Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ފަލަސްތީން

ފަލަސްޠީނުގައި އޮތް ހަމައެކަނި ކަމަކީ ލޭއޮހުރުވުން ކަމުގައި ހީވަނަމަ، ތިޔަ ކުރެވެނީ ކުށް ހީއެއް!

އިޒްރޭލުން ވަކާލާތު ކުރާ ގޮތުގައި އިރުމަތީ ޤުދުސްގެ ފުރިހަމަ މިލްކުވެރިންނަކީ އެބައި މީހުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 23 ޑިސެމްބަރު 2022 | ހުކުރު 13:24
ފަލަސްތީނުގެ ކެއިންބުއިމުގެ އާދަތައް

ފަލަސްތީނުގެ ކެއިންބުއިމުގެ އާދަތައް

ފަލަސްޠީނޭ ބުނުމުން ތާ އަބަދުމެ ހަނގުރާމައާއި މާޔޫސްކަމާއި ހިތްދަތިކަން ސިފަ ކުރެވުނު ކަމުގައި ވީ ނަމަވެސް، އެއީ އަދި މުޅިން ފުރިހަމަ ތަސްވީރެއް ނޫނެވެ. ފަލަސްޠީނުގައިވެސް މުއްސަނދި ޘަޤާފަތަކާއި އާދަތަކެއް އެބަ އޮތެވެ. އެ ކަންކަން ތަޖުރިބާ ކުރުމަށް އެދިގެން، ފަލަސްޠީނަށް ދަތުރު ކުރާ މީހުންވެސް އުޅެއެވެ. އެގޮތުން، ފަލަސްޠީނަށް ދަތުރު ކުރާ މެހެމާނުންނަށް، ފަލަސްޠީނުގެ ރަހަތައް ދައްކާލުމުގެ މަސައްކަތުގައި އެންމެ އިސްކޮށް އުޅޭ އެކަކީ، ޝެފް އިއްޒަލްދީން ބުޚާރީއެވެ.

ޤުދުސްގައި އެންމެ އާޘާރުތައް ގިނަ، އޯލްޑް ސިޓީއޭ ކިއުނު ސަރަޙައްދުގައި އަބޫ ޝުކްރީ ހިންގާ ހަމަސް ރެސްޓޯރަންޓްގައި، ފަތުރުވެރިންނަށް ހެނދުނުގެ ނާސްތާގެ ކަންކަން ހަމަޖައްސާދިނުމުގައި ބުޚާރީ އަވަދިނެތި އުޅެނީ، ހުރިހާ ގޮތަކުންވެސް އެންމެ ފުރިހަމަ ރަހަތަކެއް، ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ އަޒުމުގައެވެ. އެ ރެސްޓޯރަންޓްގައި އެންމެ ހިނގާ އެއް ޑިޝްއަކީ މެދުއިރުމަތީގެ ގިނަ މަންޒިލްތަކަކަށް މަޝްހޫރު ހަމަސް އެވެ. އެއީ ބޮޑު ސަނާމުގާއި، ޓަހީނީ އަދި ލުނބޯހުތް ބޭނުންކޮށްގެން ތައްޔާރު ކުރާ، އަނގަޔަށް މީރު ޕޭސްޓުގަނޑެކެވެ. ހަމަސް އަކީ ފަލަސްޠީނުގެ އެއްޗެއްތޯ ނުވަތަ ފަލަސްޠީނަށް ވެރިވެގަނެގެން އުޅޭ ޔަހޫދީންގެ އެއްޗެއްތޯ ކުރެވޭ ބަހުސަކީވެސް ހޫނު ބަހުސެކެވެ.

ބުޚާރީ ހާއްސަ ވަނީ ހަމައެކަނި ކެއްކުމަކަށް ނޫނެވެ. ފަލަސްޠީނަށް ޒިޔާރަތް ކުރާ ފަތުރުވެރިން ގޮވައިގެން މަގުތަކުގައި ހިނގާ، އެތައް ސަތޭކަ އަހަރެއްވީ ފަލަސްޠީނުގެ ތާރީޚާ ގުޅިފައިވާ ތަންތަނުގެ މައުލޫމާތު ހިއްސާ ކުރެއެވެ. އެތައް ހާސް އަހަރެއްވީ ރެސިޕީތަކުގެ ވާހަކަތައް އެމީހުންނަށް ކިޔައިދެއެވެ.

އިޒްރޭލުގެ ފިއްތުންތަކާއި ދާޚީލީ ދެބަސްވުންތަކާއި އަވަށްޓެރި ފިއްތުންތަކުގެ ސަބަބުން، ތާއަބަދުމެހެން ހާސްކަމެއްގައި ދިރިއުޅެން ޖެހިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް، ކޭމަކީ އެމީހުންގެ ޘަޤާފަތުގެ މުހިންމު ބައެކެވެ. ފަލަސްޠީނުގެ ވާހަކަ އިތުރު މީހަކަށް ކިޔައިދޭން ފަށައިގަންނަ މައިގަނޑު މައުލޫއަކަށްވެސް ވެފައި އޮންނަނީ ފަލަސްޠީނުގެ ކޭމުގެ ވާހަކައެވެ.

ބުޚާރީ ސިފަ ކުރާ ގޮތުގައި، ޕިއްޒާ ފުއްގަނޑު ކަހަލަ ފުއްގަނޑެއްގައި ތައްޔާރު ކުރާ ކީސް ނުވަތަ ކްރާސް ބީދްއަކީ ހަމަ އެކަނި ކޭމެއް ނޫނެވެ. އެއީ އިޖުތިމާޢީ ބަދަހި ގުޅުންތަކުގެ ރަމްޒެކެވެ.

އިރުމަތީ ޤުދުސްގައި ދިރިއުޅެމުންދާ ފަލަސްޠީނުގެ 340000 އަށް ވުރެ ގިނަ ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ އަތުގައި އިޒްރޭލުގެ ރަށްވެހިކަމުގެ ހުއްދަ ނުވަތަ ރެސިޑަންސީ ޕަރމިޓް އޮވެއެވެ. ނަމަވެސް، އިޒްރޭލުގެ ރަށްވެހިކަން އޮންނަނީ މަދު ބައެއްގެ އަތުގައެވެ. އިޒްރޭލުން ވަކާލާތު ކުރާ ގޮތުގައި އިރުމަތީ ޤުދުސްގެ ފުރިހަމަ މިލްކުވެރިންނަކީ އެބައި މީހުންނެވެ.

އިރުމަތީ ޤުދުސްއަށް އިޒްރޭލުން ވެރިވެގަތީ 1967 ވަނަ އަހަރުއެވެ. އޭގެ ފަހުން އިތުރު ބިންތައް ހިޞާރު ކުރަމުންދާ ދިއުމަށް، ބައިނަލްއަޤުވާމީ މުޖުތަމަޢުން މަރުޙަބާ ކިއާފައެއް ނުވެއެވެ. ނަމަވެސް، އެކަން ހުއްޓުވުމަށްވެސް އެދެވޭ މަސައްކަތްތަކެއް ކޮށްފައެއް ނުވެއެވެ.

އިޒްރޭލުގެ ޔަހޫދީންނާއި ފަލަސްޠީނުގެ މުސްލިމުންނާ ދެމެދު ސިލްސިލާ ގޮތެއްގައި ކުރިމަތިލުންތައް ހިންގާ، ހަމަނުޖެހުންތައް ބަންޑުންވެގެންދާ އެއް ސަރަޙައްދަކީ އަލް-އަޤްޞާ މިސްކިތެވެ.

މުއްސަނދި ތާރީޚެއް އޮތް ފަލަސްޠީނުގެ ވާހަކަތައް، ބުޚާރީ ތަފްސީލުކޮށްދެމުން ދާއިރު، ފަލަސްޠީނުގެ ކެއިންބުއިމުގެ އާދަކާދައަށް އައި ބަދަލުތަކުގެ ވާހަކަވެސް އޭނާ ކިޔައިދެއެވެ.

ސިޔާސީ ބަހުސްތަކުން ނުތަނަވަސްކަން ވެރިވެފައިވާ ސުފުރާތަކަށް، ބުޚާރީގެ ވާހަކަތަކުން ލުއިކަން ގެނެސްދެއެވެ. ފަލަސްޠީނުގައި އޮތް ހަމައެކަނި ކަމަކީ ލޭއޮހުރުވުން ކަމަށް ހީވެފައި ތިބި އެތައް ބައެއްގެ ފިކުރުވެސް ބަދަލުކޮށްލައެވެ. ނަމަވެސް، މިކަން ދެމިގެން ދިއުމަށް ބައިނަލްއަޤުވާމީ އެހީ ބޭނުންވެއެވެ. މިކަމަށްވެސް އިޒްރޭލުން ހުރަސް އަޅާނީ ކޮން އިރަކު، ކިހިނެއް ކަމެއް ނޭނގެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ނިދާފައި އޮތް އަންހެނެއްގެ ކަންފަތައް ވަތް ކުރަތްޕެއް 9 ދުވަސް ފަހުން ނަގައިފި

ނިދާފައި އޮތް އަންހެނެއްގެ ކަންފަތައް ވަތް ކުރަތްޕެއް 9 ދުވަސް ފަހުން ނަގައިފި

07 މެއި 2018
ބަންސާލީގެ ކުރިއަށް އޮތް ފިލްމަށް ރިތިކް ރޯޝަން؟

ބަންސާލީގެ ކުރިއަށް އޮތް ފިލްމަށް ރިތިކް ރޯޝަން؟

19 އެޕްރީލު 2018
އައިޝްވަރިޔާގެ ކުރިއަށްއޮތް ފިލްމުން ފެނިގެންދާނީ ޑަބަލް ރޯލުން

އައިޝްވަރިޔާގެ ކުރިއަށްއޮތް ފިލްމުން ފެނިގެންދާނީ ޑަބަލް ރޯލުން

28 ޑިސެމްބަރު 2017
ޕަދްމަވަތީއަށް އޮތް ތާއީދު ހާމަކުރުމަށް އިންޑިއާގެ ފިލްމް ސެޓުތައް ހުއްޓުމަކަށް!

ޕަދްމަވަތީއަށް އޮތް ތާއީދު ހާމަކުރުމަށް އިންޑިއާގެ ފިލްމް ސެޓުތައް ހުއްޓުމަކަށް!

25 ނޮވެމްބަރު 2017
އިންސާނެއްގެ ސިފަޔަށް އޮތް ކަންބަޅިއެއް އުފަންވުމާއެކު ދެކުނު އެފްރިކާ މީހުން ބިރުގަނެއްޖެ!

އިންސާނެއްގެ ސިފަޔަށް އޮތް ކަންބަޅިއެއް އުފަންވުމާއެކު ދެކުނު އެފްރިކާ މީހުން ބިރުގަނެއްޖެ!

23 ޖޫން 2017

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު