Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލޭގައި ފެންބޮޑުވި ހާދިސާއާއި ގުޅިގެން ލިބުނު ގެއ

މާލޭގައި ފެންބޮޑުވި ހާދިސާއާއި ގުޅިގެން ލިބުނު ގެއްލުން 2.2 މިލިއަން ރުފިޔާއަށް އަރައިފި

9 ޖެނުއަރީ 2025 | ބުރާސްފަތި 10:35

ހުކުރު ދުވަހުގެ 00:00 އިން ހޮނިހިރު ދުވަހުގެ 00:00އާ ހަމައަށް 161.9 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 9 ޖެނުއަރީ 2025 | ބުރާސްފަތި 10:35
ހުކުރު ދުވަހު މާލެއަށް ވެހުނު ވާރޭގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެފައި

ހުކުރު ދުވަހު މާލެއަށް ވެހުނު ވާރޭގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެފައި

މިދިޔަ ހުކުރު ދުވަހު މުޅި ރާއްޖެއަށް ކުރި ވިއްސާރާގައި މާލޭގައި ފެންބޮޑުވެ، މީހުން ދިރިއުޅޭ ގެތަކަށް ލިބުނު ގެއްލުން 2.2 މިލިއަން ރުފިޔާއަށް އަރާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.

އެންޑީއެމްއޭއިން އެހެން ބުނެފައިވަނީ ހުކުރު ދުވަހުގެ ވިއްސާރައާ ގުޅޭ އެންމެ ފަހުގެ އަދާހަމަތައް ހާމަކޮށެވެ.

Advertisement - newsAdvertisement

އެންޑީއެމްއޭއިން ބުނި ގޮތުގައި އަތޮޅުތެރޭގެ ރަށްތަކުގައި މީހުން ދިރިއުޅޭ ތަންތަނަށް ލިބުނު ގެއްލުން އަށް ލައްކައަށް އަރައެވެ.

ހުކުރު ދުވަހުގެ 00:00 އިން ހޮނިހިރު ދުވަހުގެ 00:00އާ ހަމައަށް 161.9 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. މިއީ 24 ގަޑިއިރު ތެރޭގައި މާލެއަށް އެހާ ބޯކޮށް ވާރޭ ވެހުމުގެ ރިކޯޑު އަދަދެއް ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ. ހަމައެއާއެކު ހުކުރު ދުވަހުގެ 15:00އިން 18:00އާ ހަމައަށް ތިން ގަޑިއިރު ތެރޭގައި 109.8 މިލިމީޓަރުގެ ވާރޭ ވަނީ މާލެއަށް ވެހިފައެވެ. އެންޑީއެމްއޭއިން ބުނީ މިއީ ތިން ގަޑިއިރު ތެރޭގައި މާލެއަށް އެހާ ބޯކޮށް ވާރޭ ވެހުމުގެ ރެކޯޑެއް ކަމަށެވެ.

މާލޭގައި ފެންބޮޑުވުމުގެ ހާދިސާއަށް އިޖާބަދިނުމުގެ ގޮތުން އެންޑީއެމްއޭއިން ވަނީ މާލޭ ސިޓީ ކައުންސިލަށް 20،000 ގޯނި، ވެލިބަސްތާ ޖެހުމަށް ފޯރުކޮށްދީފައެވެ. އެ ހާދިސާގައި އެހީތެރިކަމަށް އެދި 740 ތަނަކުން ރިޕޯޓުކުރިއިރު، އޭގެ ތެރޭގައި ގޭގެއާއި އެކިއެކި ވިޔަފާރިތަކާއި، ސްކޫލްތަކާއި، ގުދަންތައް ހިމެނޭ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

މީގެ އިތުރުން، ހުކުރު ދުވަހުގެ ރޭ ކައްކައި ކައިބޮއެ ހެދުމަށާއި ނިދުމަށް އަދި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ހުރަސްއެޅިގެން 53 ގެއެއް ވަނީ އެންޑީއެމްއޭއަށް ރިޕޯޓުކޮށްފައެވެ. އެހެންކަމުން ގެތަކުގެ ރެޕިޑް އެސެސްމަންޓް ހަދައި އާންމު ދިރިއުޅުމަށް ދަތިވި 27 ގޭބީސީގެ 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން އެ އޮތޯރިޓީން ވަނީ ފޯރުކޮށްދީފައެވެ. ހަމައެއާއެކު އެންޑީއެމްއޭއިން ވަނީ ފެންބޮޑުވުމާ ގުޅިގެން ހިފާގެންގުޅޭ ތަކެއްޗާއި އިމާރާތަށް އެކިވަރުގެ ގެއްލުން ލިބިގެން 115 ގެއެއްގެ އެސެސްމަންޓް މިހާތަނަށް ހަދައިފައެވެ.

އެންޑީއެމްއޭއިން ބުނީ، ހުކުރު ދުވަހުގެ ވިއްސާރައިގައި އަތޮޅު ތެރެއިން ދެ ރަށަކަށް އުދަ އަރައިގެން ރިޕޯޓުކުރިއެވެ. އެއީ ރ. އިނގުރައިދޫއާއި ށ. ނަރުދޫންނެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން އަށް ރަށަކުން ވަނީ ރިޕޯޓުކޮށްފައެވެ. މީގެ ތެރެއިން ހަތަރު ރަށެއްގެ 73 ގެއަކަށް އެކިވަރުގެ ގެއްލުންވެގެން އެ އޮތޯރިޓީއަށް ވަނީ ހުށަހަޅާފައެވެ.

އެންޑީއެމްއޭއިން ބުނީ ފެންބޮޑުވުމުގެ އޮޕަރޭޝަނަށް 61،500 ރުފިޔާ ވަނީ ޚަރަދުވެފައެވެ. ރިލީފްގެ ގޮތުގައި ހާލުގައި ޖެހުނު ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަމާއި، ކެއުން ބުއިމަށް ދެލައްކަ ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

އެ އޮތޯރިޓީން ބުނި ގޮތުގައި މިއީ މާލެއަށް ބޯކޮށް ވާރޭ ވެހިގެން މިހާތަނަށް ހިންގުނު އެންމެ ބޮޑު އޮޕަރޭޝަނެވެ. އަދި މިއީ އެންމެ ބޮޑަށް ގެއްލުންވެ، އެންމެ ގިނައިން މީހުން ރައްކާތެރި ތަންތަނަށް ބަދަލުކުރަންޖެހުނު ފަހަރު ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

ހުކުރު ދުވަހާއި އެދުވަހުގެ ރޭގައި ހުއްޓާނުލައި ވާރޭވެހި ފެންބޮޑުވި ހާދިސާގައި، މާލެއާއި އަތޮޅުތަކުން ގެއްލުން ލިބުނު ގެތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ވެސް އެ އޮތޯރިތީން ބުނެވައިވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް