Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުޅަނދުތަކުގެ ރަޖިސްޓްރީ ނަންބަރު އާންމުކުރުން

ރަޖިސްޓްރީ ކުރަން ހުށަހަޅާ އުޅަނދުތަކުގެ ރަޖިސްޓްރީ ނަންބަރު އާންމުކުރަން ފަށައިފި

13 ޑިސެމްބަރު 2022 | އަންގާރަ 08:20

ޑިސެމްބަރ 13 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީގެ ވެބްސައިޓްގައި ރަޖިސްޓްރީ ކުރާ ރަޖިސްޓްރީ ނަންބަރުތައް ޢާންމުކުރަމުންދާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 13 ޑިސެމްބަރު 2022 | އަންގާރަ 08:20
މާލޭގެ މަގުމަތި

މާލޭގެ މަގުމަތި | ރާއްޖެއެމްވީ

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ރަޖިސްޓްރީ ކުރާ އެންމެހާ އެއްގަމު އުޅަނދުތަކުގެ ރަޖިސްޓްރީ ނަންބަރު އެމިނިސްޓްރީން އާންމުކުރަން ފަށައިފިއެވެ.

އެކަމާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިނިސްޓްރީން ރަޖިސްޓްރީ ކުރަމުންދާ އެންމެހާ އުޅަނދުތަކުގެ ޞައްޙަކަން ކަށަވަރުކުރުމުގެ ގޮތުންނާއި، ކޮރަޕްޝަނަށް މަގުފަހި ނުވާނޭހެން ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި މަސައްކަތްކުރުމަށާއި، އަދި އެއްވެސް ފަރާތަކަށް ގަވާއިދާ ޚިލާފު ޢަމަލުތައް ހިންގުނަ ނުދިނުމުގެ ގޮތުން މި މިނިސްޓްރީން ރަޖިސްޓްރީ ކުރާ އެންމެހާ އެއްގަމު އުޅަނދުތަކުގެ ރަޖިސްޓްރީ ނަންބަރު ޢާންމުނަށް ފެންނަން ހުންނާނެހެން އިއުލާންކުރަމުން ގެންދާނެކަމަށެވެ. އެގޮތުން ޑިސެމްބަރު 13 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީގެ ވެބްސައިޓްގައި ރަޖިސްޓްރީ ކުރާ ރަޖިސްޓްރީ ނަންބަރުތައް ޢާންމުކުރަމުން ގެންދިޔުމަށް ނިންމާފައިވާކަމަށް އެމިނިސްޓްރީން ބުނެއެވެ.

Advertisement - newsAdvertisement

ޓްރާންސްޕޯޓް މިނިސްޓްރީގައި ރަޖިސްޓްރީކުރާ ހުރިހާ އުޅަނދުތަކެއްގެ ރަޖިސްޓްރީ ނަންބަރު ޢާންމުކުރަން ނިންމާފައި މިވަނީ، އުޅަނދުތައް ރަޖިސްޓްރީކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުރިކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރާތީއެވެ. އެފަދަ ބައެއް މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަނަށްވެސް ވަނީ ހުށައަޅާފައެވެ.

އުޅަނދު ރަޖިސްޓްރީ ނަންބަރުތައް އާއްމުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމާފައިވާއިރު، ޤަވާއިދާއި ޚިލާފަށް އެއްގަމު އުޅަނދު ރަޖިސްޓްރީކުރާ މައްސަލާގައި ފަސްޖެހުމެއް ނެތި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ ވަނީ މީގެ ކުރިން ދެއްވާފައެވެ. ޓްރާންސްޕޯޓު މިނިސްޓްރީގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނާއި ހަދަމުންދާ އޮޑިޓުގެ ތެރެއިން އޮޅުވާލައިގެން ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތައް ފެންނަމުންދާ ކަމަށް މިނިސްޓަރު ނަހުލާ ވެސް ވަނީ ވިދާޅުވެފައެވެ. އަދި ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލު ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ. ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާ ވަނީ ގަވާއިދާ އެއްގޮތަށް އުޅަނދުތައް ރަޖިސްޓްރީ ކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަނަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވައުދުފުޅެއް ކަމަށާއި ވަކި މީހަކަށް ބެލުމެއް ނެތި ކޮރަޕްޝަން ހުއްޓުވުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅުއްވާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ. އަދި އެ ކަންތައްތައް ހަމަ މަގަށް އެޅުމުގައި އެއްވެސް ފަސްޖެހުމެއް ނެތި މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ދަނީ ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކޮށް، އެކަން އާންމުކޮށް އަންގާ އިއުލާން ކުރަމުންނެވެ. އެގޮތަށް ރަޖިސްޓްރީ ބާތިލުކުރާ އުޅަނދުތަކުގެ ތެރޭގައި ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭ އުމުރު ހަމަވެފައިވާ ވެހިކަލްތަކާއި، ގަވާއިދާ ހިލާފަށް މާލޭ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާ ވެހިކަލްތައް ހިމެނެއެވެ.

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، ޢާއިޝަތު ނަޙުލާޓްރާންސްޕޯޓް މިނިސްޓްރީ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

05 ޖުލައި 2026

ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތް ކަމުނުދާތީ މިނިސްޓަރު ސައީދު މަޖިލީހަށް ހާޒިރު ކުރަނީ

05 ޖުލައި 2026
ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތް ކަމުނުދާތީ މިނިސްޓަރު ސައީދު މަޖިލީހަށް ހާޒިރު ކުރަނީ
03 ޖޫން 2026

ތޭރަ މިލިއަންގެ ހިޔާނާތް ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ''މާލެ ޓެކްސީ އެޕް" ލޯންޗު ކޮށްފި

03 ޖޫން 2026
ތޭރަ މިލިއަންގެ ހިޔާނާތް ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ''މާލެ ޓެކްސީ އެޕް" ލޯންޗު ކޮށްފި
02 ޖޫން 2026

މި މަހު، މ. އަތޮޅުގައި އާރްޓީއެލް ފެރީ ފެށުމަށް ތައްޔާރު ވަނީ، ފަށާފައިވާ ރަށްރަށުގައި އަދިވެސް ހުރީ ހުސް ކަންބޮޑުވުން

02 ޖޫން 2026
މި މަހު، މ. އަތޮޅުގައި އާރްޓީއެލް ފެރީ ފެށުމަށް ތައްޔާރު ވަނީ، ފަށާފައިވާ ރަށްރަށުގައި އަދިވެސް ހުރީ ހުސް ކަންބޮޑުވުން
20 އެޕްރީލު 2026

ޚިޔާނާތުގައި 13 މިލިއަން ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ '' މާލެ ޓެކްސީ އެޕް" ހެދުމާ ގުޅޭ މައުލޫމާތު ލިބުނީ ނުރަސްމީ ކޮށް: ރައީސް މުއިއްޒު

20 އެޕްރީލު 2026
ޚިޔާނާތުގައި 13 މިލިއަން ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ '' މާލެ ޓެކްސީ އެޕް" ހެދުމާ ގުޅޭ މައުލޫމާތު ލިބުނީ ނުރަސްމީ ކޮށް: ރައީސް މުއިއްޒު
19 މާރިޗު 2026

ޓެކްސީ ލައިނުގެ ހިދުމަތް ފަށަން ދިން 4 ވަނަ ތާރީހު ވެސް ފަހަނަ އަޅައި ގޮސްފި

19 މާރިޗު 2026
ޓެކްސީ ލައިނުގެ ހިދުމަތް ފަށަން ދިން 4 ވަނަ ތާރީހު ވެސް ފަހަނަ އަޅައި ގޮސްފި
01 މާރިޗު 2026

މެދުއިރުމަތީގެ ހަމަނުޖެހުން: ރާއްޖެއަށް ކުރާ އަސަރުތައް ކުޑަ ކުރުމަށް އިތުރު އެއާލައިންތައް ގެންނަނީ

01 މާރިޗު 2026
މެދުއިރުމަތީގެ ހަމަނުޖެހުން: ރާއްޖެއަށް ކުރާ އަސަރުތައް ކުޑަ ކުރުމަށް އިތުރު އެއާލައިންތައް ގެންނަނީ
23 ފެބުރުއަރީ 2026

މާލޭގައި އެންބިއުލާންސަކަށް ޖާގަނުދީ، މުދާ ބޭލި މައްސަލައިގައި ޕިކަޕު ދުއްވި ޑްރައިވަރަށް ފިޔަވަޅު އަޅައިފި

23 ފެބުރުއަރީ 2026
މާލޭގައި އެންބިއުލާންސަކަށް ޖާގަނުދީ، މުދާ ބޭލި މައްސަލައިގައި ޕިކަޕު ދުއްވި ޑްރައިވަރަށް ފިޔަވަޅު އަޅައިފި
17 ފެބުރުއަރީ 2026

ރޯދަ މަހު މާލެ ސަރަޙައްދުގައި ބަރު އުޅަނދު ދުއްވޭނެ އަދި މުދާ އުފުލޭ ގަޑިތައް ކަނޑައަޅައިފި

17 ފެބުރުއަރީ 2026
ރޯދަ މަހު މާލެ ސަރަޙައްދުގައި ބަރު އުޅަނދު ދުއްވޭނެ އަދި މުދާ އުފުލޭ ގަޑިތައް ކަނޑައަޅައިފި
29 ޖެނުއަރީ 2026

ޓެކްސީ ސެންޓަރެއް ނަމަ 50 ޑްރައިވަރުންނާއި، 50 އުޅަނދު އޮންނަން ޖެހޭ، އެހެން ނޫން ނަމަ ރަޖިސްޓްރީ ބާތިލް ކުރާނަން: ޓްރާންސްޕޯޓު މިނިސްޓްރީ

29 ޖެނުއަރީ 2026
ޓެކްސީ ސެންޓަރެއް ނަމަ 50 ޑްރައިވަރުންނާއި، 50 އުޅަނދު އޮންނަން ޖެހޭ، އެހެން ނޫން ނަމަ ރަޖިސްޓްރީ ބާތިލް ކުރާނަން: ޓްރާންސްޕޯޓު މިނިސްޓްރީ
23 ޖެނުއަރީ 2026

2024 ގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން ތިންވަނަ ފަހަރަށް އިއުލާން ކޮށްފި

23 ޖެނުއަރީ 2026
2024 ގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން ތިންވަނަ ފަހަރަށް އިއުލާން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް