Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގަކްޕޯގެ ކުރިމަގު

ޔުނައިޓެޑާމެދު ގަކްޕޯގެ ޚިޔާލު ބަދަލު ނުވޭ

ގަކްޕޯގެ ހޯދުމަށް 55 މިލިއަން ނުވަތަ 60 މިލިއަން ޔޫރޯ ޚަރަދުކުރަން ޖެހޭނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 ޑިސެމްބަރު 2022 | އަންގާރަ 02:27
ޕީއެސްވީ އަށް ކުޅެމުން އަންނަ ގަކްޕޯ

ޕީއެސްވީ އަށް ކުޅެމުން އަންނަ ގަކްޕޯ

ނެދަލެންޑްސްގެ ޕީއެސްވީ އަށް ކުޅެމުން އަންނަ ކޯޑީ ގަކްޕޯ ޕްރިމިއާ ލީގުގެ މެންޗެސްޓަރ ޔުނައިޓެޑާ މެދު ގެންގުޅޭ ޚިޔާލު ބަދަލު ނުވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އުމުރުން 23 އަހަރުގެ ގަކްޕޯ ބޭނުންވަނީ ކުރިމަގުގައި ޔުނައިޓެޑަށް ކުޅެން ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. ޒުވާން ކުޅުންތެރިޔާ ވަނީ މިއަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ. ނެދަލެންޑްސްއާއެކު މުބާރާތަށް ކުރިމަތިލައި، ގަކްޕޯ ވަނީ އެ ޓީމު މޮޅު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ނެދަލެންޑްސް ކުޅުނު ތިން މެޗުގައި ވެސް ގަކްޕޯ ވަނީ ލަނޑު ޖަހާފަ އެވެ. އެއީ ސެނެގާލް، އިކުއެޑޯ، އަދި ޤަތަރާ ދެކޮޅަށެވެ. މުބާރާތުން ނެދަލެންޑްސް ކެޓީ ކުއާޓާ ފައިނަލްގައި އާޖެންޓީނާ އަތުން ޕެނަލްޓީގަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން މިދިޔަ ސީޒަންގައި ވެސް ޔުނައިޓެޑާ ގުޅުމުގެ މަޝްވަރާތައް ކުރި އެވެ. އެ މަޝްވަރާތައް އަދިވެސް އެގޮތުގައި އޮތް ކަމަށާއި، އެކަމާ ގަކްޕޯގެ އެޖެންޓް އަންނަނީ މަސައްކަތް ކުރަމުން ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. މީގެ އިތުރުން ޔުނައިޓެޑާއި ގަކްޕޯގެ އެޖެންޓާ ދެމެދު މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށާއި، މަޝްވަރާތަކުގެ ނަތީޖާ ރަނގަޅު ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އެކަމާމެދު ގޮތެއް ނިންމުން މިހާރު އޮތީ ޔުނައިޓެޑުގެ އަތް މަތީގައި ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. ހަމައެއާއެކު ގަކްޕޯގެ ހޯދުމަށް 55 މިލިއަން ނުވަތަ 60 މިލިއަން ޔޫރޯ ޚަރަދުކުރަން ޖެހޭނެ ކަމަށާއި، އެއީ ކިހާ ފެންވަރެއްގެ އިންވެސްޓަކަށްވާނެތޯ ޔުނައިޓެޑުގެ އެތެރޭގައި މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް ބޭރުގެ ރިޕޯޓުތަކުގައިވެ އެވެ.

ޒުވާން ފޯވާޑް އޭނާގެ ސީނިއާ ކެރިއަރު ފެށީ 2016 ވަނަ އަހަރު އެވެ. އެއަށްފަހު އޭނާގެ މިހާރުގެ ކުލަބް ޕީއެސްވީ އަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ. އެ ކުލަބަށް ބަދަލުވެ އޭނާ ވަނީ މިހާތަނަށް ކުޅެދިން 159 މެޗުގައި 55 ލަނޑު ވެސް ޖާހަފަ އެވެ. އެ ކުލަބާއެކު ހަތަރު ތައްޓެއް ކާމިޔާބުކޮށްފައިވާ ގަކްޕޯ އަަށް ނެދަލެންޑްސް ޤައުމީ ޓީމުން ޖާގަ ލިބުނީ މިދިޔަ އަހަރު އެވެ.

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ޓީސީ އަށް ތާރީހު ބަދަލުކޮށްލަން ރަނގަޅު ފުރުސަތެއް!

27 ފެބުރުއަރީ 2017
ޓީސީ އަށް ތާރީހު ބަދަލުކޮށްލަން ރަނގަޅު ފުރުސަތެއް!
21 ފެބުރުއަރީ 2017

ކާނަލްގެ ބަދަލުގައި ވީއޭއެމްގެ އެކްސްކޯ އަށް އައްލަ!

21 ފެބުރުއަރީ 2017
ކާނަލްގެ ބަދަލުގައި ވީއޭއެމްގެ އެކްސްކޯ އަށް އައްލަ!
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
01 ފެބުރުއަރީ 2017

ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ

01 ފެބުރުއަރީ 2017
 ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
23 ޖެނުއަރީ 2017

އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

23 ޖެނުއަރީ 2017
އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު