Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ދެކުނު ޗައިނާކަނޑުގައި އޮވެފައި ކުރޫން ބަދަލުކުރަން ރާއްޖެއަށް، މިއީ ޖޯކެއްތަ؟

ޗައިނާގެ އެހެން ބޯޓެއް މިދިޔަ އޮކްޓޯބަރު މަހު ލަންކާގެ ކަނޑުގެ ސަރަހައްދުގެ ދިރާސާވެސް ކޮށްފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 26 ޖެނުއަރީ 2024 | ހުކުރު 11:16
ރާއްޖެއަށް ކުރޫން ބަދަލުކުރަން ކަމަށް ބުނެ އަންނަ ބޯޓު އަދި ދެގައުމުގެ ރައީސުން

ރާއްޖެއަށް ކުރޫން ބަދަލުކުރަން ކަމަށް ބުނެ އަންނަ ބޯޓު އަދި ދެގައުމުގެ ރައީސުން

އިންޑިއާ އާ އެކުވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމާއެކު، ކަނޑުގެ ސަރވޭ ހަދާ ޗައިނާގެ ބޯޓެއް ރާއްޖެ އަންނަން ހުއްދައަށް އެދި އެ ބޯޓު އަންނާނެކަމަށް ބުނާ ތާރީހު ކައިރިވެފައިވާ އިރު، އެ ހުއްދައަށް އެދިފައިވާކަން ސަރުކާރަށް އެނގޭކަމަކަށް ނުހަދާ އެންމެ ފަހުން ޕްރެޝަރު ބޮޑުވެގެން އެ ބޯޓު އަންނަނީ ކުރޫން ބަދަލުކުރަން ކަމަށް ސަރުކާރުން ބުނެފިއެވެ.

ނަމަވެސް ކުރޫން ބަދަލުކުރަން ރާއްޖެއަންނަން ނިންމި ކަމަށް ސަރުކާރުން ބުނާ ވާހަކައިގެ އޮއްޓަރެއް ނެތެވެ. އިންޑިއާ އާއެކު ވެފައިވާ ހައިޑްރޯގްރަފީ އެއްބަސްވުން ނިމުމަކަށް ގެނައިތާ ހަފްތާއެއް ނުވަނީސް، ޗައިނާގެ ކަނޑުގެ ދިރާސާކުރާ އުޅަނދެއް ރާއްޖެ އައުމުގެ ހުއްދައަށް އެދުނެވެ. އަދި އެ ބޯޓު އޮތީ ހުއްދަ ލިބުމާއެކު އަންނަން ތައްޔާރަށެވެ. ނަމަވެސް ޖެނުއަރީ މަހުގެ 5 ވަނަ ދުވަހު އައުމަށް ހުއްދައަށް އެދުނު ބޯޓުގެ ހުއްދަ ނުދީ ހިފަހައްޓާފައި އޮވެފައި، ކުއްލިއަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅާއެކު އެ ހުއްދަވެސް ދީފިއެވެ.

ޗައިނާގެ ކަނޑުގެ ދިރާސާކުރާ ބޯޓު ރާއްޖެ އަންނަނީ ކުރޫން ބަދަލުކުރަން ކަމަށް ސަރުކާރުން ބުނެފައިވީނަމަވެސް އަސްލަކީ އެއީއެއް ނޫނެނެވެ. ދާދިފަހުން ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި 30 އެއްބަސްވުމެއް ވެފައިވެއެވެ. އިތުބާރު ހުރި ގޮތަކަށް ލިބުނު މައުލޫމާތުތަކުން އެނގޭގޮތުގައި، 20 އެއްބަސްވުން ހާމަކޮށް ތަފްސީލު ނުދިން ނަމަވެސް ބާކީ 10 އެއްބަސްވުމުގައި ކަނޑުގެ ސަރވޭގެ ވާހަކަ ހިމެނެއެވެ. އަދި މި ބޯޓަކީ އެކަމަށް އަންނަ ބޯޓެއް ކަމަށްވެއެވެ. މި ބޯޓުން ހަމައެކަނި ސަރވޭ ކުރަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައެއް ނޫނެނެވެ. ލަންކާ ރާއްޖެ ހިމެނޭހެން އިންޑިއާ ކަނޑުގެ ދެކުނުގައެވެ.

ދިވެހި ސަރުކާރުން، އިންޑިއާގެ ކަނޑުގެ ސިފައިންނާއެކު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައިކަން އިއުލާންކުރި އިރު، މި ޖެނުއަރީ މަހުން ފެށިގެން ޗައިނާގެ ރިސަރޗް ސަރވޭ ވެސެލް ދެކުނު އިންޑިއާ ކަނޑުގައި ދިރާސާކުރުމަށް މާލެއަށް ބަނދަރުކުރުމުގެ ހުއްދައަކަށް އެދިފައިވެއެވެ. އެއިރު މި އުޅަނދު އޮތީ ދެކުނު ޗައިނާ ކަނޑުގެ ޝިއާމެންގެ އައްސޭރިފަށުގައެވެ.

ސުވާލު އުފެދެނީ މިހެންވެއެވެ. ސަރުކާރުން ރައްޔިތުންނަށް އޮޅުވާލާ އެ ބޯޓު އަންނަނީ ކަނޑުގެ ދިރާސާކުރަން ނޫން ކަމަށާއި، ކުރޫން ބަދަލުކުރަން ކަމަށް ބުނުމެވެ. ދެކުނު ޗައިނާ ކަނޑުގައި އަދި ޗައިނާ ކައިރީގައި އޮވެފައި، އަދި ބޮޑެތި އާގުބޯޓު ފަހަރަށް ހިދުމަތްދެވޭ ބޮޑެތި ބަނދަރުތައް އެ ސަރަހައްދުގައި ހުރެފައި، ރާއްޖެއަށް ކުރޫން ބަދަލުކުރަން އަންނަ ވާހަކަ ދެއްކީމަ ހަމަ ގަބޫލުކުރަންވީހެއްޔެވެ.

ޗައިނާއިން ބުނާގޮތުން، ލަންކާގައި ބަނދަރުކުރި ބޯޓަކީ 60 ފަޅުވެރިންނާއެކު، ހަރަކާތްތެރިވަމުން އަންނަ ސައިންޓިފިކް ރިސަރޗް އުޅަނދެއް ކަމަށާއި، އެ އުޅަނދުން ކުރާނެ މައިގަނޑު މަސައްކަތްތަކަކީ، އޯޝަންގްރަފީ, ޖިއޯލޮޖީ އަދި މެރިން އެކޮލޮޖީ ޓެސްޓްތައް ކަމަށެވެ. މަސައްކަތް ކުރާނީ ދެކުނު އިންޑިއާ ކަނޑުގައި ކަމަށެވެ. މީގެ އިތުރުން، ލަންކާގެ އައްސޭރިފަށުގެ ސަރވޭ ކުރުމަށްފަހު، ލަންކާއަށް ދިޔަ ބޯޓު ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހު ސިންގަޕޫރަށް ވަނީ ބަނދަރުކޮށްފައެވެ. އަދި އެއަށްފަހު ޗައިނާއިން އެދުނީ ރާއްޖޭގައި، އެގައުމުގެ ދިރާސާކުރާ ބޯޓު ބަނދަރުކުރުމުގެ ހުއްދައަކަށެވެ.

މީގެ އިތުރުން، ލަންކާގެ އައްސޭރިފަށުގެ ސަރވޭ ކުރުމަށްފަހު، ލަންކާގައި އޮތް ބޯޓު މި މަހުގެ 2 ވަނަ ދުވަހު ސިންގަޕޫރަށް ވަނީ ބަނދަރުކޮށްފައެވެ. އަދި އެއަށްފަހު ޗައިނާއިން ވަނީ ލަންކާ އަދި ރާއްޖޭގައި، އެގައުމުގެ ދިރާސާކުރާ ބޯޓު ބަނދަރުކުރުމުގެ ހުއްދައަކަށް އެދިފައެވެ. ނަމަވެސް ދެކުނު އިންޑިއާ ކަނޑުގައި އެތަކެއް ސަތޭކެ މޭލަކަށް ދެމިގެންދާ ރާއްޖޭގެ ކަނޑު ދިރާސާކުރާ ބޯޓެއް އަންނަ ކަމެއް އަދި ސަރުކާރުން އެކަމަށް ހުއްދަ ދިންކަމެއް ނުވަތަ ނުދޭކަމެއް ހާމައެއް ނުކުރެއެވެ.

ރާއްޖޭގައި ބޮޑެތި އާގުބޯޓު ފަހަރަށް ބަންކަރިންނާއި، ކުރޫން ބަދަލުކުރުމުގެ ހިދުމަތެއް ދެވޭނެ ވަރުގެ ބަނދަރެއް ނެތެވެ. އަދި އެކަން މަދުފަހަރަކު ނަމަވެސް ކޮވިޑްގެ ތެރޭގައި ކޮށްފައިވަނީ ވަރަށް ހާލުންނެވެ. ހުޅުމާލެއާއި ދިމާލުން ދެކުނު ކަނޑުއޮޅިން ވައްދާ އެ ދިމާލުގައި ބާއްވާ އެމްޕީއެލްގެ ކުޑަ އުޅަނދުތަކުގައެވެ. އެއަށްވުރެ ފަސޭހައިން އިންޑޮނޭޝީއާ، ސިންގަޕޫރު އަދި ރާއްޖޭއާއި ކައިރިން ޗައިނާގެ ބާރުގެ ދަށުގައި އޮތް ހަންބަންޓޯޓާ ބަނދަރުގައި ވެސް ޗައިނާއަށް އެކަން ކުރެވޭނެއެވެ. ނަމަވެސް ލަންކާގައި ދިރާސާތަކެއް ކޮށްފައިވާ ކަމަށް ލަންކާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

އެހެންކަމުން ދެން ލަންކާގައި މި ބޯޓު ހަރަކާތްތެރިވާން ޖެހޭ މާ ބޮޑު ބޭނުމެއް ނެތެވެ. ދެން އޮތީ ރާއްޖެއެވެ. ރާއްޖެއަށް އެތެރެެވާން އެ އުޅަނދަށް ދިވެހި ސަރުކާރުން ދިން ހުއްދައަކީ ކަނޑުގެ މައުލޫމާތު ނެގުމުގެ ހުއްދައެވެ. މި އުޅަނދަނީ ޒަމާނީ އެންމެ ފަހުގެ ވަސީލަތްތައް ހިމެނޭ ގޮތަށް ކަނޑުގެ ސަތަހައިން ފެށިގެން ހުރިހާ މައުލޫމާތެއް ބޯޓުގައި ތިބެގެން ނެގޭ ވަރުގެ އުޅަނދެކެވެ. އެހެންވީމާ ރާއްޖޭގެ އީއީޒެޑަށް އެތެރެވާ ހިސާބުން މި ބޯޓަށް އެ ހުރިހާ މައުލޫމާތެއްވެސް ނެގޭނެއެވެ.

އޮކްޓޯބަރު މަހު ލަންކާއަށްވެސް، ޗައިނާގެ ދިރާސާކުރާ އެހެން ބޯޓެއް ބަނދަރުކޮށްފައިވާ ކަމަށް ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ. ލަންކާއަށް ބަނދަރުކުރީ "ޝި ޔާން6" އެވެ. ލަންކާއިން ވެސް މިކަން ކަށަވަރުކޮށްދީފައިވެއެވެ. އަދި ފައިސާ ނުދެއްކިގެން ޗައިނާއަށް ނަގާފައިވާ ލަންކާގެ ހަންބަންޓޯޓާ ބަނދަރުގައި ޗައިނާގެ ކަނޑުގެ ދިރާސާތައް ކުރާ ބޯޓު ބަނދަރުކޮށްފައި އޮތް ކަމަށް ލަންކާގެ ނޫސްތަކުގައި ވެސް ރިޕޯޓްކޮށްފައިވެއެވެ.

ދެކުނު އިންޑިއާ ކަނޑުގައި ދިރާސާކުރުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ ފަހުކޮޅާ ހަމައަށެވެ. މި މުއްދަތަށް ބަލާއިރު މިއީ އިންޑިއާއެކު ވެފައިވާ ހައިޑްރޯގްރަފީ އެއްބަސްވުން ހަމަވާ މުއްދަތެވެ. އެއް މުއްދަތު ހަމަވާނީ ޖޫން މަހުން ފެށިގެންނެވެ. ނަމަވެސް އަދި ސަރުކާރުން މިކަމަށް ހުއްދަ ދިން ކަމެއް އަދި ނުދޭ ކަމަށްވެސް ހާމައެއް ނުކުރެއެވެ.

މިހާރު ފެންނަން ހުރި މައުލޫމާތުތަކަށް ބަލާއިރު ޗައިނާގެ ކަނޑުގެ ރިސާޗު ކުރާ އުޅަނދެއް ޖެނުއަރީ 30 ގައި މާލެ އަށް އަންނަން ދަތުރުކުރަމުންދާކަން ވަނީ ޔަޤީންވެފައެވެ. އެގޮތުން ކަނޑު އުޅަނދުތައް ޓްރެކްކުރާ ސައިޓުތަކުންސާފުކޮށް އެނގޭ ކަމަކީ ޗައިނާ ސަރުކާރުގެ އުޅަނދެއް ކަމަށްވާ "XIANG YANG HONG 03" މިހާރު ރާއްޖެ އަށް މިސްރާބު ޖަހާފައިވާ ކަމެވެ. މިއީ 4813 ޓަނުގެ އުޅަނދެކެވެ. މި އުޅަނދުގައި އެންމެ ފަހުގެ ސަރވޭ އަދި ސަރވައިލެންސް އާލާތްތައް ގާއިމްކޮށްފައިވެއެވެ.

އަދި މި ހިސާބަށް އައި އިރުވެސް ސަރުކާރުން އިޚުތިޔާރު ކޮށްފައިވަނީ ހަނު އޮތުމަށެވެ. އެފަދަ މައުލޫމާތެއް ހަމަ ހިލާ އެނގޭ ކަމަކަށް ނަހަދައެވެ. ހާމަކަން ބޮޑުކަމަށް ވިދާޅުވާ ސަރުކާރުގެ އުސޫލަކީ މިއީއެވެ. ހާމައަށް ފެންނަން ހުންނަ ކަންކަމުގައި ވެސް ސީދާ ދޮގާއި އޮޅުވާލުމެވެ. މިހެން ފާހަގަކުރަން ޖެހޭ ސަބަބަކީ ޗައިނާގެ މިފަދަ އުޅަނދެއް މި މަހު ރާއްޖެ އަންނަކަމަށް ބޭރުގެ މީޑިއާތަކުން މިދިޔަ މަހު ރިޕޯޓުކުރުމާ ގުޅިގެން އޯޝަން ރިސޯސަސް މިނިސްޓްރީން އެކަން ދޮގުކޮށްފައިވުމެވެ. އެއްގޮތަކީ އެ ވުޒާރާ އަށް އެނގިފައިނެތީއެވެ. އަނެއް ގޮތަކީ އެނގި ތިބެ ސިއްރު ކުރުމެވެ. ދެ ހާލަތުގައި ވެސް މިއީ ވަރަށް ބޮޑު މައްސަލައެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޑެލްޓާ ވޭރިއެންޓްގެ އިންޒާރާއެކު ވެސް ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެ ހުޅުވުން ބުއްދިވެރިތަ؟

ޑެލްޓާ ވޭރިއެންޓްގެ އިންޒާރާއެކު ވެސް ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެ ހުޅުވުން ބުއްދިވެރިތަ؟

30 ޖޫން 2021
އިނގިރޭސިވިލާތް، ބްރެޒިލް އަދި ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑްގެ އައު ވޭރިއަންޓްތައް: ކަންބޮޑުވާންޖެހެނީ ކިހާ މިންވަރަކަށް؟

އިނގިރޭސިވިލާތް، ބްރެޒިލް އަދި ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑްގެ އައު ވޭރިއަންޓްތައް: ކަންބޮޑުވާންޖެހެނީ ކިހާ މިންވަރަކަށް؟

15 ޖެނުއަރީ 2021
އައު ސަރުކާރުން އުތުރުވެސް ދެކުނުވެސް ދޫކޮށެއް ނުލި، މިއީ ބަޔަކަށް ހަޖަމްނުވާނެ ހަގީގަތެއް!

އައު ސަރުކާރުން އުތުރުވެސް ދެކުނުވެސް ދޫކޮށެއް ނުލި، މިއީ ބަޔަކަށް ހަޖަމްނުވާނެ ހަގީގަތެއް!

04 އޮކްޓޯބަރު 2020
ދިވެހިރާއްޖެ، ދެކުނު އޭޝިއާގެ އެކްސްޕޯޓުގެ އަގު ކޮންޓްރޯލުކުރި ޒަމާން، 17ވަނަ ޤަރުނުގެ މާޒީގެ ތެރޭގައި!

ދިވެހިރާއްޖެ، ދެކުނު އޭޝިއާގެ އެކްސްޕޯޓުގެ އަގު ކޮންޓްރޯލުކުރި ޒަމާން، 17ވަނަ ޤަރުނުގެ މާޒީގެ ތެރޭގައި!

10 އޯގަސްޓު 2020
ދެކުނު ކޮރެއާ ލޮކްޑައުން ނުކޮށް، 900 އިން 9 އަކަށް ވައިރަސްގެ އަދަދުތައް ތިރިކުރީ ކިހިނެއް؟

ދެކުނު ކޮރެއާ ލޮކްޑައުން ނުކޮށް، 900 އިން 9 އަކަށް ވައިރަސްގެ އަދަދުތައް ތިރިކުރީ ކިހިނެއް؟

29 އެޕްރީލު 2020

އަހަރުތަކުން މިއަދު

28 މާރިޗު
މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް
20251 އަހަރު ކުރިން
ރާއްޖެ

މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް
20242 އަހަރު ކުރިން
ރާއްޖެ

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް
20233 އަހަރު ކުރިން
ކުޅިވަރު

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން
20215 އަހަރު ކުރިން
ރާއްޖެ

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ
20197 އަހަރު ކުރިން
ރާއްޖެ

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު