Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކާރިސީ ހިރާސް ކުޑަކުރުން

ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރަން މަސައްކަތްކުރަން އެމްއެންޔޫ އާއި އެންޑީއެމްއޭ އިން ފަހުމުނާމާއެއްގައި ސޮއިކޮށްފި

އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަހުމުނާމާގެ ސަބަބުން މަގުފަހިވާނެ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 23 ޑިސެމްބަރު 2022 | ހުކުރު 03:18
ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރަން މަސައްކަތްކުރަން އެމްއެންޔޫ އާއި އެންޑީއެމްއޭ އިން ފަހުމުނާމާއެއްގައި ސޮއިކޮށްފި

ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރަން މަސައްކަތްކުރަން އެމްއެންޔޫ އާއި އެންޑީއެމްއޭ އިން ފަހުމުނާމާއެއްގައި ސޮއިކޮށްފި

ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމަށް ޢާންމު ރައްޔިތުންގެ ހޭލުންތެރިކަމާއި ވިލުންވެރިކަން އިތުރުކުރުމަށް ދިވެހިރާއްޖޭ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ.) އާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ.) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ބުރާސްފަތި ދުވަހު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައި ބޭއްވުނު މި ރަސްމިއްޔާތުގައި ސޮއި ކުރި އެ ފަހުމުނާމާގެ މައިގަނޑު މަޤްޞަދަކީ ކާރިސާގެ ކަންކަން ބެލެހެއްޓުމުގަޔާއި، ކާރިސީ ހިރާސް ކުޑަކުރުމަށް އަދި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމަށް ޢާންމު ރައްޔިތުންގެ ހޭލުންތެރިކަމާއި ވިލުންވެރިކަން އިތުރުކުރުމަށް އެން.ޑީ.އެމް.އޭ. އާއި އެމް.އެން.ޔޫ. އެކުގައި މަސައްކަތް ކުރުން ކަމަށް އެމްއެންޔޫ އިން ވަނީ ބުނެފައެވެ. މީގެ އިތުރުން ދެ ފަރާތުގެ ޤާބިލްކަން ހުރި މިންވަރަކުން ދެ މުއައްސަސާއިން ވެސް އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ވެސް އެ ފަހުމުނާމާގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ގައުމީ ޔުނިވަރސިޓީ އިން ވަނީ ބުނެފައެވެ.

އެގޮތުން ކާރިސާގެ ކަންކަން ބެލެހެއްޓުމާއި ގުޅޭ ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ތަމްރީންތަކާއި ސެމިނަރުތަކާއި ވާކްޝޮޕްތަކުގެ އިތުރުން ކޮންފަރަންސާއި މަހާސިންތާތަކުގައި އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް ފުރުސަތު ދިނުމަށް އިސްކަންދިނުމަށާއި، އެމް.އެން.ޔޫ. އިން ދަސްވެނިވާ ކުދީންގެ ދިރާސާތައް ކަމާގުޅޭ މައުޟޫޢުތަކަށް ތައްޔާރުކުރުމަށް ބާރުއެޅުމަށް އެ ފަހުމުނާމާގެ ދަށުން މަގުފަހިވެގެންދާނެ ކަމަށް އެމްއެންޔޫ އިން ވަނީ ބުނެފައެވެ. ހަމައެހެންމެ ކާރިސާގެ ކަންކަން ބެލެހެއްޓުމާ ގުޅޭ ގޮތުން އާންމު ރައްޔިތުން ހޭލުންތެރިކުރުމަށާއި ވިލުންތެރިކަން އިތުރު ކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް އެހީތެރިވުމުގެ އިތުރުން ކާރިސާ އަދި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުން މި ފަހުމުނާމާގެ މުހިއްމު ބައެއްގެ ގޮތުގައި ހިމަނާފާއިވާނެ ކަމަށް އެމްއެންޔޫ އިން ބުނެއެވެ.

2 އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރެވުނު މި ފަހުމުނާމާގެ ސަބަބުން ކާރިސީ ހިރާސްކުޑަކުރުމަށާއި ވިލުންވެރި މުޖުތަމައެއް ބިނާކުރުމަށް އެން.ޑީ.އެމް.އޭ. އިން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް އެމް.އެން.ޔޫ. އިން ފާހަގަކުރެއެވެ. އަދި އެމް.އެން.ޔޫ. އިން ދަސްވެނިވެގެން މުޖުތަމަޢުއަށް ނުކުންނަ ދަރިވަރުންނަކީ ކާރިސީ ހިރާސް ކުޑަކުރުމަށާއި، ވިލުންވެރިކަން އިތުރުކުރުމަށް ޢަމަލީގޮތުން ފަރުދީ ފެންވެރައްގައި މަސައްކަތް ކުރާ ބައެއް ކަމުގައި ވެގެންދާނެ ކަމަށް ވެސް އެ ޔުނިވަރސިޓީ އިިން ވަނީ ބުނެފައެވެ. މި ފަހުމުނާމާގެ ސަބަބުން، ދިވެހިރާއްޖޭގެ ފެންވަރުގައި ކާރިސީ ހިރާސް ކުޑަކުރުމަށާއި، ކާރިސާތަކަށް ތައްޔާރުވުމާއި އިޖާބަދިނުމާއި، އިޤްތިޞާދީ، އިޖްތިމާޢީ އަދި ތިމާވެއްޓާ ގުޅޭ އައު ހޯދުންތަކާއި ދިރާސަތަކެއް ހެދި، އެ ދާއިރާއަށް ބޭނުންވާ ފަންނުވެރިން އުފެދިގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު