Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑްރަގް އެތެރެކުރުން

ޑްރަގް އެތެރެކުރި ތުރުކީ މީހާ ބުނަނީ އޭނާ ރާއްޖެއައީ ބަޔަކު ބިރުދައްކައި މަޖުބޫރު ކުރުމުންކަމަށް

އޭނާ ޕާކިސްތާނަށް ދިޔައީ 2 ފަހަރު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2022 | އަންގާރަ 07:14
މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ތުރުކީގެ ރައްޔިތެއްކަމަށްވާ އެމްރާހް އިޖާދީގެ މައްޗަށް

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ތުރުކީގެ ރައްޔިތެއްކަމަށްވާ އެމްރާހް އިޖާދީގެ މައްޗަށް | ރާއްޖެއެމްވީ

ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ތުރުކީ ރައްޔިތަކު، އޭނާ ރާއްޖެ އައީ ބަޔަކު ބިރުދައްކައިގެންކަމަށް ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ތުރުކީގެ ރައްޔިތެއްކަމަށްވާ އެމްރާހް އިޖާދީގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ކުށުގެ ދައުވާއެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އާދަމް މުޙައްމަދުއެވެ.

އޭނާގެ މައްޗަށް ކުރާ ދައުވާއާއި ގުޅިގެން މީގެ ކުރިން 4 ފަހަރު މައްސަލަ ތާވަލު ކުރިނަމަވެސް، އަދި ބޭއްވިފައިވަނީ 2 އަޑުއެހުމެކެވެ.

މި މައްސަލައިގައި އަންގާރަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ދައުވާ ހުށައެޅުން ކުރިއަށް ގެންދަވާފައެވެ. އެގޮތުން ދައުލަތުން ދައުވާ ހުށައަޅަމުން ބުނެފައިވަނީ، 30 މެއި 2022 ވަނަ ދުވަހު އޭނާ ރާއްޖެ އައުމުން އޭނާގެ އަމަލުތަކާމެދު ޝައްކު ކުރެވިގެން ކަސްޓަމްސްއިން އޭނާ ހުއްޓުވައި ފާސްކޮށްފައިވާ ކަމަށެވެ.

އޭނާ ރާއްޖެއަށް ދަތުރު ކޮށްފައިވަނީ ޕާކިސްތާނުގެ ލާހޫރުންނެވެ.

އޭނާ ހޮސްޕިޓަލަށް ގެންގޮސް، އޭނާގެ ހަށިގަނޑުގެ ތެރޭގައި ސްކޭންކޮށް ބެލިއިރު، އެތެރޭގައި އެއްޗެއް ފޮރުވާފައިވާކަމަށް ބެލެވުނު ކަމަށް ދައުލަތުން ދައުވާ ހުށައަޅަމުން ބުނެފައިވެއެވެ.

އޭގެ ފަހުން އޭނާ އެކި ފަހަރުމަތިން ބޮޑުކަމު ދިޔަ ތަކެތި ޓެސްޓު ކުރުމުން މަސްތުވާތަކެތި ރައްކާކޮށްފައިވާ ބުލެޓުތައް ވަނީ ހޯދާފައެވެ. އެގޮތުން ތަހުލީލު ރިޕޯޓުން ދައްކާ ގޮތުގައި އެއީ ޑައިމޯފިންއެވެ.

ދައުލަތުން ބުނާ ގޮތުގައި އޭނާގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން އަންނާނެ އަދަބަކީ އުމުރަށް ޖަލަށް ލުމާއެކު، 1 ލައްކައާއި، 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

އެއަށްފަހު ގާޒީ ވަނީ ދައުވާލިބޭ ފަރާތަށް ލިބިގެންވާ ޙައްޤުތައް ކަށަވަރު ކޮށްދެއްވާފައެވެ.

މި މައްސަލައިގައި ކޮށްފައިވާ ދައުވާއަށް ޖަވާބުދާރީވަމުން އޭނާ ބުނެފައިވާ ގޮތުގައި އޭނާ ރާއްޖެ އައީވެސް މަޖުބޫރީ ޙާލަތެއްގައެވެ. އެގޮތުން ޕާކިސްތާނުގައި ހުރެފައި އޭނާ އަނބުރާ އޭނާގެ ޤައުމުކަމަށްވާ ތުރުކީއަށް ދާން އުޅުމުން، ބަޔަކު އޭނާއަށް ބްލެކްމެއިލްކޮށް އޭނާއަށް ޤައުމަށް ނުދެވޭނެކަމަށް ބުނެ، ބިރުދައްކާފައިވާކަމަށް ވަނީ ބުނެފައެވެ.

ޝަރީއަތުގައި ވާހަކަ ދައްކަމުން އޭނާ ބުނީ، އޭނާ ޕާކިސްތާނަށް ދިޔައީ 2 ފަހަރު ކަމަށާއި، ދެ ފަހަރުވެސް ދިޔައީ ވިޔަފާރިއާ ގުޅޭ ކަމެއްގައިކަމަށެވެ.

އަދި އޭނާއަކީ ޓެޓޫގެ ވިޔަފާރިކުރާ މީހެއް ކަމަށާއި، އަންހެނުންނަކީ ޑޮކްޓަރެއްކަން ފާހަގަކޮށް އޭނާ ބުނީ، އޭނާއަކީ މަސްތުވާތަކެތި ވިއްކައިގެން ފައިސާ ހޯދަން ޖެހޭ ޙާލަތެއްގައި ހުރި މީހެއް ނޫން ކަމަށެވެ.

އަދި އޭނާ މަރާލާނެކަމުގެ އިންޒާރުދީ، ބިރުދެއްކުމުން އޭނާ ރާއްޖެ އައުމަށް އެއްބަސްވީކަން އޭނާ ފާހަގަ ކުރެއެވެ.

އޭނާއަކީ ދުވަހަކުވެސް ރާއްޖެ އައި މީހެއް ނޫން ކަމަށާއި، ރާއްޖޭގައި އޭނާ ދަންނަ މީހެއްވެސް ނުހުންނާނެކަމަށް އޭނާ ބުނެއެވެ.  

ނަމަވެސް ތަހުގީގުގައި ފުލުހުން ސުވާލު ކުރުމުންވެސް އޭނާ އެ ވާހަކަތައް ދައްކާފައިނުވާކަން ދައުލަތުން ފާހަގަ ކުރިއެވެ.

އެއަށްފަހު ދެ ފަރާތުން ވަނީ ހެކި ހާމަކޮށްފައެވެ. ދިފާއުން ވަނީ ދައުވާލިބޭ ފަރާތް ބްލެކްމެއިލް ކުރިކަން ސާބިތު ކުރުމަށްޓަކައި ބޭނުންވާ ވީޑިއޯއެއް ހެކީގެ ގޮތުގައި ހުށައަޅާނެކަމަށް ބުނެފައެވެ.

މި މައްސަލައިގައި ޝަރީއަތުގެ ކުރީގެ ހުށައެޅުމެއް ނެތުމުން، ދެން އޮންނާނީ މި މައްސަލައިގެ އިފްތިތާޙީ ބަޔާން އިއްވުމެވެ. މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، ޖެނުއަރީ މަހު އެކަމާ ގުޅޭ އަޑުއެހުން ބާއްވަވާނެ ކަމަށެވެ.

ގާޒީ ވަނީ މިއީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާއެއްކަމަށް ކަނޑައަޅުއްވާފައެވެ.

ދިފާއުން ވަނީ އޭނާ ދުވަހަކުވެސް އަނބުރާ ރާއްޖެއަށް ނާދެވޭ ގޮތަށް ޑީޕޯޓު ކޮށްލުމަށް ޕީޖީ އޮފީހުގައިވެސް އެދިފައެވެ. ނަމަވެސް އެގޮތުގެ މަތިން ޑީޕޯޓު ކޮށްލެވެން ނެތްކަމަށް ޕީޖީ އޮފީހުން ވަނީ އަންގާފައެވެ.

ކްރިމިނަލް ކޯޓްމަސްތުވާތަކެތި

ކޮމެންޓް

އިތުރަށް ކިޔާލަން

މަންމައާ ބައްޕަ އަދި ދައްތައަށް އަނިޔާކުރި މައްސަލައެއްގައި މީހަކު ޖަލަށް ލާން ހުކުމް ކޮށްފި

މަންމައާ ބައްޕަ އަދި ދައްތައަށް އަނިޔާކުރި މައްސަލައެއްގައި މީހަކު ޖަލަށް ލާން ހުކުމް ކޮށްފި

26 ޖެނުއަރީ 2026
މޯލްޑިވްސް ގޭސް ގެ ކުރީގެ އެމްޑީ އަށް ކޮށްފައިވާ ރިޝްވަތު ހިފުމުގެ 5 ދަޢުވާ ސާބިތު ނުވުން: ޕީޖީ އިން ގަސްތުކުރަނީ މައްސަލަ އިސްތިއުނާފް ކުރަން

މޯލްޑިވްސް ގޭސް ގެ ކުރީގެ އެމްޑީ އަށް ކޮށްފައިވާ ރިޝްވަތު ހިފުމުގެ 5 ދަޢުވާ ސާބިތު ނުވުން: ޕީޖީ އިން ގަސްތުކުރަނީ މައްސަލަ އިސްތިއުނާފް ކުރަން

22 ޖެނުއަރީ 2026
ވީވޯ ބްރޭންޑް ގެ ފޯނެއް ވަގަށް ނެގި މީހަކު 5 މަހަށް ޖަލަށް

ވީވޯ ބްރޭންޑް ގެ ފޯނެއް ވަގަށް ނެގި މީހަކު 5 މަހަށް ޖަލަށް

21 ޖެނުއަރީ 2026
ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި މަސްތުވާތަކެތި އެތެރެކުރުން: އަހުމަދު އަލީ އިންޑިއާއަށް ގޮސް ސަޕްލަޔަރާ ބައްދަލު ކޮށްފައިވާ ކަމަށް ފުލުހުން ބުނޭ

ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި މަސްތުވާތަކެތި އެތެރެކުރުން: އަހުމަދު އަލީ އިންޑިއާއަށް ގޮސް ސަޕްލަޔަރާ ބައްދަލު ކޮށްފައިވާ ކަމަށް ފުލުހުން ބުނޭ

21 ޖެނުއަރީ 2026
އެއާޕޯޓްގައި މާރާމާރީ ހިންގުމުން ނަސޭހަތް ދީ ދޫކޮށްލި ދެ މީހުން 10 ދުވަސް ފަހުން ހައްޔަރު ކޮށްފި

އެއާޕޯޓްގައި މާރާމާރީ ހިންގުމުން ނަސޭހަތް ދީ ދޫކޮށްލި ދެ މީހުން 10 ދުވަސް ފަހުން ހައްޔަރު ކޮށްފި

20 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު