Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހޯރަފުށި ކައުންސިލް

ހޯރަފުށީގައި އިންޓަރނޭޝަނަލް ސްކޫލެއް ހިންގާނެ ބަޔަކު ހޯދަނީ

މި ސްކޫލް ހިންގުމަށް ދޫކުރާނީ 5 އަހަރާ 15 އަހަރާ ދެމެދުގެ މުއްދަތަކަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2022 | ބުދަ 12:31
ހއ. ހޯރަފުށި

ހއ. ހޯރަފުށި

ހއ. ހޯރަފުށީގައި ބިނާކޮށްފައިވާ އެ ރަށު ކައުންސިލްގެ ސްކޫލް އިމާރާތުގައި އިންޓަރނޭޝަނަލް ސްކޫލެއް ހިންގާނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.

ހޯރަފުށީ ކައުންސިލުން ބުނެފައިވާ ގޮތުގައި މި ސްކޫލް ހިންގުމަށް އެދި ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރު 1:00ގެ ކުރިން އޮންލައިންކޮށް ކައުންސިލަށް އެކަން އަންގަންޖެހޭނެއެވެ. 27 ޑިސެމްބަރުގައި، ބީލަމާގުޅޭ މައުލޫމާތު ސެޝަނާއި ސައިޓް ވިޒިޓިންގ ކުރިއަށްދާނެ ކަމަށްވެސް އެ ރަށު ކައުންސިލުން ބުނެއެވެ.

Advertisement - newsAdvertisement

އިންޓަނޭޝަނަލް ސްކޫލް ހިންގުމަށް ބިޑު ހުށަހެޅުން ކުރިއަށްދާނީ 10 ޖެނުއަރީ 2023ގައެވެ. އެގޮތުން ޕާޓްނަރޝިޕް ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ޕާޓްނަރޝިޕްތަކަށާއި، ކޯޕަރޭޓިވް ސޮސައިޓީގެ ގާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށާއި، ފޮރިން އިންވެސްޓްމެންޓްގެ ގޮތުގައި އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށާއި، އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން މިހާރުވެސް ތައުލީމީ ޚިދުމަތް ދޭ ފަރާތްތަކަށް ބިޑް ޕްރޮޕޯސަލް ހުށަހެޅޭނެކަމަށް ހޯރަފުށީ ކައުންސިލުން ބުންޏެވެ.

ހޯރަފުށީ ކައުންސިލުން ބުނީ އެ ރަށުގައި އިންޓަރނޭޝަނަލް ސްކޫލެއްގެ ޚިދުމަތް ދޭން ނިންމީ، ޕްރީ ސްކޫލުުގެ މަރުހަލާއިން ފެށިގެން ކީ ސްޓޭޖް 5އާ ދެމެދު، ޒަމާނީ ވަސީލަތްތަކާއެކު ދުނިޔޭގެ ކުރިއަރާފައިވާ ތައުލީމީ ސިސްޓަމްތަކާ އެެއް ފެންވަރެއްގައި، ފެންވަރު ރަނގަޅު، ޒަމާނީ ތައުލީމު ހޯރަފުށީގެ ދަރިވަރުންނަށް ހޯދައިނުމަށް ކަމަށެވެ. އަދި ޚާއްސަކޮށް، ޕްރީ ސްކޫލް މަރުހަލާގައި އެ އުމުރުފުރައިގެ ކުދިންނަށް ބޭނުންވާނޭ ތައުލީމާއި ހުނަރު ލިއްބައިދޭނޭ ފުރުސަތު ހޯރަފުށީ ކައުންސިލްގެ އިސްނެގުމުގެ މަތިން ފޯރުކޮށްދެވޭނޭ މަގު، އެ ރަށުގައި ގާއިމުކުރުމަކީވެސް މި ސްކޫލް ހުޅުވުމުގެ މަގުސަދެއް ކަމަށް އެ ކައުންސިލުން ބުންޏެވެ.

މި ސްކޫލް ހިންގުމަށް، ވަށާ ފާރު ރާނައި ގޭޓް ހަރުކޮށްފައިވާ 11406 އަކަފޫޓުގެ ބިމުގައި ހަދާފައިވާ އިމާރާތާއި، ޕްލޭ ގްރައުންޑް އަދި ގުދަނަކާއި ޕަބްލިކް ފާޚާނާއަކާއި، ދަރިވަރުންނަށް ޚާއްސަ ހަތަރު ފާހާނާ ލިބޭނެއެވެ. އަދި އިންޓަރނޭޝަނަލް ސްކޫލްގެ އިމާރާތުގައި ތިން ކުލާސްރޫމާއި، ޕްރިންސިޕަލް ރޫމާއި، ސްޓާފް ރޫމާއި ރިސެޕްޝަން އޭރިއާއެއް ހިމެނޭނެއެވެ.

މީގެ އިތުރުން، ދަރިވަރުން ކިޔެވުމަށް ބޭނުންކުރާނޭ ގޮޑިއާއި މޭޒު ކައުންސިލުން ފޯރުކޮށްދޭނެއެވެ. އަދި ޕްލޭ ގްރައުންޑްގައި މައިގަނޑު ތަކެތި ހަރުކޮށްދޭނެއެވެ.

ހޯރަފުށީ ކައުންސިލުން މި ސްކޫލް ހިންގުމަށް ދޫކުރާނީ 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށެވެ. ސްކޫލު ހިންގުމަށް ހަވާލުވާ ފަރާތުން އެގްރީމެންޓް ކުރެވޭ މުއްދަތުގައި ސްކޫލު ހިންގުމުގެ ފުރިހަމަކަމާއި، ނަތީޖާ ނެރުމަށް ކުރާ މަސައްކަތް، އަދި ޑިވެލޮޕްމެންޓަލް ޕްލޭނާއި މެނޭޖްމެންޓަލް ޕްލޭނާ އެއްގޮތަށް ގެންދާ ފުރިހަމަކަމަށް ބަލައި (ސްކޫލު ހިންގާ ފަރާތުން މުއްދަތު އިތުރުކުރަން އެދިއްޖެނަމަ) ދެފަރާތުން އެއްބަސްވެވޭ ގޮތެއްގެ މަތިން އިތުރު ފަސް އަހަރުގެ މުއްދަތަށް، ކައުންސިލުގެ ޖަލްސާއަކުން ފާސްކުރާ ނިންމުމަކުން މުއްދަތު އިތުރުކޮށްދެވިދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މި ސްކޫލް ހިންގަން ކައުންސިލުން އެއްވެސް ކުއްޔެއް ނުނަގާނެއެވެ. އެއީ ދަރިވަރުންގެ އަތުން ނަގާ ފީ ނިސްބަތުން ކުޑަކުރުމަށް ނިންމި ނިންމުމެއްކަމަށް އެ ރަށު ކައުންސިލުން ބުނެއެވެ.

ހއ. ހޯރަފުށި

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރީގެ ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް މާލެ ވަޑައިގަންނަވައިފި

ކުރީގެ ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް މާލެ ވަޑައިގަންނަވައިފި

31 އޮކްޓޯބަރު 2025
ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފްވެރި ކޮށްދެއްވުމަށް، ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ފުރާވަޑައިގެންފި

ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފްވެރި ކޮށްދެއްވުމަށް، ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ފުރާވަޑައިގެންފި

30 އޮކްޓޯބަރު 2025
5 އަހަރުގެ ކުޑަކުއްޖެއްގެ ފުރާނައަށް ނުރައްކާވީ ހޯރަފުށީ ސިއްހީ މަރުކަޒުގެ އިހުމާލުން، އާދޭސް ކުރީމަ ވެސް އާސަންދަ ވެސް ސީއެމްބިއުލާންސް ވެސް ހަމަނުޖެއްސި

5 އަހަރުގެ ކުޑަކުއްޖެއްގެ ފުރާނައަށް ނުރައްކާވީ ހޯރަފުށީ ސިއްހީ މަރުކަޒުގެ އިހުމާލުން، އާދޭސް ކުރީމަ ވެސް އާސަންދަ ވެސް ސީއެމްބިއުލާންސް ވެސް ހަމަނުޖެއްސި

02 ސެޕްޓެމްބަރު 2025
ހޯރަފުށި ދާއިރާގެ މެންބަރަށް މަޖިލީހުގައި މެންބަރުން ވާހަކަދައްކަވަމުން ދިޔަ މައުޟޫއު އޮޅިވަޑައިގެންފި

ހޯރަފުށި ދާއިރާގެ މެންބަރަށް މަޖިލީހުގައި މެންބަރުން ވާހަކަދައްކަވަމުން ދިޔަ މައުޟޫއު އޮޅިވަޑައިގެންފި

17 ފެބުރުއަރީ 2025
ހޯރަފުށީ ރައްޔިތުންގެ އުންމީދުތަކުގައި އަމަލީ ސިފައެއްގައި ހަގީގީ ކުލަ މިއަހަރު ޖައްސައިދޭނަން: ރައީސް މުއިއްޒު

ހޯރަފުށީ ރައްޔިތުންގެ އުންމީދުތަކުގައި އަމަލީ ސިފައެއްގައި ހަގީގީ ކުލަ މިއަހަރު ޖައްސައިދޭނަން: ރައީސް މުއިއްޒު

30 ޖެނުއަރީ 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު