Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޝީ، ސީސީއާއި ބައްދަލުކުރެއްވުން

ޝީ، ސީސީއާއި ބައްދަލުކުރައްވައިފި

މަލްޓިލެޓްރަލް ދާއިރާއިން ގުޅުން ބަދަހިކުރުމަށް ދެގައުމުން އެއްބަސްވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 9 ޑިސެމްބަރު 2022 | ހުކުރު 08:35
ޗައިނާގެ ރައީސް އަދި މިސްރުގެ ރައީސް ސިސީ ސަލާމްކުރައްވަނީ

ޗައިނާގެ ރައީސް އަދި މިސްރުގެ ރައީސް ސިސީ ސަލާމްކުރައްވަނީ

ސައުދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ޗައިނާގެ ރައީސް ޝީ ޖިންޕިންގ، މިސްރުގެ ރައީސް އަބްދުލްފައްތާހު އަލް-ސީސީއާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ޝީ ވިދާޅުވީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ މަސްރަހުގައި ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށާއި، ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުން މުހިންމު ކަމަށެވެ. އަދި ދެގައުމުން ވެސް ޝައުގުވެރިކަން ހުރި ކަންކަމާއި ވިޝަންއާއެކު ދެގައުމުން ގުޅިގެން މަސައްކަތް ކޮށް ޗައިނާ-މިސްރު ކޮމިއުނިޓީއެއް ބިނާކޮށް ޗައިނާ-މިސްރު ކޮމްޕްރެހެންސިވް ސްޓްރެޓެޖިކް ގުޅުމުގެ ތެރެއިން މަސައްކަތް ކުރައްވަން ޖެހޭ ކަމަށެވެ.

ޝީ ވިދާޅުވީ، މިސްރުން އެގައުމުގެ ގައުމީ މަސްލަހަތާ އެއްގޮތަށް ތަރައްގީގެ މަގު ހިޔާރުކުރާ ގޮތާއި، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ސެކިއުރިޓީ އަދި ތަރައްގީގެ ޝައުގުވެރިކަމަށް ތާއިދުކުރައްވާ ކަމަށެވެ. ޗައިނާއިން އޮތީ މިސްރާއެކު ބެލްޓް އެންޑް ރޯޑް ކޯޕަރޭޝަން އިތުރަށް ވަރުގަދަކޮށް 10ތު އޮފް ރަމަޟާން ސިޓީއާއި ސެންޓްރަލ ބިޒްނަސް ޑިސްޓްރިކްޓާއި ދެމެދު ގާއިމްކުރާ ޓްރެއިން ޕްރޮޖެކްޓް ޝެޑިއުލްއާ އެއްގޮތަށް ކުރިއަށް ގެންގޮސް ޗައިނާ-މިސްރު ސުވޭޒް އިކޮނަމިކް އަދި ޓްރޭޑް ކޯޕަރޭޝަން ޒޯންއާއި އެހެނިހެން ބޮޑެތި ކާމިޔާބު ކަމާއެކު ނިންމާލުމަށް ކަމަށް ޝީ ވިދާޅުވިއެވެ.

މީގެއިތުރުން ޝީ ވިދާޅުވީ ޗައިނާ އިން އޮތީ މިސްރުން ފެންވަރު ރަނގަޅު މުދާ އެތެރެކުރުމަށް ތައްޔާރަށް ކަމަށާއި، ފައިނޭންސްއާއި އިންވެސްޓްމަންޓް ދާއިރާއިން ގުޅުން ބަދަހިކޮށް ގުޅިގެން ވެކްސިން އުފެއްދުމާއި ވައިގެ ދާއިރާއާ ގުޅުންހުރި ކަންކަމުގައި ގުޅުން ބަދަހިކުރަން ތައްޔާރަށް އޮތް ކަމަށެވެ. އަދި ދެ ގައުމުން ވެސް ލުބާން ވޯކްޝޮޕް ޕްރޮމޯޓްކޮށް ޗައިނާގެ ބަސް ދަސްކުރުން ޕްރޮމޯޓްކުރަން ޖެހޭ ކަމަށާއި، އެއާއެކު ޗައިނާ-މިސްރުގެ ގުޅުން ވަރުގަދަވެގެންދާނެކަމަށް ޝީ ފާހަގަކުރެއްވިއެވެ.

ޝީ ވިދާޅުވީ އުއްމީދު ކުރައްވަނީ ޗައިނާއިން ހުށަހަޅާފައިވާ ފުރަތަމަ ޗައިނާ-އަރަބް ސަމިޓްގައި ޗައިނާ-އަރަބް ކޮމިއުނިޓީއެއް އުދެއްދުމަށް ކުރަމުން އަންނަ މަސައްކަތަށް މިސްރުގެ އެއްބާރުލެއްވުން ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން ޗައިނާ-އެފްރިކާ ސަމިޓްގައި އިއުލާންކޮށްފައިވާ 9 ޕްރޮގްރާމްވެސް ތަންފީޒުވެގެން ދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ޝީ ވިދާޅުވިއެވެ.

ޝީ ވަނީ ޝާމް އަލް-ޝައިޚްގައި ބޭއްވި ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް27) ގައި ހޯދި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އަމާޒަކީ ހަކަތައާއި ފެހި އިގްތިސާދީ ދާއިރާ އަދި ލޯ ކާބަން ޓެކްނޮލޮޖީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެއްވުން ކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އދ އަދި އެހެނިހެން މަލްޓިލެޓަރަލް ޕްލެޓްފޯމްތަކުގައި ޗައިނާއިން އޮތީ މިސްރާއި ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް ކަމަށާއި، ގުޅިގެން މަލްޓިލެޓަރަލް އަދި ބައިނަލްއަގުވާމީ ގުޅުންތަކާއި ގައުމުތައް ގުޅިގެން ބިނާކުރުމުގައި ކުރާ މަސައްކަތާއި، ސުލްހަމަސަލަސްކަން އަދި ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމުގައި މިސްރާއެކު ވަކާލާތުކުރަން ތައްޔާރަށް އޮތްކަމަށް ޝީ ވަނީ ވިދާޅުވެފައެވެ.

މިސްރުގެ ރައީސް ސީސީ ވިދާޅުވީ، ޗައިނާގެ ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާގެ މޭސްތިރިކަމުގައި ޗައިނާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އަދި ދާދި ފަހުން ބޭއްވި ވިހިވަނަ ސީޕީސީ ނެޝަނަލް ކޮންގްރެސްގެ ކާމިޔާބީއަށް ސީސީ ވަނީ މަރުހަބާ ވިދާޅުވެފައެވެ.

ޗައިނާ ފަދަ ބައިވެރިއެއް ލިބުމަކީ އުފަލެއްކަމަށް ސީސީ ވަނީ ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތްތަނުގައި ޗައިނާ-މިސްރުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންގޮސް އެކިއެކި ދާއިރާތަކުން ބައިލެޓްރަލް ކޯޕަރޭޝަން ވަރުގަދަކޮށް އުއްމީދީ ނަތީޖާތަކެއް ނެރެވޭނެކަމަށް ސީސީ ވިދާޅުވިއެވެ.

މިސްރުން ވަން-ޗައިނާ ޕޮލިސީ ގަބޫލުކުރާ ކަމަށާއި، ހޮންކޮންގެ މައްސަލައާއި ޗައިނާގެ ޝައުގުވެރިކަން ހުރި ކަންކަމުގައި މިސްރުން ޗައިނާއަށް ތާއީދުކުރާ ކަމަށާއި، ބޭރުގެ ނުފޫޒުތައް ބަލައި ނުގަނެވޭނެކަމަށް ވެސް ސީސީ ވަނީ ވިދާޅުވެފައެވެ.

އަދި ބެލްޓް އެންޑް ރޯޑް ކޯޕަރޭޝަންގައި މަސައްކަތް ކުރުމާއި، މިސްރުގައި އުމްރާނީ ތަރައްގީގެ މަސައްކަތް ކުރުމަށް ޗައިނާއަށް މަރުހަބާ ކިޔާކަމަށް ސީސީ ވިދާޅުވިއެވެ. މިސްރުގެ ދޮރުތައް ވަނީ ޗައިނާގެ ކުންފުނިތަކަށް ހުޅުވިފައި ކަމަށާއި، އިންވެސްޓްކޮށް ގުޅުން ބަދަހިކުރުމަށް ފުރުސަތު އޮތްކަމަށް ސީސީ ވިދާޅުވިއެވެ. އަދި ވެކްސިން ތަރައްގީކުރުމާއި ތަރައްގީގެ އެހެނިހެން ކަންކަމުގައި ޗައިނާއާއެކު ގުޅުން އިތުރަށް ވަރުގަދަވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ސީސީ ވިދާޅުވިއެވެ.

ސީސީ ވަނީ ކޮޕް27 ގައި ޗައިނާގެ މުހިންމު އަދި ޕޮޒިޓިވް ރޯލަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިސްރުން އޮތީ މަލްޓިލެޓެރަލް ކޮމިއުނިކޭޝަން އަދި ކޯޕަރޭޝަންގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ތައްޔާރަށް ކަމަށާއި، ފުރަތަމަ ޗައިނާ-އަރަބް ސަމިޓާއެކު ޗައިނާާ-އަރަބް ގުޅުން އެހެން ހަރުފަތަކަށް ގެންދެވޭނެކަމަށް އުއްމީދުކުރައްވާ ކަމަށް ސީސީ ވިދާޅުވިއެވެ.

ޗައިނާގެ ރައީސް ޝީ ޖީންޕިންގްމިސްރުގެ ރައީސް, ޢަބްދުލްފައްތާޙް އައްސީސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝިޔާއާއި ޗައިނާގެ ގުޅުން ބަދަހިކުރުމަށް ޕުޓިން ޗައިނާއަށް ވަޑައިގެންފި

ރަޝިޔާއާއި ޗައިނާގެ ގުޅުން ބަދަހިކުރުމަށް ޕުޓިން ޗައިނާއަށް ވަޑައިގެންފި

16 މެއި 2024
ޗައިނާ އާއި އެމެރިކާ ވާންޖެހޭނީ ބައިވެރިންނަށް، ވާދަވެރިންނަކަށްނޫން: ޝީ

ޗައިނާ އާއި އެމެރިކާ ވާންޖެހޭނީ ބައިވެރިންނަށް، ވާދަވެރިންނަކަށްނޫން: ޝީ

26 އެޕްރީލު 2024
ރައީސްގެ ދެކަނބަލުން ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު މާލެ ވަޑައިގެންފި

ރައީސްގެ ދެކަނބަލުން ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު މާލެ ވަޑައިގެންފި

13 ޖެނުއަރީ 2024
ފަތުރުވެރިކަން ފުޅާކުރުމާއި ގުޅޭގޮތުން ރައީސް މުއިއްޒު ޗައިނާގެ ރައީސާއި މަޝްވަރާކުރައްވައިިފި

ފަތުރުވެރިކަން ފުޅާކުރުމާއި ގުޅޭގޮތުން ރައީސް މުއިއްޒު ޗައިނާގެ ރައީސާއި މަޝްވަރާކުރައްވައިިފި

11 ޖެނުއަރީ 2024
ސަރުކާރުގެ ބޮޑެތި ހުރިހާ މަޝްރޫއެއް ޗައިނާއަށް، ޖުމްލަ 20 އެއްބަސްވުމެއްގައި ސޮއިކޮށްފި

ސަރުކާރުގެ ބޮޑެތި ހުރިހާ މަޝްރޫއެއް ޗައިނާއަށް، ޖުމްލަ 20 އެއްބަސްވުމެއްގައި ސޮއިކޮށްފި

11 ޖެނުއަރީ 2024

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު