Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

އާޖެންޓީނާގެ އުފާ ފާޅުކުރުމުގައި ސޯލްޓް ބޭއާ ބައިވެރިވެ ތަށީގައި އަތްލި މައްސަލަ ފީފާއިން ތަހުގީގުކުރަނީ

ސޯލްޓް ބޭއާ ތަށީގައި އަތްލުމުގެ ސަބަބުން ސޯޝަލް މީޑިއާގައިވެސް ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ޑިސެމްބަރު 2022 | ހުކުރު 22:59
ވޯލްޑް ކަޕްގެ ތައްޓާއެކު ސޯލްޓް ބޭއާ ނަގާފައިވާ ފޮޓޯއެއް

ވޯލްޑް ކަޕްގެ ތައްޓާއެކު ސޯލްޓް ބޭއާ ނަގާފައިވާ ފޮޓޯއެއް

ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރުމަށްފަހު އާޖެންޓީނާއިން އުފާ ފާޅުކުރުން ކުރިއަށް ގެންދިޔަ ވަގުތުގައި ސޯލްޓް ބޭއާ ދަނޑަށް އަރައި، އެ އުފާ ފާޅުކުރުމުގައި ބައިވެރިވި ގޮތް ފީފާއިން ތަހުގީގުކުރަން ފަށައިފިއެވެ.

ސޯލްޓް ބޭއާއަކީ ތުރުކީއަށް ނިސްބަތްވާ މަޝްހޫރު ޝެފެކެވެ. މުބާރާތުގެ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން އާޖެންޓީނާއިން ފްރާންސް ބަލިކުރި މެޗަށްފަހު އޭނާ ވަނީ ދަނޑަށް އަރައި އުފާ ފާޅު ކުރުމުގައި ބައިވެރިވެފައެވެ. އަދި މުބާރާތުގެ ތައްޓާއެކު އޭނާ ވަނީ ފޮޓޯ ނަގައި، ގިނަ ވަގުތު ހޭދަކޮށްފައެވެ. ސޯލްޓް ބޭއާ ވަނީ މުބާރާތުގެ ތައްޓާއެކު ފޮޓޯ ނެގުމަށްފަހު، ސޯޝަލް މީޑިއާގައިވެސް ހިއްސާކޮށްފައެވެ. ފީފާގެ ގަވާއިދު ބުނާގޮތުން އެއީ މުޅިން މަނާކަމެކެވެ. އެގޮތުން މުބާރާތުގެ ތަށީގައި އަތްލުމުގެ ހުއްދަ އޮންނަނީ މުބާރާތް ކާމިޔާބުކުރާ ކުޅުންތެރިންނާއި، ގައުމުތަކުގެ ވެރިންގެ އިތުރުން، ފީފާގެ ޚާއްސަ ހުއްދައެއް ލިބޭ ފަރާތްތަކަށް އެކަންޏެވެ. އެހެންކަމުން ސޯލްޓް ބޭއާ ތަށީގައި އަތްލުމުގެ ސަބަބުން ސޯޝަލް މީޑިއާގައިވެސް ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.

މިކަމާގުޅިގެން ފީފާގެ ތަރުޖަމާނު ވިދާޅުވީ، ޑިސެެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ކުޅެވުނު ފައިނަލް މެޗަށްފަހު އުފާ ފާޅުުކުރުމުގެ ތެރެއިން ގިނަ ބަޔަކު ފީފާގެ އުސޫލާއި، ގަވާއިދާ ޚިލާފު ކަންތައްތަކެއް ކޮށްފައިވާކަން ފާހަގަކުރެވުނު ކަމަށެވެ. އަދި އެކަންކަމުގެ ތަހުގީގު މިހާރު ފީފާއިން ކުރަމުން އަންނަ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ. ތަރުޖަމާނު ވިދާޅުވީ އެކަންކަމުގެ ފުރިހަމަ ތަހުގީގަށްފަހު ފީފާއިން އެންމެ އެކަށީގެންވާ ފިޔަވަޅުވެސް އަޅާނެކަމަށެވެ.

މިއަހަރުގެ މުބާރާތް އާޖެންޓީނާއިން ކާމިޔާބުކުރީ 36 އަހަރަށްފަހުއެވެ. އެހެންކަމުން މިކަމުގެ އުފާ ފާޅުކުރުމަށް އެ ގައުމުން އަންނަނީ އެކިއެކި ކަންކަން ކުރަމުންނެވެ.

އިތުރަށް ކިޔާލަން

23 މެއި 2017

ރެލިގޭޓްވި ސަންޑަލޭންޑްގެ ކޯޗުކަމުން މޮއިސް އިސްތިއުފާ ދީފި

23 މެއި 2017
ރެލިގޭޓްވި ސަންޑަލޭންޑްގެ ކޯޗުކަމުން މޮއިސް އިސްތިއުފާ ދީފި
30 އެޕްރީލު 2017

ޝެއިޚް ފަހަދް ފީފާ އިން އިސްތިއުފާ ދެއްވައިފި

30 އެޕްރީލު 2017
ޝެއިޚް ފަހަދް ފީފާ އިން އިސްތިއުފާ ދެއްވައިފި
14 އެޕްރީލު 2017

ކުޅުން ވަރަށް ދަށް، ނަމަވެސް ތިން ޕޮއިންޓު ލިބުމުން އެކަމާ އުފާކުރަން: ސޮބާ

14 އެޕްރީލު 2017
ކުޅުން ވަރަށް ދަށް، ނަމަވެސް ތިން ޕޮއިންޓު ލިބުމުން އެކަމާ އުފާކުރަން: ސޮބާ
11 އެޕްރީލު 2017

އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ މަގާމުން ވަކިކޮށްފި

11 އެޕްރީލު 2017
އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ މަގާމުން ވަކިކޮށްފި
08 އެޕްރީލު 2017

ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް

08 އެޕްރީލު 2017
ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް
22 މާރިޗު 2017

ޔޫވީގެ ކާމިޔާބު ކޯޗު އާތީ އިސްތިއުފާ ދީފި

22 މާރިޗު 2017
ޔޫވީގެ ކާމިޔާބު ކޯޗު އާތީ އިސްތިއުފާ ދީފި
12 މާރިޗު 2017

މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު

12 މާރިޗު 2017
މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު
08 މާރިޗު 2017

އާސެނަލްގެ ސަޕޯޓަރުން ވެންގާގެ އިސްތިއުފާއަށް ގޮވާލައިފި

08 މާރިޗު 2017
އާސެނަލްގެ ސަޕޯޓަރުން ވެންގާގެ އިސްތިއުފާއަށް ގޮވާލައިފި
25 ފެބުރުއަރީ 2017

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ
07 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

07 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު