Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާއާއި ޗައިނާގެ ގުޅުން

ރަޝިޔާއާއި ޗައިނާގެ ގުޅުން ބަދަހިކުރުމަށް ޕުޓިން ޗައިނާއަށް ވަޑައިގެންފި

ބުރާސްފަތި ދުވަހުގެ ރޭ ދެގައުމުގެ އިސް އޮފިޝަލުންގެ މެދުގައި ނުރަސްމީ ބައްދަލުވުމެއް ބާއްވާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 16 މެއި 2024 | ބުރާސްފަތި 07:54
ޗައިނާގެ ރައީސް ޝީ ޖިންޕިންގއާއި ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން

ޗައިނާގެ ރައީސް ޝީ ޖިންޕިންގއާއި ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން

ރަޝިޔާއާއި ޗައިނާގެ ގުޅުން ބަދަހި ކުރުމަށް ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން ޗައިނާއަށް ވަޑައިގެންފިއެވެ.

ރަޝިއާގެ ރައީސް ޕުޓިން ޗައިނާއަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގއާ ބައްދަލުކުރެއްވުމަށްފަހު، ޗައިނާގެ ޝިންހުއާ ނިއުސް އެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ގައުމީ މަސްލަހަތާއި ދެފަރާތުގެ ފުން އިތުބާރެއްގެ މައްޗަށް ބިނާކޮށް ރަޝިޔާއާއެކު "ސްޓްރެޓެޖިކް ޕާޓްނަރޝިޕެއް" ގާއިމްކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި މި ނިންމެވުމަށް ޕުޓިން ވަނީ ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ.

ޕުޓިން ވިދާޅުވީ މަސައްކަތުގެ ސިނާއަތް، ހައި ޓެކްނޮލޮޖީ، ނިއުކްލިއާ ހަކަތަ، އާޓިފިޝަލް އިންޓެލިޖެންސް، އިއާދަކުރަނިވި ހަކަތަ އާއި އެހެނިހެން އައު ދާއިރާތަކުގައި ކުރިއަށް ދިއުމުގައި ދެގައުމުން ގުޅިގެން މަސައްކަތް ކުރުމާއި، އެއްބާރުލުން ދިނުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.

މީގެ އިތުރުން ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށް ސުލްހަވެރި ހައްލެއް ގެނައުމާ ގުޅޭ ގޮތުން ޗައިނާގެ ރައީސް ޝީ ޖިންޕިންގ ހުށަހަޅުއްވާފައިވާ ހުށަހެޅުންތަކުގައި, ހަނގުރާމައިގެ ފަހަތުގައި ފޮރުވިފައިވާ ބޮޑު މައްސަލައަށް ހައްލެއް ހޯދުމަށް އިސްކަން ދިނުމާއި އެކަމާއި ގުޅޭގޮތުން މަޝްވަރާތައް ކޮށްފައިވާ ކަމަށް ބޭރުގެ މީޑީއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ބުރާސްފަތި ދުވަހުގެ ރޭ ދެގައުމުގެ އިސް އޮފިޝަލުންގެ މެދުގައި ނުރަސްމީ ބައްދަލުވުމެއް ބާއްވާނެއެވެ. އިސް އޮފިޝަލުންގެ މެދުގައި ބާއްވަވާ މި ބައްދަލުވުކުރެއްވުމުގައި ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާއި، ދެގައުމުގެ ވިޔަފާރިތަކާއި ގުޅޭގޮތުން މަޝްވަރާތައް ކުރިއަށް ގެންދާނެއެވެ.

ޕުޓިން ޗައިނާއަށް ކުރައްވާ މިދަތުރުފުޅުގައި ރަޝިޔާއާ ތާރީހީ ގުޅުންތަކެއް އޮންނަ އިރުއުތުރުގެ ސިޓީއެއް ކަމަށްވާ ހާބިން އަށް ވެސް ޒިޔާރަތް ކުރައްވާނެ އެވެ.

ދެގައުމުގެ ގުޅުން ވަރުގަދަ ކުރަމުންދާ މިދަނޑިވަޅުގައި ރަޝިޔާގައި އުފައްދާ މުދަލަށް ޚާއްސަ މޯލް އެއް ވެސް ޗައިނާގައި ވަނީ ހުޅުވާފައެވެ. މި މޯލްގައި ވިއްކާ 80 އިންސައްތައަކީ ރަޝިޔާގެ އުފެއްދުންތަކެވެ.

ރަޝިއާޗައިނާވްލަޑިމިއަރ ޕުޓިންޗައިނާގެ ރައީސް ޝީ ޖީންޕިންގް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
06 ޑިސެމްބަރު 2025

އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

06 ޑިސެމްބަރު 2025
އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް
06 ޑިސެމްބަރު 2025

ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ

06 ޑިސެމްބަރު 2025
ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ
05 ޑިސެމްބަރު 2025

ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް

05 ޑިސެމްބަރު 2025
ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް
04 ޑިސެމްބަރު 2025

އެމެރިކާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ބޭނުންތެރި: ޕުޓިން

04 ޑިސެމްބަރު 2025
އެމެރިކާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ބޭނުންތެރި: ޕުޓިން
04 ޑިސެމްބަރު 2025

ހަނގުރާމަ ނިންމަން ޕުޓިން ބޭނުންވޭ، އެމެރިކާ އިން ޔުކްރެއިން އާއެކު އައު މަޝްވަރާ ތަކެއް ބާއްވަން ތައްޔާރު: ޓްރަމްޕް

04 ޑިސެމްބަރު 2025
ހަނގުރާމަ ނިންމަން ޕުޓިން ބޭނުންވޭ، އެމެރިކާ އިން ޔުކްރެއިން އާއެކު އައު މަޝްވަރާ ތަކެއް ބާއްވަން ތައްޔާރު: ޓްރަމްޕް
04 ޑިސެމްބަރު 2025

އެމެރިކާގެ ބައެއް ހުށަހެޅުންތައް ޕުޓިން ޤަބޫލު ކުރައްވައިފި

04 ޑިސެމްބަރު 2025
އެމެރިކާގެ ބައެއް ހުށަހެޅުންތައް ޕުޓިން ޤަބޫލު ކުރައްވައިފި
02 ޑިސެމްބަރު 2025

ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އުންމީދު ބޮޑު ކަމަށް ވައިޓް ހައުސް އިން ބުނެފި

02 ޑިސެމްބަރު 2025
ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އުންމީދު ބޮޑު ކަމަށް ވައިޓް ހައުސް އިން ބުނެފި
28 ނޮވެމްބަރު 2025

ޑިސެމްބަރު ހަތަރު ވަނަ ދުވަހު ޕުޓިން އިންޑިއާ އަށް ވަޑައިގަންނަވަނީ

28 ނޮވެމްބަރު 2025
ޑިސެމްބަރު ހަތަރު ވަނަ ދުވަހު ޕުޓިން އިންޑިއާ އަށް ވަޑައިގަންނަވަނީ
27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު