Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފީފާ ވޯލްޑް ކަޕް

ސަންޓޯސްވެސް ރޮނާލްޑޯ ބާކީކުރަނީ؟

ސަންޓޯސް ބުނީ ބެންޗުގައި ރޮނާލްޑޯ ބޭންދި ސަބަބު އޭނާއަށް ވިސްނައިދޭން ވަރަށް ގިނަ ވަގުތު ހޭދަކުރެވިއްޖެކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 ޑިސެމްބަރު 2022 | ހޮނިހިރު 08:26
ޕޯޗުގަލްގެ ކޯޗު ސަންޓޯސް ބެންޗުގައި ރޮނާލްޑޯއާ ވާހަކަ ދައްކަނީ

ޕޯޗުގަލްގެ ކޯޗު ސަންޓޯސް ބެންޗުގައި ރޮނާލްޑޯއާ ވާހަކަ ދައްކަނީ

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ މޮރޮކޯއާ ދެކޮޅަށް ޕޯޗުގަލް ނުކުންނަނީ އިތުބާރާއެކުއެވެ. ދެ ވަނަ ބުރުގައި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައި ޕޯޗުގަލް ވަނީ ސްވިޒަލޭންޑް ކޮޅަށް ހަ ގޯލު ޖަހާފައެވެ. މިކަމުގެ ފަހަތުގައި ވަނީ ޕޯޗުގަލްގެ ވަރުގަދަ ފޯވަޑް ލައިނެވެ. ބެންޗުން އެރި ފޯވަޑް ލިޔާއޯ ވެސް ވަނީ ލިބުނު މަދު ވަގުތުކޮޅުގެ ތެރޭގައި ގޯލެއް ޖަހައި ސްކޯރ ޝީޓަށް އަރާފައެވެ. މެޗުގައި ގޯލެއް ނުޖެހުނީ ފަހު ހާފުގައި ކުޅެން ނުކުތް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށެވެ.

ސްވިޒަލޭންޑާ ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗަކީ 2006ގެ ފަހުން ޕޯޗުގަލްގެ ކޯޗަކު ނިންމި އެންމެ ނާޒުކު ނިންމުމާއެކު ފެށި މެޗެވެ. ކޯޗު ފެނާންޑޯ ސަންޓޯސް މި މެޗަށް ނުކުތީ ރޮނާލްޑޯ ފުރަތަމަ 11ން ބާކީކޮށްގެންނެވެ. ސަންޓޯސްގެ މި ނިންމުމަކީ އޭނާއާ ރޮނާލްޑޯއާ ދެމެދު ފާއިތުވެދިޔަ 10 ވަރަކަށް އަހަރު އޮތް ރަހުމަތްތެރިކަމުގެ ގޮށް މުޅިން މޮހޭނެފަދަ ނިންމުމެކެވެ. މިއާއެކު ރޮނާލްޑޯ ދަނޑަށް ނުކުތްއިރު އޭނާ ވަށައިގެން ހުރިހާ ކެމެރާމަނުންނާއި ފޮޓޯގްރާފަރުންނާއި ނޫސްވެރިން ތިބީ، މިއީ ދުނިޔެ މިދިޔަ 10 ވަރަކަށް އަހަރު ދެކޭ އެންމެ ނާޒުރު މަންޒަރުކަމަށް ގަބޫލުކޮށްގެންނެވެ. އެއަށްފަހު ދެން ފެނިގެންދިޔައީ ރޮނާލްޑޯގެ ބަދަލުގައި ކުޅެން އެރުވި ގޮންކާލޯ ރާމޯސް މުބާރާތުގެ ފުރަތަމަ ހެޓްރިކް ހެދި މަންޒަރެވެ.

މިއާއެކު ދަނޑު ބޭރުގައި ހުރި ރޮނާލްޑޯގެ މޫނުމަތިން ފެނުނު އުދާސްތަކާއި އޭނާ އެއްލޯ މަރައިލި ގޮތުން ކޯޗާމެދު އޮތް ނުތަނަވަސްކަން މުޅި ދުނިޔެއަށް ސާފުވިއެވެ. އަދި ފަހު ހާފުގައި ކުޅެން ނެރުމުގެ ކުރިން ކޯޗު އޭނާ ގާތުގައި އިށީނދެ އިނދެ ދިން އިރުޝާދުތަކަށް މާބޮޑު ފާރުވާލެއްނެތި، ބޫޓުގެ ނާޑުވާ ރަނގަޅު ކޮށްލާފައި މޫނު އަނބުރާލައި ކޯޗަށް ފުރަގަސްދިން މަންޒަރަކީވެސް ބޮޑު ބަހުސަކަށް ބަދަލުވި މަންޒަރެކެވެ. މެޗަށްފަހު ހުރިހާ ކުޅުންތެރިން އުފާ ފާޅުކުރަމުން ދަނިކޮށް، އެކަމުގައި ހޭކިލާފައި އެކަނިމާއެކަނި މާ އަވަހަށް ޗޭންޖިން ރޫމަށްދިޔަ މަންޒަރު މުޅި ދުނިޔެ ބަލަމުން ދިޔައީ ދެންވާނެ ގޮތަކާމެދު ސުވާލު އުފައްދަމުންނެވެ. އެއަށްފަހު ދެން އިވުނީ ބަދަލު ކުޅުންތެރިންނާއެކު ފަރިތަކުރަން ދެކޮޅު ހަދައި، ފުރަތަމަ 11ގައި ކުޅުނު ކުޅުންތެރިންނާ ބައިވެރިވާން ރޮނާލްޑޯ ޖިމް ހަދަން ދިޔަ ވާހަކައެވެ.

މިއާއެކު މީޑިޔާތަކުގެ ފަލަ ސުރުޚީތައް ފުރާލީ ޕޯޗުގަލް ޓީމާ ވަކިވާން ކޯޗާއި ޕޯޗުގަލްގެ ފުޓްބޯޅަ ފެޑަރޭޝަނުން ރޮނާލްޑޯއަށް މަޖުބޫރުކުރި ވާހަކަތަކެވެ. އެއަށްވުރެ ކުރިން ނޫސްތަކުގައި ހުރި ވާހަކަތަކަށް ބާރު ލިބެނީ ރޮނާލްޑޯގެ ހަޔާތުގެ ބައިވެރިޔާ ޖޯޖީނިއާ، ސްވިޒަލޭންޑްގެ މެޗުގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ނުލައި ޕޯޗުގަލް ކުޅުމުންދިއުމަކީ ކޮންފަދަ ލަދުވެތިކަމެއްތޯ އަހައި ބެލުންތެރިންނަށް ބޮޑު ސުވާލެއް ދޫކޮށްލުމުންނެވެ.

މި ހުރިހާ ކަމަކަށް ޖަވާބުދެމުން ކޯޗު ފެނާންޑޯ ސަންޓޯސް ބުނީ ބެންޗުގައި ރޮނާލްޑޯ ބޭންދި ސަބަބު އޭނާއަށް ވިސްނައިދޭން ވަރަށް ގިނަ ވަގުތު ހޭދަކުރެވިއްޖެ ކަމަށާއި އެންމެ ރަނގަޅު ގޮތަކީ ކޮންމެ މީހަކުވެސް ރޮނާލްޑޯ އެކަނި ދޫކޮށްލުން ކަމަށެވެ. އަދި އޭނާއަކީ ޓީމުގެ މުހިންމު ކުޅުންތެރިއެއް ކަމަށާއި ޓީމު ދޫކޮށްދާން ރޮނާލްޑޯއަށް އެކަކުވެސް މަޖުބޫރު ނުކުރާނެކަމަށެވެ.

ސްވިޒަލޭންޑް އަތުން ހޯދި މޮޅާއެކު މިވަގުތު ޕޯޗުގަލް އޮތީ ވަރަށް ބޮޑު އިތުބާރަކާއެކުއެވެ. ކޯޗު މިރޭގެ މެޗު ފަށާނީ ކުރީ މެޗުގައިވެސް ބޭނުންކުރި ފުރަތަމަ 11 އާއެކުއެވެ. ކުރިއަށް ކުޅޭނީ ގޮންކާލޯ ރާމޯސްއެވެ. ސްޕެއިން އަތުން މޮރޮކޯ މޮޅުވި މެޗުގައި ކޯޗު ލުއިސް އެންރީކޭގެ ލޮލުގައި އަޅައިގަތީ މޮރޮކޯގެ އަޒީޒުއްދީން އޮއުނާހީގެ ކުޅުމެވެ. އެންރީކޭ ދުށްގޮތުގައި ސްޕެއިން ބަލިވުމުގެ އަސްލަކީ މެދުތެރެއިން ވަރުބަލިވުމެއް ނެތް އަހެއް ފަދައިން ދުވެ، އޮހުނާއީ ހޯދި ބޯޅަތަކެވެ. މިހެންވެ އަޝްރަފް ހަކީމީއާއި ހާކިމް ޒިޔެޗް އަދި އަމްރަބަށްވުރެ ބޮޑަށް ޕޯޗުގަލް ޓީމުން މިރޭ އޮހުނާއީއަށް ސަމާލުކަންދޭނެއެވެ. މޮރޮކޯއަކީ ޑިފެންސް ވަރުގަދަ ޓީމެއް ނަމަވެސް ޕޯޗުގަލްގެ އެޓޭކަރުންގެ ކިބައިގައި ގޯލް ފޫދުއްވާލާނެ ހުރިހާ ހުނަރަކާ ގާބިލްކަމާއި ވިސްނުން ހުރިކަމަށް އެމީހުން ތިބީ ޔަގީންކޮށްގެންނެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022ޕޯޗުގަލްފެނާންޑޯ ސަންޓޯސްކްރިސްޓިއާނޯ ރޮނާލްޑޯކުޅިވަރު

ކޮމެންޓް

އިތުރަށް ކިޔާލަން

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު