Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަށްރަށުގައި ފެންހިންދައި އާންމު ހާލަތަކަށް ގެނައު

ރަށްރަށުގައި ފެންހިންދައި އާންމު ހާލަތަކަށް ވަނީ ގެނެވިފައި: އެންޑީއެމްއޭ

ހުކުރު ދުވަހު ވެހުނު ވާރޭގައި ފ. ނިލަންދޫ: %80 ގެތަކުގައި ފެންބޮޑުވި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 4 ޖެނުއަރީ 2025 | ހޮނިހިރު 17:38
ރަށެއްގައި ފެން ބޮޑުވެގެން ފެން ހިއްކަނީ

ރަށެއްގައި ފެން ބޮޑުވެގެން ފެން ހިއްކަނީ

ހުކުރު ދުވަހު ކުރި ވިއްސާރައިގައި ރާއްޖޭގެ އެކި ރަށްރަށުގައި ފެންބޮޑުވިނަމަވެސް މިހާރު ފެން ހިންދައި ހުރިހާ ރަށެއްވެސް އާންމު ހާލަތަށް ގެނެވިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓޯ، އެންޑީއެމްއޭއިން ވިދާޅުވެއްޖެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން އެކި ރަށްތަކަށް އެކިވަރުގެ ގެއްލުންވަނީ ލިބިފައެވެ. އެގޮތުން ހުކުރު ދުވަހުގެ ވިއްސާރައިގައި ރ. އިނގުރައިދޫއަށާއި ށ. މަރޮށްޓަށް އުދަ އަރައިގެން އެކި ވަރުގެ ގެއްލުންތައް ލިބިފައިވާކަމަށާއި އަދި އިތުރު ރަށްތަކަށްވެސް އެކި ވަރުގެ ގެއްލުންތައް ލިބިގެން ރިޕޯޓްކޮށްފައިވާކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ.

ހުކުރު ދުވަހު ކުރި ވިއްސާރައިގައި ރަށްތަކަށް ލިބުނު ގެއްލުން ބެލުމަށް އެންޑީއެމްއޭއިން އެސެސްމަންޓް ހަދަމުން އަންނަ ކަމަށް އެ އިދާރާއިން ބުނެފައިވާއިރު، ފެންބޮޑުވެ ގެއްލުންތައް ލިބުނު ރަށްތަކަށްވި އެކިވަރުގެ ގެއްލުންތަކުގެ ތަފްސީލުވެސް އެ އިދާރާއިން ވަނީ ރިޕޯޓުކޮށްފައެވެ.

ފެންބޮޑުވި ރަށްތައް

- ފ. ނިލަންދޫ: %80 ގެތަކުގައި ފެންބޮޑުވި

- ދ. ކުޑަހުވަދޫ: 10 ވަރަކަށް ގެއަށް ގެއްލުން ލިބުނު

- ދ.މީދޫ: 10 ވަރަކަށް ގެއަށް ގެއްލުންވި

- ފ.މަގޫދޫ: 9 ގެއަކަށް ގެއްލުން ލިބި 1 ގެއިން މީހުން ހުސްކުރި

- އދ. މާމިގިލި: 4 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު

-ކ. ގުރައިދޫ: 60 ގެއަށް އެކިވަރުގެ ގެއްލުން ލިބިފައިވޭ.

-ފ.ފީއަލީ: ފެންބޮޑުވެގެން 1 ގެއިން މީހުން ހުސްކޮށްފައިވޭ

ކ.ހިންމަފުށި: %60 ގެތަކުގައި ފެންބޮޑުވެފައިވޭ

އެންޑީއެމްއޭއިން ބުނީ ފެންބޮޑުވި ހުރިހާ ރަށެއްގައިވެސް މިހާރު ފެން ހިންދާފައިވާ ކަމަށެވެ. އަދި ހުސްކުރި ގެތަކުގެ މީހުން އަނބުރާ ގެތަކަށް ބަދަލުވެފައިވާ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

ވާރޭގައި ގެއްލުން ލިބުނު ރަށްތަކުގެ ކައުންސިލްތަކުން ވެސް އަންނަނީ އެ ރަށްރަށުގެ ރައްޔިތުންގެ ހާލަތުގާތުން ބަލަމުންދާކަމަށާއި ލިބުނު ގެއްލުންތަކުގެ މައުލޫމާތު އެއް ކުރަމުންދާ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ރައުދާގެ ކްރައިމް ސީން ވީޑިއޯ އާންމުކޮށްފި

06 އެޕްރީލު 2017
ރައުދާގެ ކްރައިމް ސީން ވީޑިއޯ އާންމުކޮށްފި
05 އެޕްރީލު 2017

އާންމުންގެ ފާޑުކިޔުމަކީ ހަގީގަތެއް ނޫން ކަމަށް މީރާއިން ބުނެފި

05 އެޕްރީލު 2017
އާންމުންގެ ފާޑުކިޔުމަކީ ހަގީގަތެއް ނޫން ކަމަށް މީރާއިން ބުނެފި
04 އެޕްރީލު 2017

ރަށްރަށުގައި ތިބެނީކީ ރައީސް ޔާމީން ވިދާޅުވާފަދަ ގަމާރުންނެއް ނޫން:ހަސަން ލަތީފް

04 އެޕްރީލު 2017
ރަށްރަށުގައި ތިބެނީކީ ރައީސް ޔާމީން ވިދާޅުވާފަދަ ގަމާރުންނެއް ނޫން:ހަސަން ލަތީފް
30 މާރިޗު 2017

އެޗްވަންއެންވަން އާންމު ހާލަތަށް

30 މާރިޗު 2017
އެޗްވަންއެންވަން އާންމު ހާލަތަށް
28 މާރިޗު 2017

އެހެން މެންބަރުންގެ ސިސްޓަމުން ވޯޓް ދިން މައްސަލަ ތަހުގީގު ކުރުމަށް ވީޑިއޯ ފުޓޭޖް އާންމު ކުރާނަން: މަޖިލީހުގެ ނައިބު ރައީސް

28 މާރިޗު 2017
އެހެން މެންބަރުންގެ ސިސްޓަމުން ވޯޓް ދިން މައްސަލަ ތަހުގީގު ކުރުމަށް ވީޑިއޯ ފުޓޭޖް އާންމު ކުރާނަން: މަޖިލީހުގެ ނައިބު ރައީސް
13 މާރިޗު 2017

ބިރުގަންނަންޖެހޭ ހާލަތަކަށް ނުދޭ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވީ: އެޗްޕީއޭ

13 މާރިޗު 2017
ބިރުގަންނަންޖެހޭ ހާލަތަކަށް ނުދޭ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވީ: އެޗްޕީއޭ
09 މާރިޗު 2017

އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

09 މާރިޗު 2017
އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި
25 ފެބުރުއަރީ 2017

ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

25 ފެބުރުއަރީ 2017
ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި
21 ފެބުރުއަރީ 2017

ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!

21 ފެބުރުއަރީ 2017
ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު