Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

ބައްސާމްގެ ޓީމުގައި މެމްބަރު ހުސައިން އިސްދައުރެއް އަދާކުރެއްވި

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 7 ޖެނުއަރީ 2017 | ހޮނިހިރު 00:33
އެފްއޭއެމްގެ އިންތިހާބުގެ ތެރެއިން

އެފްއޭއެމްގެ އިންތިހާބުގެ ތެރެއިން

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ނައިބު ރައީސް ކަމުގެ މަގާމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް އިސްތިއުފާ ދެއްވައިފި އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި އެ އެސޯސިއޭޝަންގެ އިންތިހާބު ކާމިޔާބުކުރެއްވި އިރު، ބައްސާމްގެ ޓީމުގައި އިސްދައުރެއް އަދާކުރެއްވި މެންބަރުންގެ ތެރޭގައި ހުސައިން ހިމެނިވަޑައިގެންނަވަ އެވެ.

އިންތިހާބުގެ ކުރިން ބައްސާމްގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިހާބު ކާމިޔާބުވުމުން އެ ޓީމުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ މެންބަރުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ. އިންތިހާބު ކާމިޔާބު ކުރެއްވި ބައްސާމްގެ ޓީމުގައި ސިޔާސީ ފަރާތްތަކުގެ ގޮތުގައި ސިފަނުވަނީ އެންމެ ދެ ބޭފުޅުންނެވެ. އެއީ ބައްސާމާއި އޭނާގެ ނައިބު ރައީސާ އައިޝަތު ނާޒިމާ އެވެ.

ބައްސާމްގެ އެކްސްކޯގައި މެންބަރުންގެ ގޮތުގައި ތިއްބެވީ މޯލްޑިވްސް ގޭސް ސޭލްސް މެނޭޖަރު މުހައްމަދު ޝިފާއު އާއި، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބުދުﷲ އަހުމަދާއި މަޑަވެލީ ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދާއި ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ އާއި ފުވައްމުލަކު މެމްބަރު އަލީ ޝާހު އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ އެވެ.

ނޮވެމްބަރު މަހު ބޭއްވި އެފްއޭއެމްގެ އިންތިހާބު ބައްސާމް ކާމިޔާބު ކުރެއްވީ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިގް (ޓޮމް)އާ ވާދަކޮށެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2017

ސަރަހައްދީ ފެންވަރުގެ ފުޓްބޯލް ޓްރެއިނިންގ ސްކޫލެއް ގާއިމު ކުރާނަން: ރައީސް ޔާމިން

16 މާރިޗު 2017
ސަރަހައްދީ ފެންވަރުގެ ފުޓްބޯލް ޓްރެއިނިންގ ސްކޫލެއް ގާއިމު ކުރާނަން: ރައީސް ޔާމިން
15 މާރިޗު 2017

އައިސީސީގެ ޗެއާމަން ކުއްލިގޮތަކަށް އިސްތިޢުފާ ދެއްވައިފި

15 މާރިޗު 2017
އައިސީސީގެ ޗެއާމަން ކުއްލިގޮތަކަށް އިސްތިޢުފާ ދެއްވައިފި
08 މާރިޗު 2017

އާސެނަލްގެ ސަޕޯޓަރުން ވެންގާގެ އިސްތިއުފާއަށް ގޮވާލައިފި

08 މާރިޗު 2017
އާސެނަލްގެ ސަޕޯޓަރުން ވެންގާގެ އިސްތިއުފާއަށް ގޮވާލައިފި
25 ފެބުރުއަރީ 2017

އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

25 ފެބުރުއަރީ 2017
އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި
13 ފެބުރުއަރީ 2017

އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް

13 ފެބުރުއަރީ 2017
އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު