Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމިނިވަން ޗެމްޕިއަންޝިޕް

މިނިވަން ޗެމްޕިއަންޝިޕް ފައިނަލް ބުރުގެ ގުރު ނަގައިފި

26 ޖޫން 2017 | ހޯމަ 14:32

މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 5 ވަނަ ދުވަހު

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 26 ޖޫން 2017 | ހޯމަ 14:32
ފައިނަލް ބުރުގެ ގުރު ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފައިނަލް ބުރުގެ ގުރު ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލް ބުރުގެ ގުރު ނަގައިފިއެވެ.

ދެ ގުރޫޕަކަށް ބަހާލައިގެން ޖުމްލަ 8 ޓީމު ވާދަކުރާ ފައިނަލް ބުރުގެ ކުޅުން، ގދ.ތިނަދޫ އަދި ހދ.ކުޅުދުއްދުށީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މި ބުރުގެ ފުރަތަމަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 5 ވަނަ ދުވަހު ތިނަދޫގައެވެ. މިމެޗުގައި ބައްދަލުކުރާނީ ތިނަދޫ އާއި ދ.ކުޑަހުވަދޫ އެވެ.

ގުރޫޕް 2 ގައި ތިނަދޫ އާއި ކުޑަހުވަދޫގެ އިތުރުން ދެން ހިމެނޭ 2 ޓީމަކީ ތ.ތިމަރަފުށި އަދި އެންމެ ފަހުގެ ރަނަރަޕް ސ.ފޭދޫ އެވެ. މި ގުރޫޕުގެ ކުޅުން ކުރިއަށްދާނީ ގދ.ތިނަދޫގައެވެ.

ގުރޫޕް 1 ގެ މެޗުތަށް ހދ.ކުޅުދުއްފުށީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާއިރު، ކުޅުދުއްފުށީގެ އިތުރުން ދެން މި ގުރޫޕުގައި ހިމެނޭ ޓީމުތަކަކީ އެންމެ ފަހުގެ ޗެމްޕިއަން ބ.އޭދަފުށި، އއ.މާޅޮސް އަދި ށ.މިލަންދޫއެވެ. މި ގުރޫޕުގެ ކުޅުން ޖުލައި 6 ގައި ފެށުމަށް ހަމަޖެހިފައި ވާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކުޅުދުއްފުއްޓާއި އޭދަފުއްޓެވެ.

ގުރޫޕް ސްޓޭޖުގެ މެޗުތަކަށްފަހު ސެމީ ފައިނަލުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 15 އަދި 16، މި ދެދުވަހުގައެވެ. ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގުރޫޕް 1 ގެ އެއްވަނަ ޓީމާއި ގުރޫޕް 2 ގެ 2ވަނައަށްދާ ޓީމެކެވެ. ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ގުރޫޕް 2ގެ އެއްވަނަ ޓީމާއި ގުރޫޕް 1ގެ ދެވަނައަށްދާ ޓީމެކެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 20 ވަނަ ދުވަހުއެވެ.

މިއަހަރުގެ ފުޓުބޯޅަ ފޯމެޓަށް ގެނައި ބަދަލާއެކު މި މުބާރާތުގެ ފައިނަލް ބުރުގެ އެންމެ ގަދަ 4 ޓީމު މިއަހަރުގެ ދިވެހި ލީގަށް ކޮލިފައި ވާނެއެވެ. އެގޮތުން ދިވެހި ލީގުގައި ވާދަކުރާނީ މާލެ ލީގުގެ އެންމެ ގަދަ 4 ޓީމާއި މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ 4 ޓީމެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި

14 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި
09 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް

09 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް
06 ފެބުރުއަރީ 2017

މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

06 ފެބުރުއަރީ 2017
މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި
31 ޖެނުއަރީ 2017

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ
31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
27 ޖެނުއަރީ 2017

ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން

27 ޖެނުއަރީ 2017
ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް