Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފިހާރަތެރެއަށް ފެން ވަންނާތީ އެހީތެރިކަމަށް އެދުން

ފިހާރަތެރެއަށް ފެންވަންނާތީ އެހީތެރިކަމަށް އެދުނުތާ ތިންގަނޑިއިރުވި އިރުވެސް އެހީތެރިކަމެއް ނުލިބުނު

ފެންގަނޑު ފިހާރައިގެ ތެރެއަށް ވަދެ، ގޮތް ހުސްވެގެން ދެކޮޅަށް ދުވިއިރުވެސް ފުލުހުންގެ އެހީތެރިކަމެއް ނުލިބުނު

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 5 ޖެނުއަރީ 2025 | އާދީއްތަ 04:17
ފެންބޮޑުވެ، ފިހާރައިގެ ތެރެއަށް ފެންވަތް ގޮތް ނަސީރުބެ ކިޔައިދެނީ. ފޮޓޯ: ރާއްޖެއެމްވީ

ފެންބޮޑުވެ، ފިހާރައިގެ ތެރެއަށް ފެންވަތް ގޮތް ނަސީރުބެ ކިޔައިދެނީ. ފޮޓޯ: ރާއްޖެއެމްވީ

ހުކުރު ދުވާއި، އެ ރޭ ހުއްޓުމެއް ނެތި މާލެއަށް ވާރޭވެހި ހެދުނު ބޮޑު ފެންގަނޑުގެ ސަބަބުން ގިނަ އަދަދެއްގެ ގެތަކަށާއި ފިހާރަތަކަށް ފެން ވަދެ ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. ޚާއްސަކޮށް މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ބައެއް ފިހާރަތަކަށް ފެން ވަދެ، އެތަންތަނުގައި ހުރި މުދަލަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

ހުކުރު ދުވަހާއު އެ ރޭ ވެހުނު ބޯ ވާރޭގެ ސަބަބުން މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ، ގޭގެއާއި ފިހާރަތަކަށް ފެން ވަދެ، ލިބުނު ގެއްލުންތަކުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ވަނީ "ރާއްޖެ ޓީވީ" އާއި ހިއްސާކޮށްފައެވެ.

Advertisement - newsAdvertisement

އެގޮތުން ފެންވަދެ، މުދަލާއި ތަކެއްޗަށް އެންމެ ބޮޑަށް ގެއްލުން ލިބުނުކަމަށް ބެލެވުނު ފިހާރައިގެ ވެރިފަރާތް ކަމުގައިވާ "ނަސީރުބެ" (އާންމުކޮށް ކިޔައި އުޅޭނަން) ބުނީ، އޭނާގެ ފިހާރަތެރެއަށް އެއްކޮށް ފެންގަނޑު ވަދެ، އެތަނުގައި ހުރި ހުރިހާތަކެއްޗެއް ވެސް ވަނީ ތެމި ފޯވެފައި ކަމަށާއި އެ ފިހާރައަކީ ގިނަ، އަގުބޮޑު މުދާތަކެއް ވައްދާފައި އޮތް ފިހާރައެއްކަމަށެވެ.

ނަސީރުބެ ބުނީ އެ ފިހާރައިގެ ހިނޯޅިވެސް ހަދާފައި ހުންނާނީ އެހެން އާދައިގެ ވަރަަކަށް ވެހޭ ވާރޭއަކުން ފިހާރަ ތެރެއަށް ފެން ނުވަދެވޭ ވަރަށް އުސްކޮށް ކަމަށާއި ނަމަވެސް ހުކުރު ދުވަހާއި، އެރޭ ވެހުނު އާދަޔާއި ޚިލާފަށް ވެހުނު ބޯ ވާރޭގެ ސަބަބުން ފެންގަނޑު ބޮޑުވެ، ފިހާރަތެރެއަށް ފެން ވަނީ ކަމަށެވެ. އޭނާ ބުނީ ބޮޑަށް އެ ފިހާރައިގެ ތެރެއަށް ފެންގަނޑު ވަނީ މަގުތަކުން ރާސްލާފައި ދުއްވި އެއްޗިހި (ކާރާއި، ސައިކަލް) ތަކުގެ ސަބަބުން ކަމަށާއި އެ އެއްޗެހިތައް ދުއްވީމަ އުފެދިގެން އަންނަ ފެނުގެ ބޮޑު ރާޅު އައިސް ވަންނަނީ ފިހާރައިގެ ތެރެއަށް ކަމަށެވެ.

ނަސީރުބެ ބުނީ އެމަގުން ރާސްލާފައި ދުއްވަމުން ދިޔަ ކާރާއި ސައިކަލްތައް މަތަކުރަން ޖެހުނީ "ދަނޑިބުރި" ހިފައިގެން ނުކުމެ ކަމަށެވެ. އަދި ދަނޑިބުރި ހިފައިގެން ނުކުމެ، އެ ތަކެތި ދުއްވާފަރާތްތަކަށް އެގޮތަށް ރާސްލާފައި ނުދުއްވުމަށް ނަސޭހަތްރިވި ކަމަށް ވެސް އޭނާ ބުންޏެވެ.

ނަސީރުބެ ބުނީ އެ ފެންބޮޑުވެގެން ފިހާރައިގެ ތެރެއަށް ފެންގަނޑު ވަދެ، ހަދާނެ ނުހަދާނެ ގޮތެއް ނޭންގިގެން އުޅުނު އިރުވެސް ފުލުހުންގެ އެއްވެސް ބޭފުޅަކު އެތަނަށް ނާންނަ ކަމަށާއި އެމީހުންގެ ފަރާތުން އެއްވެސް އެހީތެރިކަމެއް އެވަގުތު ނުލިބުނު ކަމަށެވެ. އަދި އެވަގުތު ވަރަށް ދެރަވި ކަމަށާއި އެހީތެރިކަމެއް ލިބުނީ މަގުން އެވަގުތު ހިނގާފައި ދިޔަ ދެމީހެއްގެ ފަރާތުން ކަމަށާއި އަދި އެމީހާގެ އެހީތެރިކަމާއި އެކު ފިހާރައަށް އިތުރަށް ފެން ވަނުން މަދުކުރެވުނު ކަމަށް ވެސް ނާސީރުބެ ބުންޏެވެ.

ނަސީރުބެ ބުނީ ފުލުހުންނަކީ މިފަދަ ހާދިސާތައް ނުވަތަ ކާރިސާތައް ދިމާވާ ހިނދު އާންމު ރައްޔިތުުންނަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ޚިދުމަތުގައި ތިބޭ ބައެއް ކަމަށާއި ނަމަވެސް ތަކުރާރުކޮށް އެހީތެރިކަމަށް އެދުމުން ވެސް ފުލުހުންގެ ފަރާތުން އެއްވެސް އެހީތެރިކަމެއް އެވަގުތު ނުލިބުނުކަމަށެވެ. އޭނާ ބުނީ ފިހާރައަށް ފެންވަންނަ ވަރުން ކަންބޮޑުވެ، ހަދާނެ ގޮތް ހުސްވެ، އިރު އޮއްސުނީއްސުރެ، ފުލުހުންގެ އެހިތެރިކަމެއް ލިބޭތޯ އާދޭސްކުރިން ކަމަށާއި އެގޮތުން ފުލުހުންގެ ކިދުމަތަށް އެ ބުނާ "119" އަށް ވެސް ތަކުރާރުކޮށް އެތަކެއް ފަހަރު ގުޅިންކަމަށެވެ.

ނަސީރުބެ ބުނީ ފެން ވަންނަމުން ދިޔަ ފިހާރަ ދޮރުމައްޗަށް ޖަހާލާނެ ވެލި ބަސްތާއެއް ވެސް ލިބުނީ ފުލުހުންގެ އެހީތެރިކަމަށް އެދިއެދި، 119 އަށް އެތައް ފަހަރަކު ގުޅާ އާދޭސްކުރިތާ، ތިން ގަނޑިއިރު ފާއިރުވިފަހުންކަމަށެވެ. އަދި 119 އަށް ގުޅާ ކޮންމެ ފަހަރަކުވެސް "މިދަނީ" "މިއަންނަނީ" ނޫން އެއްޗެއް ނުބުނާ ކަމަށާއި، ތިން ގަނޑިއިރު ވެގެން ދިޔައިރުވެސް ފުލުހުންގެ ބަހަކަށް ވީ ހަމަ" މިއަންނަނީ' :މިދަނީ" ކަމަށް ނަސީރުބެ ބުންޏެވެ.

އޭނާ އިތުރަށް ބުނީ ހުކުރު ދުވަހު ވެހުނު ބޯވާރެއާއި އެކު މަގުތައް ފެންބޮޑުވެ، ހިސާބުގަނޑު ފިހާރަތަކަށް ވެސް ފެން ވަންނަމުން ދިޔައިރު، ވަންނަމުން ދިޔަ ފެން ބަންދުކޮށްލަން ވެލި ބަސްތާއެއްގެ ހިސާބުވެސް ނުލިބިގެން ގިނަ ފިހާރަތަކުން އުޅުނު ކަމަށެވެ.

ނަސީރުބެ ބުނީ އެރޭ ދަންވަރު 12 ޖަހަންދެން ވެސް އަވަދިނެތި މަސައްކަތް ކުރީ ފިހާރައިގައި ހުރި މުދާތައް ސަލާމަތް ކުރެވޭތޯ ކަމަށެވެ. އެގޮތުން އެ ފިހާރައަކީ ރަނާއި ރިހީގެ ތަކެތި ވިއްކާ ތަނެއް ކަމަށް ވުމުން އެތަނުން ހަލާކުވާ ނުވަތަ ގެއްލުންވާ އެއްޗެއްގެ އަގު އެތަކެއް ހާސް ރުފިޔާއަށް އަރާނޭ ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން ވެސް އިތުރު ފަރާތަކުން ވަނީ އެ މީހުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އެގޮތުން ހުކުރުދުވަހާއި އެ ރޭ ހުއްޓުމެއް ނެތި މާލެއަށް ވާރޭވެހި ހެދުނު ފެންގަނޑުގެ ސަބަބުން މާފަންނުގެ ގިނަ ގެތަކަށާއި ފިހާރަތަކަށް ފެން ވަދެ ވަމުންދިޔަ ގެއްލުންތަކުން ސަލާމަތްކުރަން ރަސްފަންނު މޫދަށް ކޯރެއް ކަނޑާލި ގޮތުގެ ވާހަކަ އެ މަސައްކަތުގައި އިސްވެ އުޅުނު ރިލްވާން ލަތީފު ވަނީ ކިޔައިދީފި އެވެ.

އެގޮތުން އެވަގުތު މާފަންނު ސަހަރާއިން ފެށިގެން ހުޅަނގަށް މަޖީދީ މަގުގައި ހެދިފައި އޮތް ފެންގަނޑު ފެންނަ ވީޑިއޯއެއް ރިލްވާނު ވަނީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ހިއްސާކުރި އެވެ. އަދި އިދާރާތަކުން ޖަވާބެއް ނުލިބުމުން ފެންގަނޑު ހިންދާނެ ގޮތެއް ނެތި ރަސްފަންނު ކައިރި ހުރި ފާރެއް ތަޅާލާ މޫދަށް ކޯރެއް ކޮނެފައިވާ ކަމަށް އޭނާ ލިޔެފައިވެ އެވެ.

އެ ވާހަކަ ބައެއް ނޫސްތަކުން ވެސް އެ ވާހަތަށް ރިޕޯޓުކުރި އެވެ. ނަމަވެސް ,ސަރުކާރުގެ ބައެއް އިސް މަގާމުތަކުގައި ތިބި އޮފިޝަލުން ވަނީ އެކަން ކުރީ އާންމުން ނޫން ކަމަށާއި އެ މަސައްކަތުގައި ހަރަކާތްތެރިވީ ފެން ކުންފުނީގެ މުވައްޒަފުން ކަމަށް ބުނެފަ އެވެ. އެއާއެކު ބައެއް ނޫސްތަކުން ވަނީ ހަބަރުތަކުގެ ސުރުހީ ވެސް ބަދަލުކޮށްފަ އެވެ.

ނަމަވެސް، ކޯރު ކެނޑި ކަންތަކާއި ގުޅޭގޮތުން "ރާއްޖެ ޓީވީ" އާއި ވާހަކަ ދައްކަމުން ރިލްވާން ބުނީ އެވަގުތު ކޯރު ކެނޑުމަށް މަރުތެޔޮ ހޯދީ އެ ހިސާބުގަނޑުގައި ހުރި ފިހާރައަކުން ކަމަށާއި އަދި އެ މަރުތެޔޮ ހިފައިގެން ގޮސް އެތާކައިރި ހުރި ރޭ،މްޕެއް ގޮތަށް ހުރި ތަނެއް ތަޅާޅިކަމަށް އޭނާ ބުންޏެވެ. އަދި އެ ތަޅާލި ތަނުން ފެނގަނޑު ދެމިގެން ދިޔައީކަމަށް ވެސް އޭނާ ބުންޏެވެ.

ރިލްވާން ބުނީ އެ މަސައްކަތުގައި އެ ސަރަހައްދުގައި ކުރީ ގިނަ އާންމުރައްޔިތުން ބައިވެރިވެގެން ކަމަށާއި އެކަން ކުރީ އާންމުން ނޫން ކަމަށް ސަރުކާރުގެ ވެރިން ބުނަން އުޅޭ ސަބަބެއް ނުވިސްނޭ ކަމަށެވެ.

މީގެ އިތުރުން ރިލްވާން ބުނީ އެ ހުރިހާކަމެއް ކުރިއިރުވެސް ކަމާގުޅުން ހުރި އެއްވެސް އިދާރާއެއްގެ އެއްވެސް އެހީތެރިކަމެއް ނުލިބޭ ކަމަށާއި އޭގެ އެއްވެސް ފަރާތެއް އެ ސަރަހައްދަށްވެސް ނާން ކަމަށެވެ.

ހުކުރު ދުވަހު މާލޭގައި ފެން ބޮޑުވުމުގެ ސަބަބުން ދިރިއުޅެން އުނދަގޫވި ހާލަތަށް ދިޔަ 36 ގޭބިސީއެއްގެ 226 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި، ކެއިންބުއިން ފޯރުކޮށްދީފައިވާ ކަަމަށް ނެޝަނަލް ޑިޒާސްޓަ މެނޭޖްމެންޓު ސެންޓަރުން ބުނެފައިވެ އެވެ.

އެ ސެންޓަރުން ބުނީ ފެން ބޮޑުވުމުގެ ސަބަބުން އެހީތެރިކަމަށް އެދި 774 ތަނަކުން ރިޕޯޓުކުރި ކަމަށާއި އޭގެ ތެރެއިން 554 ފަރާތުން އެދުނީ ފެން ވަނުން މައިތިރިކުރަން ވެލި ބަސްތާ ޖަހައި ދިނުމަށް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭގައި ހިނގި އެކްސިޑެންޓެއްގައި ފިހާރައެއްގެ ބިއްލޫރިގަނޑު ތެޅި ސައިކަލް ފިހާރަތެރެއަށް ވަދެއްޖެ

މާލޭގައި ހިނގި އެކްސިޑެންޓެއްގައި ފިހާރައެއްގެ ބިއްލޫރިގަނޑު ތެޅި ސައިކަލް ފިހާރަތެރެއަށް ވަދެއްޖެ

29 މެއި 2019
ރާއްޖޭގެ ޑިމޮކްރަސީއަށް މޯދީ ދެއްވާ އެހީތެރިކަމަށް ރައީސް މައުމޫން ޝުކުރު އަދާކުރައްވައިފި

ރާއްޖޭގެ ޑިމޮކްރަސީއަށް މޯދީ ދެއްވާ އެހީތެރިކަމަށް ރައީސް މައުމޫން ޝުކުރު އަދާކުރައްވައިފި

02 އޮކްޓޯބަރު 2018
ހުކުރު ދުވަހު ބާއްވާ އެއްވުމަށް ފުލުހުންގެ އެހީތެރިކަމަށް އެދިއްޖެ

ހުކުރު ދުވަހު ބާއްވާ އެއްވުމަށް ފުލުހުންގެ އެހީތެރިކަމަށް އެދިއްޖެ

13 ފެބުރުއަރީ 2018
ބޭރުގެ އަސްކަރިއްޔާގެ އެހީތެރިކަމަށް ގޮވާލާ ބައެއްގައި ދައުލަތް ހިންގާނެ ގާބިލްކަން ހުންނާނެ ކަމަށް ގަބޫލެއް ނުކުރަން: ރައީސް ޔާމީން

ބޭރުގެ އަސްކަރިއްޔާގެ އެހީތެރިކަމަށް ގޮވާލާ ބައެއްގައި ދައުލަތް ހިންގާނެ ގާބިލްކަން ހުންނާނެ ކަމަށް ގަބޫލެއް ނުކުރަން: ރައީސް ޔާމީން

07 ފެބުރުއަރީ 2018
ސުޕްރީމް ކޯޓުން އިންޑިއާގެ އެހީތެރިކަމަށް ނޭދޭ: ޑީޖޭއޭ

ސުޕްރީމް ކޯޓުން އިންޑިއާގެ އެހީތެރިކަމަށް ނޭދޭ: ޑީޖޭއޭ

05 ފެބުރުއަރީ 2018

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު