Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީނު - އިސްރާއީލް މައްސަލަ

ވެސްޓް ބޭންކަށް ގަދަވެނުގަތުމަށް އެމެރިކާ އިން އިސްރާއީލަށް ގޮވާލައިފި

އިސްރާއީލުގެ ބާރުގެ ދަށުގައި އޮތް ވެސްޓް ބޭންކަށް ގަދަވެނުގަތުމަށް އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން އެ ގައުމުގެ ކިބައިން އެދިވަޑައިގެންފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 5 ޑިސެމްބަރު 2022 | ހޯމަ 08:11
ފަލަޞްޠީން

ފަލަޞްޠީން

އިސްރާއީލުގެ ބާރުގެ ދަށުގައި އޮތް ވެސްޓް ބޭންކަށް ގަދަވެނުގަތުމަށް އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން އެ ގައުމުގެ ކިބައިން އެދިއްޖެއެވެ.

އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަނެއްކާވެސް ބާރުވެރިކަމަށް ވަޑައިގަތުމަށް ތައްޔާރުވެފައި ވާއިރު ނަތަންޔާހޫ ވަނީ ޒަޔަނިސްޓް ޕާޓީތައް ހިމެނޭހެން ކޯލިޝަން އެއްބަސްވުންތަކެއް ހައްދަވާފައެވެ. އެއާއެކު ފަލަސްތީނުން ވަނީ ގަވާއިދާއި ހިލާފަށް ވެސްޓް ބޭންކާއި ޖެރޫސަލެމްގެ އިތުރު ސަރަހައްދު ތަކެއްގައި އިސްރާއީލުން މީހުން ވަޒަންވެރިކުރުވަން މަސައްކަތްކުރުމުގެ ބިރު އެބައޮތް ކަމަށް ބުނެފައެވެ. މިފަދައިން މީހުން ފަލަސްތީނުގެ ބިމުގައި ވަޒަންވެރިކުރުވުމަކީ ބައިނަލްއަގުވަމީ ގަވާއިދުތަކާއި ވެސް ޚިލާފު ކަމެކެވެ. އަދި އެ މަސައްކަތުގެ ތެރެއިން ފަލަސްތީނާއި އިސްރާއީލް ސުލްހަ ކުރުމަށް ކުރާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ބުރޫ އަރާނެއެވެ.

އެހެންނަމަވެސް އިސްރާއީލުގެ ޒަޔަނިސްޓުން ދަނީ ފަލަސްތީނުގެ ދައުލަތާއި ދެކޮޅު ހަދަމުންނެވެ. އަދި ވެސްޓް ބޭންކުގައި މީހުން އާބާދުކޮށް ވަޒަންވެރިކުރުވުމަށް ވަކާލާތުކުރަމުންނެވެ. ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ހެދުމުގެ އުންމީދު އަދިވެސް އެމެރިކާގެ ރައީސް ޖޯ ބައިޑަން ގެންގުޅުއްވާކަމަށް ބްލިންކަން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ސުލްހައަށް ބުރޫ އަރާފަދަ އަމަލުތަކާއި އެމެރިކާ އިން ދެކޮޅު ހަދާނެ ކަމަށް ވެސް ބްލިންކަން ވަނީ ވިދާޅުވެފައެވެ.

ފަލަސްތީނުއިޒްރޭލް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު