Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފަލަސްތީނުގެ އިންސާނީ ޙައްޤު

އިޒްރޭލުން ފަލަސްތީނުގެ އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ ވަކީލަކު ޑީޕޯޓުކޮށްލައިފި

އޭނާގެ މައްޗަށް ކޮށްފައިވަނީ ޓެރަރިސްޓު ޖަމާއަތެއްގެ މެންބަރަކަށް ވުމުގެ ތުހުމަތު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2022 | ހޯމަ 06:30
އުމުރުން 37 އަހަރުގެ ސަލާހް ހަމޯރީ

އުމުރުން 37 އަހަރުގެ ސަލާހް ހަމޯރީ

އިޒްރޭލުން ފަލަސްތީނުގެ އިންސާނީ ޙައްޤުތަކާ ބެހޭ ވަކީލަކު ޑީޕޯޓު ކޮށްލައިފިއެވެ.

އިޒްރޭލުން ޑީޕޯޓު ކޮށްލާފައިވަނީ އުމުރުން 37 އަހަރުގެ ސަލާހް ހަމޯރީއެވެ. އިޒްރޭލުގެ އިންޓީރިއަރ މިނިސްޓްރީއާ ޙަވާލާދީ ރިޕޯޓުތައް ބުނާ ގޮތުން އޭނާ ޑީޕޯޓު ކޮށްލާފައިވަނީ ސެކިއުރިޓީ ތްރެޓްތަކެއް ހުރުމުގެ ސަބަބުންނެވެ.

ސަލާހް ޑީޕޯޓު ކޮށްލާފައިވަނީ ފްރާންސަށެވެ.

އޭނާގެ މައްޗަށް ކޮށްފައިވަނީ ޓެރަރިސްޓު ޖަމާއަތެއްގެ މެމްބަރަކަށް ވުމުގެ ތުހުމަތެވެ. އެހެންނަމަވެސް، އެ ތުހުމަތުތައް ސަލާހް ވަނީ ދޮގުކޮށްފައެވެ.

އިޒްރޭލުގެ ތުުހުމަތުތަކާއި ގުޅިގެން ސަލާހް ހައްޔަރުކުރީ މިއަހަރުގެ މާރޗު މަހުއެވެ. އަދި ދައުވާއެއް އުފުލުމެއް ނުވަތަ ޝަރީއަތެއް ހިންގުމެއް ނެތި އޭނާ 3 މަސް ވަންދެން ބަންދުގައި ބެހެއްޓިއެވެ.

އިޒްރޭލުން ބުނާ ގޮތުގައި އެއީ އިދާރީ ގޮތުން ކުރާ ބަންދެކެވެ.

އިދާރީ ބަންދުގެ ނަމުގައި އިޒްރޭލުން ގެންދަނީ ދޭތެރެ ދޭތެރެއިން އެފަދައިން މީހުން ބަންދު ކުރަމުންނެވެ.

އޭރު 4 މަސް ވަންދެން ބަންދުގައި ހުރުމަށްފަހު ސަލާހް ވަނީ އެހީއަށް އެދި ފްރާންސްގެ ރައީސް އިމެނުއެލް މެކްރޮންއަށް ސިޓީއެއް ފޮނުވާފައެވެ. އޭރު އިޒްރޭލުން ވަނީ އޭނާއަކީ ނުރައްކާތެރި ކުށްވެރިއެއްކަމަށް ކަނޑައަޅައި، ހައި ސެކިއުރިޓީ ޖަލަކަށް ބަދަލުކޮށްފައެވެ.

އޭގެ ފަހުން ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އޭނާ ވަނީ އިދާރީ ބަންދާ ދެކޮޅަށް 19 ދުވަހަށް ދިގު ދެމިގެންދިޔަ ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކޮށްފައެވެ.

އޭގެ ފަހުން އިޒްރޭލުން ޖަލުގައި އޭނާ އެކަހެރިކޮށް ބޭއްވިއެވެ. އެއަށްފަހު އޭނާގެ މައްޗަށް ޝަރީއަތެއް ހިންގުމެއް ނެތި އޭނާ ޑީޕޯޓު ކޮށްލުމަށް ނިންމުމުން، އެ ނިންމުން އޭނާގެ ވަކީލުން ކޯޓަށް ހުށައެޅީއެވެ.

އަދި މިހިނގާ ޑިސެމްބަރު މަހުގެ ކުރީކޮޅު ސުޕްރީމް ކޯޓުން ވަނީ އޭނާގެ ހުށައެޅުން ބޭރުކޮށްލާފައެވެ. ވުމާއެކު، އޭނާ ޑީޕޯޓު ކުރުމުގެ މަސައްކަތް އިޒްރޭލުން އަނެއްކާވެސް ފެށީއެވެ.

އޭގެ އިތުރުން، އިންސާނީ ހައްގުތަކަށް ގޮވާލާ ޖަމާއަތްތަކުންވެސް ގެންދަނީ އިޒްރޭލުގެ މި ނިންމުމަށް ފާޑު ކިޔަމުންނެވެ.

ހަމައެއާއެކު، ފްރާންސްގެ ފޮރިން މިނިސްޓްރީންވެސް ވަނީ އިޒްރޭލުގެ މި ނިންމުމާމެދު ހިތާމަކުރާކަން ފާހަގަކޮށް، ޤާނޫނާ ޚިލާފަށް ސަލާހް ޑީޕޯޓު ކޮށްލާފައިވާކަމަށް ބުނެ އެކަން ކުށްވެރި ކޮށްފައެވެ.

އެހެންނަމަވެސް އިޒްރޭލުން ބުނާ ގޮތުގައި، ސަލާހް ވަނީ އިޒްރޭލުގެ އާންމު ރައްޔިތުންނާއި އިސް ފަރާތްތަކާއި ދެކޮޅަށް ޓެރަރިސްޓު ޙަމަލާތައް ދިނުމަށް ރާވައި، އެކަމުގެ ރޭވުންތަކެއްގައި ބައިވެރިވެފައެވެ. އިޒްރޭލުން ސިފަކުރާ ގޮތުގައި އެ ޤައުމުން ޑީޕޯޓު ކޮށްލާފައި މިވަނީ ޓެރަރިސްޓެކެވެ.

އަދި މިއީ އެ ޤައުމަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި އިޒްރޭލުގެ އިންޓީރިއަރ މިނިސްޓްރީން ސިފަ ކުރެއެވެ.

ސަލާހްއަށް ފްރާންސްގެ ރައްޔިތުކަން ލިބިފައިވަނީ އޭނާގެ މަންމަގެ ފުށުންނެވެ. އެހެންނަމަވެސް، ޤުދުސްގައި ދިރިއުޅުމުގެ ހުއްދަ އޭނާއަށް ލިބިފައިވެއެވެ. އެ ހުއްދައަކީ އިޒްރޭލުން ބޭނުންވެއްޖެނަމަ ނިގުޅައިގަނެވޭ ގޮތަށް އޮންނަ ހުއްދައެކެވެ.

ސަލާހްއަކީ ފަލަސްތީނުގެ ރައްޔިތުންނަށް ޤާނޫނީ އެހީ ފޯރުކޮށްދޭ ގްރޫޕަކަށް ނިސްބަތްވާ ފަރާތެކެވެ. ނަމަވެސް، އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އެ ގްރޫޕަކީ ޓެރަރިޒަމަށް ވާގިވެރިވާ ގްރޫޕެކެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ތުހުމަތު ކުރާ ގޮތުގައި އެ ގްރޫޕަކީ އެ ޤައުމުން ޓެރަރިސްޓް ޖަމާއަތެއްކަމަށް ކަނޑައަޅާފައިވާ "ޕޮޕިއުލަރ ފްރޮންޓް ފޯރ ދި ލިބަރޭޝަން އޮފް ފަލަސްތީން" (ޕީއެފްއެލްޕީ) އާ ގުޅުން އޮންނަ ގްރޫޕެކެވެ.

ފަލަސްތީނުއިސްރާއީލް އަސްކަރިއްޔާފަލަސްތީނުގެ ޕްރެސިޑެންސީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު