Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޏ. އަތޮޅު ތައުލީމީ މަރުކަޒަށް 40 އަހަރު ފުރުން

ރަނގަޅު ޖީލެއް ބިނާކުރުމަށް މުޖުތަމައުގެ އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ: ނައިބު ރައީސް

ޏ. އަތޮޅު ތައުލީމީ މަރުކަޒަށް 50 އަހަރު ފުރޭއިރު އެ ސްކޫލް ވެގެންދާނީ، ވަށާޖެހޭ ތައުލީމެއް ފޯރުކޮށްދެވޭ ސްކޫލަކަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 17 ޑިސެމްބަރު 2022 | ހޮނިހިރު 02:12
ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ 40 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަފުޅުދައްކަވަނީ

ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ 40 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަފުޅުދައްކަވަނީ

ޏ. އަތޮޅު ތަޢުލީމީ މަރުކަޒަށް 50 އަހަރު ފުރޭއިރު އެމަރުކަޒު ވެގެންދާނީ ވަށާޖެހޭ ތައުލީމެއް ފޯރުކޮށްދެވޭ ސްކޫލަކަށް ކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ 40 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ފުވައްމުލައް ސިޓީގައި ހުންނަ ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި ކުރިޔަށްދިޔަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ވަށާޖެހޭ ތައުލީމެއް ފޯރުކޮށްދެވޭ ނިޒާމެއްގެ ތެރެއިން ކިޔަވައިދިނުމަށް ހަމަޖައްސާފައިވާ އެއް ސްކޫލަކީ ޏ. އަތޮޅު ތައުލީމީ މަރުކަޒުކަމަށެވެ. އަދި، ފާއިތުވެދިޔަ ތަނުގައިވެސް އެ ސްކޫލަކީ މަރުކަޒަކީ ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ މަރުކަޒެއްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ރަނގަޅު ތައުލީމީ ޖީލެއް ބިނާކުރެވޭނީ މުޖުތަމައުގެ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުންކަމަށެވެ. އެގޮތުން، ސްކޫލެއްގައި ކިތަންމެ ފެންވަރު ރަނގަޅު ޓީޗަރުންތަކެއް ތިބިނަމަވެސް، އަދި ވަސީލަތްތައް ހުރިނަމަވެސް، ހަރުދަނާ ދަރިންތަކެއް ބިނާ ނުކުރެވޭ ކަމަށާއި، އެހެންކަމުން މުޖުތަމައަށާއި ގައުމަށް ފައިދާ ހުރި ޖީލެއް ބިނާކުރުމުގައި އެންމެން ގުޅިގެން މަސައްކަތްކުރުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި; ސްކޫލެއްގެ ދައުރަކީ މުޖުތަމައަށް ފައިދާހުރި، ގައުމަށް ބޭނުންތެރި ޖީލެއް ބިނާކުރުން ކަމަށް ވިދާޅުވިއެވެ. އަދި ސްކޫލްތަކުގެ ތެރެއިން، މަސައްކަތާއި ހުނަރު ދަސްވެފައިވުމުގެ މުހިއްމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ، ރާއްޖޭގައި ވަރަށް ގިނަ ދާއިރާތަކުން ދަރިވަރުންނަށް ކުރިއަށްދެވޭނެ ފުރުސަތުތައް ހުރިކަން ފާހަގަކުރައްވައި، އެފުރުސަތުތަކުގެ ބޭނުންހިފުމަށް ދަރިވަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

މި ޖަލްސާގައި ވަނީ ޏ. އަތޮޅު ތައުލީމީ މަރުކަޒަށް ދިގު މުއްދަތެއްގައި ޚިދުމަތްކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ ދެއްވާފައެވެ. މިގޮތުން 30 އަހަރަށްވުރެ ގިނަ ދުވަހު އެ ސްކޫލަށް ޚިދުމަތްކުރައްވާފައިވާ ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމަށްވެސް މިޖަލްސާގައި ވަނީ ޚާއްސަ ހަނދާނީ ފިލައެއް އަރުވާފައެވެ.

1982 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ހުޅުވުނު، ޏ. އަތޮޅު ތައުލީމީ މަރުކަޒަކީ، މިހާރު ގްރޭޑް 7ން ފެށިގެންް 12ށް ކިޔަވައިދޭ ސްކޫލެކެވެ.

ނާއިބު ރައީސް، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްފުވައްމުލައް ސިޓީ

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
18 ނޮވެމްބަރު 2025

ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ރުޅިގަދަވެއްޖެ

18 ނޮވެމްބަރު 2025
ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ރުޅިގަދަވެއްޖެ
14 ނޮވެމްބަރު 2025

"ރައީސް ބޭކާރު ކަންތައްތައް ކުރައްވާއިރު ޅިޔަނުން ނަސޭހަތް ނުދެއްވަނީތޯ؟": ޑރ އިޔާޒް

14 ނޮވެމްބަރު 2025
"ރައީސް ބޭކާރު ކަންތައްތައް ކުރައްވާއިރު ޅިޔަނުން ނަސޭހަތް ނުދެއްވަނީތޯ؟": ޑރ އިޔާޒް
13 ނޮވެމްބަރު 2025

ފެނުގެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކޮށް ދޭން އެމްޑީޕީ އިން ސަރުކާރަށް ގޮވާލައިފި

13 ނޮވެމްބަރު 2025
ފެނުގެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކޮށް ދޭން އެމްޑީޕީ އިން ސަރުކާރަށް ގޮވާލައިފި
12 ނޮވެމްބަރު 2025

އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި

12 ނޮވެމްބަރު 2025
އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު