗު 2017
މޮރީނޯ ބޭނުންވަނީ ރޫނީ އާއި އިބްރަހަމޮވިޗް މެންޔޫގައި މަޑުކުރުވަން
22 ފެބުރުއަރީ 2017

ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް

22 ފެބުރުއަރީ 2017
ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު